Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނުއަސާސީ

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

މެންބަރު އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް މިހާތަނަށް އެއްވެސް ނަތީޖާ އެއް ނެރެވިފައިނުވާ ކަމަށާއި، 2 އަހަރު ބޭކާރު ވެފައިވާ ކަމަށް. އަދި މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ދެވަނަ ދައުރެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށާއި، ރައްޔިތުން ބޭނުންވާ އަދުލްއިންސާފު ގާއިމްކޮށް ކޮރަޕްޝަން ނައްތާލެވިފައިވާ ގައުމެއް ބިނާ ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖެނުއަރީ 2026 | ހޮނިހިރު 07:12
ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ

ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ރައްޔިތުންގެ ގައިގަ ޖަހާނެ ސައްޕުގެ ބޮޑުވަރު އެނގޭތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ކުޑޫ ވަނީ މިސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ގައުމަށް ރަނގަޅެއްވާނަމަ އެއް އަހަރު ދުވަހުގެ މުސާރަ ވެސް ގުރުބާން ކުރާނެ ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރުން ވިދާޅުވާތީ މެންބަރު އިބްރާހިމް ވަނީ އެބޭފުޅުން ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދާފަ އެވެ. ގައުމާ ރައްޔިތުންގެ މަސްލަހަތު އިސްކޮށް މަޖިލީހުގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ކުޑޫ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަނީ ގައުމަށް ހެޔޮ އެދިގެން ނޫން ކަަމަށެވެ. އަދި މަޖިލީހުގެ ދައުރުން 6 މަސް ގެއްލޭތީ އެކަމާ އެމްޑީޕީގެ މަޖިލިސް މެންބަރުން ނުރުހުން ފާޅު ކުރާ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި ކުޑޫ ވިދާޅުވީ މިއަދު މަޖިލިސް އުވާލި ނަމަވެސް ކަންބޮޑު ނުވާ ކަމަށާއި، މިހާތަނަށް ރައްޔިތުންނާ ގައުމުގެ ހައްގުގައި އެމްޑީޕީން ކޮށްފައިވާ މަސައްކަތްތަކާ މެދު އުފާ ކުރާ ކަަމަށެވެ.

ނަމަވެސް ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ރައީސް މުއިއްޒު ޖަހާނެ ސައްޕު ބޮޑުކަން އެނގޭތީ ކަންބޮޑުވާ ކަމަށް މެންބަރު އިބްރާހިމް ވިދާޅުވި އެވެ. 

އަޅުގަނޑުމެން މިއުޅެނީ ކަންބޮޑުވެގެން އަތަށް އެއްޗެއް އޮޅާލާފައި ޖަހާނެ ސައްޕުގެ ބޮޑުކަމުން. އެއީ އެނގޭތޯ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އިދިިކޮޅު ޕާޓީގެ ގޮތުގައި 40،000 އެތައް ހާސް މެންބަރުންނެއް އެމްޑީޕީގައި އޮއްވާ އަޅުގަނޑުމެންގެ ގާތުގައި އަހާވެސް ނުލާ ކަންތައްތައް ކުރާތީ. އެހެން އެއްވެސް ކަންބޮޑުވުމެއް ނެތޭ އެނގޭތޯ. މިގައުމުގައި އެއްވެސް ކަމެއް ގޯސްވެއްޖެއްޔާ އޭގެ ޒިންމާ ނަގަނީ ވެރިކަން ކުރާ ޕާޓީއަކުން ނޫން. އެހުރިހާ ރައްޔިތުންނަށް އޭގެ އުދަންގޫ ދުއްތުރާ ދަނީ ޖެހެމުން.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ)

ކުޑޫ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާ ކަމަށާއި، 2 އަހަރު ބޭކާރު ވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ދެވަނަ ދައުރެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށާއި، ރައްޔިތުން ބޭނުންވާ އަދުލްއިންސާފު ގާއިމްކޮށް ކޮރަޕްޝަން ނައްތާލެވިފައިވާ ގައުމެއް ބިނާ ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުމުހައްމަދު އިބްރާހިމް (ކުޑޫ)ޤާނޫނުއަސާސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026
ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!
09 ޖެނުއަރީ 2026

އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

09 ޖެނުއަރީ 2026
 އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ
09 ޖެނުއަރީ 2026

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު
08 ޖެނުއަރީ 2026

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު
07 ޖެނުއަރީ 2026

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް
06 ޖެނުއަރީ 2026

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ
06 ޖެނުއަރީ 2026

މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!

06 ޖެނުއަރީ 2026
މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!
05 ޖެނުއަރީ 2026

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!

05 ޖެނުއަރީ 2026
ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!
04 ޖެނުއަރީ 2026

ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

04 ޖެނުއަރީ 2026
ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
03 ޖެނުއަރީ 2026

ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟

03 ޖެނުއަރީ 2026
ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު