Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ޔޫކޭ

ލަންޑަނުގައި ހުންނަ އީރާނު އެމްބަސީ ގައި ނަގާފައި ހުރި އެ ގައުމުގެ ރަސްމީ ދިދަ ބަދަލު ކުރި މައްސަލައިގައި އިނގިރޭސި ސަފީރު އީރާނުގެ ޚާރިޖިއްޔާ އަށް ހާޒިރު ކޮށްފި

12 ޖެނުއަރީ 2026 | ހޯމަ 12:18

އީރާނުގެ ސަރުކާރުން ވަނީ އެމްބަސީގެ ސަލާމަތް ކަށަވަރުކުރުމުގައި އިނގިރޭސި ފުލުހުން ފެއިލްވެފައިވާކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޑިޕްލޮމެޓުންގެ ރައްކާތެރިކަން ބެލެހެއްޓުމަކީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން އިނގިރޭސި ސަރުކާރުގެ ޒިންމާ އެއް ކަން ހަނދާން ކޮށްދީފައި.

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 12:18
ހަމަނުޖެހުން ހިންގާ މީހަކު ލަންޑަނު ގައި ހުންނަ އީރާނުގެ އެމްބަސީގެ އިމާރާތުގެ މައްޗަށް އަރައި، އީރާނުގެ ރަސްމީ ދިދަ ނަގައި، އޭގެ ބަދަލުގައި ސިންގާ އާއި އިރުގެ ދިދަ ނެގި.

ހަމަނުޖެހުން ހިންގާ މީހަކު ލަންޑަނު ގައި ހުންނަ އީރާނުގެ އެމްބަސީގެ އިމާރާތުގެ މައްޗަށް އަރައި، އީރާނުގެ ރަސްމީ ދިދަ ނަގައި، އޭގެ ބަދަލުގައި ސިންގާ އާއި އިރުގެ ދިދަ ނެގި. | ސްކްރީން އިމޭޖް

ލަންޑަނުގައި ހުންނަ އީރާނުގެ އެމްބަސީ އަށް، އެ ގައުމާ ދެކޮޅު ބަޔަކު ވަދެގަނެ އެ ގައުމުގެ ރަސްމީ ދިދަ ނަގައި އޭގެ ބަދަލުގައި ސިންގާ އަކާއި އިރެއް ޖަހާފައިވާ ދިދަ އެއް ހަރުކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ތެހެރާނުގައި ހުންނަވާ އިނގިރޭސި ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ވެސްޓަން ޔޫރަޕް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް، އިނގިރޭސި ސަފީރު ހާޒިރުކުރެއްވީ އާދީއްތަ ދުވަހު އެވެ. މި ހާޒިރުކުރުމަކީ ލަންޑަނުގައި ހުންނަ އީރާނުގެ އެމްބަސީއަށް ދިން ހަމަލާއާއި، އެ ތަނުގައި ހުރި އީރާނުގެ ދިދައަށް އިހާނެތިކޮށް ހިތުމާ ގުޅިގެން އެކަމާ ދެކޮޅަށް ރަސްމީކޮށް އިހުތިޖާޖު ކުރުމަށެވެ.

އީރާނުގެ އޮފިޝަލް އަލީރިޒާ ޔޫސުފީ ވަނީ، އެމްބަސީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގަ އާއި، ގާނޫނާ ޚިލާފުވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އިނގިރޭސި ފުލުހުން ފެއިލްވެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަ އީރާނުގެ އެމްބަސީ އާއި، އެ ތަނުގެ ޑިޕްލޮމެޓުންނާއި މުވައްޒަފުންގެ ސަލާމަތްތެރިކަން ބެލެހެއްޓުމަކީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން އިނގިރޭސި ސަރުކާރުން އުފުލަންޖެހޭ ޒިންމާއެއްކަން ސަފީރަށް ހަނދާންކޮށްދެއްވި އެވެ.

މީގެ އިތުރުން، މީޑިއާގެ ނަމުގައި ހަރަކާތްތެރިވަމުން، އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ދޮގު މައުލޫމާތު ފަތުރައި، އަނިޔާވެރިކަމާއި ޓެރަރިޒަމަށް ހިތްވަރުދޭ ޓެރަރިސްޓް ޖަމާއަތްތަކުން ހިންގާ ހަރަކާތްތަކާ މެދު ވެސް ޔޫސުފީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

ޓެރަރިޒަމަށް ފަންޑުކުރުމާއި އެފަދަ ހަރަކާތްތައް ރޭވުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިނގިރޭސިވިލާތުން ވެފައިވާ އިލްތިޒާމްތަކާ އެއްގޮތަށް އަމަލުކުރުމަށް އީރާނުގެ އޮފިޝަލް ގޮވާލެއްވި އެވެ. އަދި ޓެރަރިޒަމަށް ހިތްވަރުދޭ މީޑިއާ ވަސީލަތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ލަންޑަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭނާ ބާރުއެޅުއްވި އެވެ.

އީރާނުގެ ޚާރިޖީ މަންދޫބު ވަނީ އިނގިރޭސި ފޮރިން ސެކްރެޓަރީ އީރާނުގެ ދާޚިލީ ކަންކަމާ ބެހޭގޮތުން ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަކީ ކަންކަމާ ބެހިގަތުން ކަމަށް ސިފަކުރައްވައި އެކަން ވެސް ކުށްވެރިކުރައްވާފަ އެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި މީހަކު ވަނީ ލަންޑަނުގައި ހުންނަ އީރާނުގެ އެމްބަސީގެ އިމާރާތައް އަރާ އެތަނުގައި ނަގާފައި ހުރި ދިދަައިގެ ބޭލުމަށްފަހު އިސްލާމީ އިންގިލާބުގެ ކުރިން އީރާނުގައި ބޭނުން ކުރަމުން އައި ސިންގާ އަކާއި އިރެއް ޖަހާފައިވާ ދިދަ ނަގާފަ އެވެ. އޭނާ މިކަން ކުރި އިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެ އެވެ.

މަސްދަރު: ތަސްނިމް ނިއުސް އެޖެންސީ

އީރާން-އިނގިރޭސިވިލާތްއީރާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2026

ގައުމުގެ ހާލަތު އޮތީ "ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
ގައުމުގެ ހާލަތު އޮތީ "ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
12 ޖެނުއަރީ 2026

އެމެރިކާގައި އީރާާން އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަނުމުން، ޑްރައިވަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފި

12 ޖެނުއަރީ 2026
އެމެރިކާގައި އީރާާން އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަނުމުން، ޑްރައިވަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފި
12 ޖެނުއަރީ 2026

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026
އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ
12 ޖެނުއަރީ 2026

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
11 ޖެނުއަރީ 2026

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް
10 ޖެނުއަރީ 2026

އިރާނުގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި 100ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

10 ޖެނުއަރީ 2026
އިރާނުގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި 100ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
10 ޖެނުއަރީ 2026

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

10 ޖެނުއަރީ 2026
އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް
09 ޖެނުއަރީ 2026

އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް

09 ޖެނުއަރީ 2026
އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް
07 ޖެނުއަރީ 2026

އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި

07 ޖެނުއަރީ 2026
އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި
03 ޖެނުއަރީ 2026

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް