Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އެމެރިކާ އިން އެހެން ޤައުމުތަކާ ދެކޮޅަށް ބޭނުންކުރާ އުކުޅުތައް އީރާނުގައި ވެސް ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީ އެއް: އީރާނުގެ ރައީސް

11 ޖެނުއަރީ 2026 | އާދީއްތަ 07:17

އީރާނުގެ ރައްޔިތުން ކުރިއަށްވުރެ ބޮޑަށް ޤައުމާއި އިސްލާމީ ނިޒާމުގެ ދިފާޢުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް އީރާނުގެ ރައީސް ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 07:17
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން (ކ) އާއި އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމާދު އަލް ބުސައިދީ 10 ޖެނުއަރީ 2026 ގައި ތެހެރާން ގައި ބައްދަލު ކުރައްވަނީ

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން (ކ) އާއި އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމާދު އަލް ބުސައިދީ 10 ޖެނުއަރީ 2026 ގައި ތެހެރާން ގައި ބައްދަލު ކުރައްވަނީ | ޕްރެޒިޑެންޓް.އައިއާރު

އެމެރިކާ އިން އެހެން ޤައުމުތަކާ ދެކޮޅަށް ބޭނުންކުރާ އުކުޅުތައް އީރާނުގައި ވެސް ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ އެމެރިކާ އަށް ކުރެވޭ ވަރަށް ބޮޑު ކުށްހީ އެއް ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ. އަދި ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް އީރާނުގެ ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވެ ތިބިކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޕެޒެޝްކިއަން މިހެން ވިދާޅުވީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ތެހެރާނަށް ވަޑައިގެން އުޅުއްވާ އޮމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު އަލްބޫސައިދީ އާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.

އީރާނާ އެކު ނުސީދާކޮށް ކުރިއަށްދިޔަ ނިއުކްލިއަރ މަޝްވަރާތަކުގައި ވޮޝިންގޓަނުން ގެންގުޅުނު "މުނާފިޤު" ސިޔާސަތަށް އިޝާރާތްކުރައްވައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް އެމެރިކާ އިން ވަނީ ޑިޕްލޮމަސީ އަށާއި ވާހަކަދެއްކުމުގެ މަގަށް ހުރަސްއަޅާފައި ކަމަށެވެ. އަދި އެމެރިކާ އިން ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގައި، ބައިނަލްއަޤްވާމީ ހުރިހާ ހަމަތަކަކާ ޚިލާފުވެފައި ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

"އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ އަކީ ވެސް އެހެން ޤައުމުތައް ފަދަ ޤައުމެއް ކަމަށް ހީކޮށް، ވަކިވަކި ފަރާތްތަކަށް ހިތްވަރުދީގެން ޤައުމުގައި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ. ނަމަވެސް އީރާނުގެ ރައްޔިތުން ކުރިއަށްވުރެ ބޮޑަށް ޤައުމާއި އިސްލާމީ ނިޒާމުގެ ދިފާޢުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

ރައީސް ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން ދަނީ ދުނިޔޭގެ ސުލްހައާއި ހަމަޖެހުމާއި ރައްކާތެރިކަން ނަގާލަމުން ކަމަށެވެ. "އެމެރިކާ އާއި ޒަޔަނިސްޓު ދައުލަތުން (އިޒްރޭލުން) ދަނީ ސަރަޙައްދީ ހަނގުރާމަތަކާއި ނުތަނަވަސްކަން ދިގުދައްމައި، އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ކުޑަކޮށް، ފިތުނަ އުފެއްދުމަށް އެމީހުންގެ ނުބައި މަޤްޞަދުތައް ޙާޞިލުކުރުމަށް ހުރިހާ މަސައްކަތެއް ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އަވަށްޓެރި ޤައުމުތަކާއި އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ އީރާނުން އިސްކަމެއް ދޭ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވިއެވެ. އީރާނާއި އޮމާނާ ދެމެދު އޮތް ފުން ސަގާފީ އަދި ސިޔާސީ ގުޅުމުގެ ސަބަބުން، އީރާނުގެ ޚާރިޖީ ސިޔާސަތުގައި އޮމާނަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުކޮށް، ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ތެހެރާނުން މަސައްކަތް ކުރާނެ ކަމަށް ވެސް ޕެޒެޝްކިއަން ވިދާޅުވި އެވެ.

މަސްޢޫދު ޕެޒެޝްކިއަންއެމެރިކާ-އީރާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅުޖަހާ މީހާގެ ގައިގައި ވެސް އެންމެ ފަހުން ހުޅު ހިފާނެ ކަމަށް

11 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅުޖަހާ މީހާގެ ގައިގައި ވެސް އެންމެ ފަހުން ހުޅު ހިފާނެ ކަމަށް
10 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިތްވަރު ދެއްވައިފި

10 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިތްވަރު ދެއްވައިފި
09 ޖެނުއަރީ 2026

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

09 ޖެނުއަރީ 2026
މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟
09 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި
02 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

02 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ
01 ޖެނުއަރީ 2026

އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ

01 ޖެނުއަރީ 2026
އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ
31 ޑިސެމްބަރު 2025

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި
27 ޑިސެމްބަރު 2025

އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

27 ޑިސެމްބަރު 2025
އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް