Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި

އީރާނުގެ އަސްކަރީ އިސްވެރިޔާ ޖެނެރަލް ހާތަމީ ވިދާޅުވީ އެގައުމާ ދެކޮޅަށް ދައްކާ ހަރުކަށި ވާހަކަތަކަށް ބަލަހައްޓައިގެން ނޯންނާނެ ކަމަށާއި، ދުޝްމަނުން ގޯސް ހަދައިފި ނަމަ އިޒްރޭލާ އެކު ކުރި ހަނގުރާމަ އަށް ވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 14:05
އީރާނުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް އާމިރު ހާތަމީ

އީރާނުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް އާމިރު ހާތަމީ | ރޮއިޓަސް

 އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް އެމެރިކާ އާއި އިޒްރޭލުން ތާއީދުކުރުމާ ގުޅިގެން، ބޭރުގެ ބާރުތަކުގެ ބިރުދެއްކުންތަކަށް އީރާނުން ބަލަހައްޓައިގެން ނޯންނާނެ ކަމަށް ވިދާޅުވެ އެ ގައުމުގެ އަސްކަރިއްޔާގެ އިސް ވެރިޔާ ބުދަ ދުވަހު އިންޒާރު ދެއްވައިފި އެވެ.

ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ އީރާނާ ދެކޮޅަށް ދައްކަމުންދާ ހަރުކަށި ވާހަކަތަކަކީ އީރާނުގެ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށް އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ދެކޭ ކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

އީރާނުގެ ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ހާތަމީ އިންޒާރު ދެއްވި ގޮތުގައި، "ދުޝްމަނުންނަށް ގޯސް ހެދިއްޖެ ނަމަ"، މިދިޔަ ޖޫން މަހު އިޒްރޭލާ އެކު ކުރި 12 ދުވަހުގެ ހަނގުރާމަ އަށް ވުރެ މާ ވަރުގަދަ ރައްދެއް އީރާނުން ދޭނެ އެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިން މަރާލައިފި ނަމަ އީރާނުގެ ކަންކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ހަމަ އެއާ އެކު، އިޒްރޭލުގެ ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މުޒާހަރާތަކަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.

ޑިސެމްބަރު 28 ވަނަ ދުވަހު ތެހެރާނުގެ ވިޔަފާރިވެރިން، ތަކެތީގެ އަގުބޮޑުވުމާއި އީރާނުގެ ފައިސާ (ރިއާލް) ގެ އަގު ދަށަށް ދިއުމާ ދެކޮޅަށް މުޒާހަރާ ފެށިއެވެ. މީގެ ސަބަބުން އެހެން ސިޓީތަކަށް ވެސް މުޒާހަރާތައް ފެތުރިގެން ދިޔައިރު، ބައެއް ހަމަނުޖެހުންތަކުގައި މީހުން މަރުވެފައި ވެސް ވެއެވެ.

މި މުޒާހަރާތަކަކީ 2022 އާއި 2023 ގެ ހަރަކާތްތަކާ ނުވަތަ އިންތިޚާބާ ގުޅިގެން 2009 ގައި ހިނގި ބޮޑެތި މުޒާހަރާތަކާ އަޅާބަލާއިރު އެހާ ފުޅާ ހަރަކާތްތަކެއް ނޫނެވެ. ނަމަވެސް، މި މުޒާހަރާތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާއިރު، މީގެ ތެރޭގައި އީރާނުގެ ދުޝްމަން ގައުމުތަކުގެ ވެރިން ވެސް ހިމެނެ އެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަހަރެން މިކަން ވަރަށް ގާތުން ބަލަމުންދާ" ކަމަށާއި، "ކުރިއެކޭ އެއްގޮތަށް މީހުން މަރަން ފަށައިފި ނަމަ، އެމެރިކާގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް އަމާޒު ވާނެ،" ކަމަށެވެ.

މި ދަނޑިވަޅުގައި ނަތަންޔާހޫ އިޒްރޭލުގެ ކެބިނެޓުގައި ވިދާޅުވީ، އީރާނުގެ ރައްޔިތުން މިނިވަންކަމާއި އިންސާފަށް ކުރާ މަސައްކަތުގައި އެގައުމުގެ ރައްޔިތުންނާ އެކު ސާބިތުވެ ތިބި ކަމަށެވެ.

ހޯމަ ދުވަހު އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ޓްރަމްޕާއި ނަތަންޔާހޫ ހަމަނުޖެހުމަށް ހިތްވަރުދީ، އީރާނުގެ އެއްބައިވަންތަކަން ރޫޅާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ޖެނެރަލް އާމިރު ހާތަމީއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

02 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

02 ޖެނުއަރީ 2026
އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ

އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ

01 ޖެނުއަރީ 2026
އީރާނުގެ އިތުރު 3 ސެޓެލައިޓް ރަޝިޔާގެ ސޯޔޫޒުން ލޯންޗް ކޮށްފި

އީރާނުގެ އިތުރު 3 ސެޓެލައިޓް ރަޝިޔާގެ ސޯޔޫޒުން ލޯންޗް ކޮށްފި

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު