Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅުޖަހާ މީހާގެ ގައިގައި ވެސް އެންމެ ފަހުން ހުޅު ހިފާނެ ކަމަށް

11 ޖެނުއަރީ 2026 | އާދީއްތަ 07:02

މި ހާލަތުގައި "ވަހުމެއްގެ ތެރޭގައި" އުޅެނީ އެމެރިކާ އާއި އިޒްރޭލުން ކަން ފާހަގަކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ހުޅުޖަހާ މީހާގެ ގައިގައި އެންމެ ފަހުން ހުޅު ނުހިފާނެ ކަމަށް އެ ދެ ގައުމުން ގަބޫލުކުރުމަކީ ބޮޑު ކުށް ހީއެއް ކަމަށް.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 07:02
އޮސްޓްރިއާގެ އޮސްޓްރިއާ އިންޓަނޭޝަނަލް ސެންޓަރުގައި ޔުނައިޓް ސްޓޭޓްސް، އީރާން، ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަން، ފްރާންސް އަދި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ގްރޫޕް ފޮޓޯއަކަށް ފަހު ސްޓޭޖު މަތީގައި ހުރި އީރާނުގެ ދިދަ ނަގައިގެން ގެންދަނީ - ޖުލައި 14، 2015

އޮސްޓްރިއާގެ އޮސްޓްރިއާ އިންޓަނޭޝަނަލް ސެންޓަރުގައި ޔުނައިޓް ސްޓޭޓްސް، އީރާން، ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަން، ފްރާންސް އަދި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ގްރޫޕް ފޮޓޯއަކަށް ފަހު ސްޓޭޖު މަތީގައި ހުރި އީރާނުގެ ދިދަ ނަގައިގެން ގެންދަނީ - ޖުލައި 14، 2015 | ގެޓީ އިމޭޖަސް

އީރާނުގެ ހަމަނުޖެހުންތަކުގައި އެމެރިކާ އާއި އިޒްރޭލުގެ ދައުރާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ވާހަކަފުޅު ދައްކަވަމުން "ހުޅުޖަހާ މީހާގެ ގައިގައިވެސް އެންމެ ފަހުން ހުޅު ހިފާނެ" ކަމަށް ވިދާޅުވެއްޖެ އެވެ.

އީރާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާ ގުޅިގެން ފެށުނު އިހުތިޖާޖުތައް ހަމަނުޖެހުންތަކަކަށް ބަދަލުކޮށްލުމަށް މަސައްކަތްކުރާ ފަރާތްތައް ކަމަށް އީރާނުން ދެކޭ އެމެރިކާ އާއި އިޒްރޭލުން އަދާ ކުރަމުން ގެންދާ ދައުރުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާ މެދު، އެ ޤައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ވަރުގަދަ އިންޒާރެއް ދެއްވަފަ އެވެ.

އީރާނުގެ އެންމެ އިސް ސިފްލޮމެޓް ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ވާހަކަދެއްކެވީ ހޮނިހިރު ދުވަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ، އީރާނުގައި ހިނގި ހަމަނުޖެހުންތަކުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ 'މޮސާޑް' ގެ ބައިވެރިވުން އޮތްކަން އެމެރިކާގެ ސީ.އައި.އޭ ގެ ކުރީގެ ޑިރެކްޓަރު މައިކް ޕޮމްޕޭއޯ ކަށަވަރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފަ އެވެ.

އަރަގްޗީ ވިދާޅުވި ގޮތުގައި، މި މަހުގެ ކުރީކޮޅު ޕޮމްޕޭއޯ ކުރެއްވި ޕޯސްޓަކުން ވެފައިވާ މި އިއުތިރާފަކީ، ތެލްއަވީވް އާއި ވޮޝިންޓަނުން އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނާ ކަމަށް ބުނެ އީރާނުން ކުރާ ތުހުމަތުތަކަކީ "ވަހުމެއް" ކަމަށް ބުނެ އެމެރިކާ ސަރުކާރުން ދައްކަމުންދިޔަ ވާހަކަތަކުގެ ދޮގުކަން ހާމަވެގެންދިޔަ ކަމެކެވެ.

"ރައީސް ޓްރަމްޕްގެ ސީ.އައި.އޭ ގެ ކުރީގެ ޑިރެކްޓަރު މިވަނީ މޮސާޑާއި އެމީހުންނަށް ވާގިވެރިވާ އެމެރިކާގެ ފަރާތްތަކުން އަސްލު ކުރަމުންދާ ކަންތައްތައް ފާޅުކަން ބޮޑު ގޮތެއްގައި އަދި އެއްވެސް ލަދުވެތިކަމެއް ނެތި ހާމަކޮށްދީފައި،" ޚާރިޖީ ވަޒީރު ލިޔުއްވާފައިވެ އެވެ.

މި ހާލަތުގައި "ވަހުމެއްގެ ތެރޭގައި" އުޅެނީ އެމެރިކާ އާއި އިޒްރޭލުން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ހުޅުޖަހާ މީހާގެ ގައިގައި އެންމެ ފަހުން ހުޅު ނުހިފާނެ ކަމަށް އެ ދެ ގައުމުން ގަބޫލުކުރުމަކީ ބޮޑު ކުށްހީއެއް ކަމަށެވެ.

ހޮނިހިރު ދުވަހު އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވެސް ވަނީ، އެހެން ޤައުމުތަކާ ދެކޮޅަށް އެމެރިކާ އިން ބޭނުންކުރާ އުކުޅުތައް އީރާނާ ދެކޮޅަށް ބޭނުންކުރެވިދާނެ ކަމަށް އެމެރިކާ އަށް ހީވުމަކީ ބޮޑު ކުށެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޤައުމު ނުތަނަވަސްކުރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް އީރާނުގެ ރައްޔިތުން ފާރަވެރިވެ ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އީރާނަކީ އެހެން ޤައުމުތަކާ އެއްފަދަ ތަނެއް ކަމަށް ހީކޮށް، ވަކިވަކި ފަރުދުންނަށް ހިތްވަރުދީގެން ހަލަބޮލިކަމާއި ހަމަނުޖެހުން އުފެއްދުމަށް އެމެރިކާ އިން ދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އީރާނުގެ ރައްޔިތުން ކުރިއަށްވުރެ ބޮޑަށް ޤައުމާއި އިސްލާމީ ނިޒާމުގެ ދިފާޢުގައި ސާބިތުވެ ތިބޭނެ ކަމަށް ވެސް ރައީސް ޕެޒެޝްކިއާން ވިދާޅުވި އެވެ.

މި ވާހަކަތަކަކީ އީރާނުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަތަކެކެވެ. އެ ފަރާތްތަކުން ބުނަމުންދަނީ އިޤްތިޞާދީ ދަތިތަކާ ގުޅިގެން ކުރެވޭ އިހުތިޖާޖުތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް އެ އިހުތިޖާޖުތަކުގެ ބޭނުން ހިފައިގެން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ އެއްވެސް މަސައްކަތަކަށް ފުރުޞަތު ނުދޭނެ ކަމަށެވެ.

އައްބާސް އަރަގްޗީމޮސާޑްމަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާ-އިޒްރޭލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ދާޚިލީ ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުގެ އަސްކަރިއްޔާ އިން ގައުމުގެ ހައްގުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ވައުދުވެއްޖެ

10 ޖެނުއަރީ 2026
ދާޚިލީ ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުގެ އަސްކަރިއްޔާ އިން ގައުމުގެ ހައްގުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ވައުދުވެއްޖެ
09 ޖެނުއަރީ 2026

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

09 ޖެނުއަރީ 2026
މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟
09 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި
09 ޖެނުއަރީ 2026

އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް

09 ޖެނުއަރީ 2026
އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް
08 ޖެނުއަރީ 2026

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު
08 ޖެނުއަރީ 2026

އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

08 ޖެނުއަރީ 2026
އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި
02 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

02 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ
01 ޖެނުއަރީ 2026

އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ

01 ޖެނުއަރީ 2026
އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ
31 ޑިސެމްބަރު 2025

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި
27 ޑިސެމްބަރު 2025

އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

27 ޑިސެމްބަރު 2025
އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް