Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އިރާނުގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި 100ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

އެކި ޕްރޮވިންސްތަކުން ހައްޔަރުކުރެވުނު މީހުންނަކީ ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން ރޭވުންތެރިކަމާއެކު ހަމަނުޖެހުން ހިންގި މީހުން ކަމަށް ބުނެފައިވޭ. މި ހަމަނުޖެހުންތަކުގައި އަލިފާންނިވާ އުޅަނދުތަކާއި ކޯޓު އިމާރާތްތަކާއި މިސްކިތްތަކަށް ގެއްލުންދީފައިވާ ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 13:20
އީރާނުގެ ސަލާމަތީ އޮފިޝަލުން ބުނާ ގޮތުގައި އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައި

އީރާނުގެ ސަލާމަތީ އޮފިޝަލުން ބުނާ ގޮތުގައި އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައި | ޕްރެސްޓީވީ

އީރާނުގެ އެކި ސަރަހައްދުތަކުގައި ފާއިތުވި ދުވަސްތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

ލޮރެސްތާން ޕްރޮވިންސްގެ ފުލުހުންނާއި، އަސްކަރިއްޔާ އަދި އިންޓެލިޖެންސް އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، އެ ސަރަހައްދުގެ އެކި ސިޓީތަކުގައި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި 100 އަށް ވުރެ ގިނަ މީހުން ވަނީ ދެނެގަނެ ހައްޔަރުކޮށްފައިވާ ކަން އީރާނުގެ ރަސްމީ ޓީވީން ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ސިޓީތަކުގައި ހަތިޔާރާ އެކު ހަރަކާތްތެރިވަމުން ދިޔަ ދެ "ޓެރަރިސްޓް ގްރޫޕެއް" ވަނީ އަތުލައިގަނެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މި ގްރޫޕުތަކުން މަސައްކަތް ކުރަމުންދިޔައީ ބިރުވެރިކަން އުފައްދައި މީހުން މެރުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ ފުލުހުން ވަނީ އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކަމާބެހޭ އިދާރާތަކަށް ހިއްސާކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ހަމައެއާއެކު، ނޯތު ޚުރާސާން ޕްރޮވިންސްގެ ވެރިރަށް ބޮޖްނޫރުދު ގައި ހިނގި ހަމަނުޖެހުންތަކުގެ އިސް މޭސްތިރިން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ތަހުގީގުތަކުން ހާމަވާގޮތުގައި، ހައްޔަރުކުރެވުނު މީހުންނަކީ ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން، ރޭވުންތެރިކަމާއެކު ތަންތަނަށް ގެއްލުންދީ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރި ބަޔެއް ކަމަށް ބުނެފައިވެ އެވެ. މި މީހުންގެ އިއުތިރާފުން އެނގޭގޮތުގައި، އެމީހުންގެ މަގްސަދަކީ ސަރުކާރުން ޒުވާނުން މަރަމުންދާ ކަމަށް ދެއްކުމަށްޓަކައި ދޮގު މަންޒަރުތަކެއް އުފައްދައި، ގައުމުގެ ހަމަޖެހުން ނަގާލުން ކަމަށް ވަނީ ބުނެފަ އެވެ.

އީރާނުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލްގެ ތަރުޖަމާނު ހާދީ ތަހާން ނާޒިފް ވިދާޅުވި ގޮތުގައި، ބޭރުގެ ނުފޫޒުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅޭ އިހުތިޖާޖުތައް ވަނީ ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުވެފަ އެވެ. އޭނާ ވަނީ މި ހަމަނުޖެހުންތަކުގައި ފަހަތުގައި ތިބި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ.

މި ހަމަނުޖެހުންތަކުގައި އާންމު ހިދުމަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ތެހެރާން ފަޔަރ ޑިޕާޓްމަންޓުގެ 43 އުޅަނދަކަށް ގެއްލުންދީފައިވާއިރު، މީގެ ތެރެއިން 8 އުޅަނދެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ. މީގެ އިތުރުން އިސްފަހާން އާއި އަހްވާޒްގައި ވެސް އަލިފާންނިވާ އުޅަނދުތަކަށް ގެއްލުންދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

އީރާނުގެ ގީލާން ޕްރޮވިންސްގެ ޗީފް ޖަސްޓިސް މަޖީދު އިލާހީއާން ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ރަޝްތު ގައި ހުންނަ ކޯޓު އިމާރާތެއްގައި ވަނީ ރޯކޮށްލާފަ އެވެ. މީގެ ސަބަބުން ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ވަގުތީ ގޮތުން ބުރޫ އަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މި ހަމަނުޖެހުންތަކުގެ ތެރޭގައި މިސްކިތްތަކާއި ކީރިތި ގުރުއާނުގެ މުސްހަފުތަކުގައި ރޯކޮށް، ގިނަ އަދަދެއްގެ ފިހާރަތަކާއި ބޭންކުތަކުގެ އިތުރުން ކްލިނިކަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާދިސާތަކުގައި ތިން ނަރުހަކު މަރުވެފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވި ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވެ އެވެ.

އިލާހީއާން އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން މީހުން ހައްޔަރުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. އަދި މި ހަމަނުޖެހުންތައް އިސްވެ ރާވާ ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. މި ހުރިހާ ހަމަނުޖެހުންތަކަކީ އެމެރިކާ އާއި އިޒްރޭލުގެ ރޭވުމާއި އިރުޝާދުގެ ދަށުން ހިންގަމުންދާ ކަންތައްތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ހާދީ ތަހާން ނާޒިފްއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

10 ޖެނުއަރީ 2026
އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް

އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް

09 ޖެނުއަރީ 2026
އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި

އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި

07 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު