Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި

އީރާނުގެ އިސްއޮފިޝަލުން ވިދާޅުވާ ގޮތުގައި ބޭރުގެ ބާރުތަކުން ވާގިވެރިވާ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތްތަކުން ރާވައިގެން ހަމަނުޖެހުންތަކާއި ދައުލަތުގެ ތަންތަނަށް ހަމަލާދީފައިވޭ. މި ހަމަނުޖެހުން ތަކުގައި ފުލުހުންގެ އޮފިސަރުން މަރުވެފައިވާއިރު 270 އަށް ވުރެ ގިނަ ފުލުހުންނަށް އަނިޔާ ވެފައިވާ ކަމަށް ވެސް ބުނެފައިވޭ. އެމެރިކާ އާއި އިޒްރޭލު ފަދަ ގައުމުތަކުން ޓެރަރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އީރާނުން ތުހުމަތުކޮށްފައިވޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 16:00
އީރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި ރޯކޮށްލާފައިވާ އިމާރާތެއް

އީރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި ރޯކޮށްލާފައިވާ އިމާރާތެއް | ސްކްރީން އިމޭޖް

އީރާނުގެ ފުލުހުންގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، ގައުމުގެ އެކި ސިޓީތަކުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، މިހާރު އެތަންތަން ވަނީ އާންމު ހާލަތަކަށް ރުޖޫއަވެފަ އެވެ.

އީރާނުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، އާންމު މުދަލުގައި ހުޅުޖެހުމާއި، ދައުލަތުގެ އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތަކަކީ ބޭރުގެ ބާރުތަކުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާއި ޓެރަރިސްޓުން ރާވައިގެން ހިންގި އަމަލުތަކެކެވެ.

އީރާނުގެ ލޯ އެންފޯސްމަންޓް ކޮމާންޑް (ފަރާޖާ) ގެ ތަރުޖަމާނު ސައީދު މުންތަޒަރު އަލް-މަހްދީ ހުކުރު ދުވަހު ވިދާޅުވީ، މުޅި ގައުމުގެ ސިޓީތަކުން ފެންނަނީ "އާންމު އަމާންކަން" ކަމަށް އެ ސަރަހައްދުތަކުން ލިބޭ ރިޕޯޓްތަކުން ކަށަވަރުވާ ކަމަށެވެ.

ތަސްނީމް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ހަތިޔާރު އެޅި ޓެރަރިސްޓް ގުރޫޕުތަކާ ދެކޮޅަށް އާންމުން ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން، އިތުރު ހަމަނުޖެހުންތައް ހިނގުން ހުއްޓުވުނު ކަމަށެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، ސަލާމަތީ ބާރުތަކުން ދިން ހަރުކަށި އިންޒާރުތަކަށް ފަހު، ގިނަ ޕްރޮވިންސް ތަކުގައި އެއްވެސް ބާވަތެއްގެ އިތުރު ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ބައެއް ސަރަހައްދުތަކުގައި ހަތިޔާރު އެޅި ގުރޫޕުތަކުން އާންމުންގެ މުދަލަށާއި ދައުލަތުގެ ތަންތަނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި މީގެ ތެރޭގައި މިސްކިތްތަކަށް ހަމަލާދިނުމާއި ދީނީ މުގައްދަސް ތަންތަނަށް އިހުތިރާމް ކުޑަކުރުމުގެ އަމަލުތައް ހިމެނޭ ކަމަށް ތަސްނީމް އެޖެންސީން ބުނެ އެވެ.

ހަމަނުޖެހުންތަކުގެ ތެރޭގައި ޝީރާޒް ސިޓީގައި ފުލުހުންގެ ތިން އޮފިސަރަކު މަރުވެފައިވެ އެވެ. މީގެ އިތުރުން ވެރިރަށް ތެހެރާން ގައި ވެސް ފުލުހުން މަރުވެފައިވާ އިރު، ބަސީޖް ފައުޖުތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ މަސްލަހަތު ގާއިމުކޮށްފައި ކަމަށް ޚަބަރުތައް ބުނެ އެވެ. މި މައްސަލައިގައި ބައެއް މީހުން މިހާރު ވަނީ ހައްޔަރުކުރެވިފަ އެވެ.

އީރާނުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ހައްޔަރުކުރެވުނު މީހުންގެ ޝަރީއަތްތައް އަވަސްކުރުމަށް އަމުރުކުރައްވާފަ އެވެ. އަދި މި ގެއްލުންތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާއި، ގައުމުން ބޭރުގައި ތިބެގެން ހިތްވަރުދޭ ފަރާތްތަކާއި، އީރާނާ ދެކޮޅު ސޯޝަލް މީޑިއާ ނެޓްވޯކްތަކުން ބަދަލު ހޯދުމަށް އޭނާ ގޮވާލެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލު ފަދަ ގައުމުތަކުން ޓެރަރިސްޓުންނަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ދަނޑިވަޅުގައި، ތެލްއަވީވު ގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވިދާޅުވީ، އީރާނުގެ މުޒާހަރާ ކުރާ ފަރާތްތަކަށް އެމެރިކާގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ. އީރާނުގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، މި ހަމަނުޖެހުންތަކަކީ އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ދެވަނަ މަރުހަލާ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި، މިހާތަނަށް 270 އަށްވުރެ ގިނަ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. 

މުޒާހަރާތައް ފެށުނީ ތަކެތީގެ އަގު ބޮޑުވުމާއި އީރާނުގެ ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ވިޔަފާރިވެރިން ކުރި އިހުތިޖާޖަކާ ގުޅިގެންނެވެ. ފަހުން މި އިހުތިޖާޖު ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވި އެވެ. 

މި މައްސަލައިގައި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ގުޅިފައިވާ ބަޔާނެއް ނެރެ، އީރާނަށް ފާޑުކިޔައި ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ތާއީދުކޮށްފައިވެ އެވެ. ވިލާތުގެ އިއްތިހާދުން ވެސް ވަނީ އީރާނުގެ ސަލާމަތީ ބާރުތަކުގެ އަމަލުތަކަށް ފާޑުކިޔާފައެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާމައިކް ހަކަބީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭރު ގައުމުތަކުގެ އެހީއާ އެކު އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި؛ ހަތިޔާރު އެޅި ޓެރަރިސްޓުންތަކެއް މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި

10 ޖެނުއަރީ 2026
ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ގެއްލުންދެމުންދާ ހަތިޔާރު އެޅި ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު