Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

އެމެރިކާގެ ތެޔޮ ކުންފުނި ތަކުގެ އިސްވެރިންނާ ބައްދަލު ކުރެްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގެ ބައެއް ސިޓީތައް މިހާރު ކޮންޓްރޯލް ކުރަމުން އަންނަނީ އެ ޤައުމުގެ ރައްޔިތުން ކަމަށް. އަދި އެއީ މީގެ ކުރިން ހިތަށް ވެސް އަރާފައި ނުވާ ކަމެއް ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 04:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓަސް

އީރާންގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެ ޤައުމު އޮތީ ބޮޑު "މުސީބާތެއްގެ" ތެރޭގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ހުންނަވައި ޓްރަމްޕް މިހެން ވިދާޅުވީ އީރާންގެ ސަރުކާރާ ދެކޮޅަށް މިހާރު އެ ޤައުމުގައި ކުރިއަށްދާ މުޒާހަރާ ތަކަށް އިޝާރާތް ކުރައްވަ އެވެ. 

އެމެރިކާގެ ތެޔޮ ކުންފުނި ތަކުގެ އިސްވެރިންނާ ބައްދަލު ކުރެްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގެ ބައެއް ސިޓީތައް މިހާރު ކޮންޓްރޯލް ކުރަމުން އަންނަނީ އެ ޤައުމުގެ ރައްޔިތުން ކަމަށެވެ. އަދި އެއީ މީގެ ކުރިން ހިތަށް ވެސް އަރާފައި ނުވާ ކަމެއް ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އެކަމަކީ ވަރަށް ބޮޑު ހައިރާން ކަމެއް ގެނުވި ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. 

މުޒާހަރާ ތަކުގައި ބައިވެރިވާ އީރާންގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދީ، މީހުން މަރައިގެން ނުވާނެ ކަމަށް މީގެ ކުރިން ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ. އެ އިންޒާރު މިފަހަރު ވެސް ތަކުރާރު ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އަންނަނީ އީރާންގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ކަމަށެވެ. އެގޮތުން އެއްވެސް މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ، އެމެރިކާ އިން އެކަމުގެ ތެރެއަށް ވަދެ، އެ ބަޔަކާ ދެކޮޅަށް ހަމަލާ ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެހެން ނަމަވެސް، އޭގެ މާނަ އަކީ އެމެރިކާގެ ސިފައިން އީރާން އަށް ފޮނުވުން ނޫން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އީރާންގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން، އެ ޤައުމުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އިންޒާރެއް ދެއްވައިފަ އެވެ. އެގޮތުން ޤައުމުގައި ކުރިއަށް ގެންދާ ޓެރަރިސްޓު އަމަލުތަކާ ދެކޮޅަށް އެއްބައިވަންތަކަން އިސް ކުރުމަށް ޚާމަނާއީ ގޮވާލެއްވި އެވެ. އެ މުޒާހަރާ އަކީ އީރާންއާ ދެކޮޅު، އެ ޤައުމުގެ ދުޝްމަނުންގެ ރޭވުމެއް ކަމަށް ސިފަ ކުރައްވައި، އެކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ޚާމަނާއީ ވަނީ ދެއްވައިފަ އެވެ.

އީރާާންގެ އިޤްތިޞާދު ދަށްވެ، އެ ޤައުމުގެ ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ފެށުނު މުޒާހަރާ ވަނީ ޤައުމުގެ އެކި ސަރަހައްދު ތަަކަށް ފެތުރިފަ އެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، މުޒާހަރާގެ ބައިވެރިންނަަށް ހަމަލާ ދީގެން ނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. އަދި އޭނާ ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ވެސް ދެއްވައިފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާއާޔަތުﷲ އަލީ ޚާމަނާއީއީރާން-އެމެރިކާއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް

އީރާނުގައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކަނޑާލި ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށް

09 ޖެނުއަރީ 2026
ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
 ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު