Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކަނިވެރި މައިންނަށް ދޭ އެލަވަންސް

އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

ސަރުކާރުން އެކަނިވެރި މައިންނަށް ދޭ އިނާޔަތުގެ އަދަދު 15،000 ރުފިޔާ އިން 12،000 ރުފިޔާ އަށް ކުޑަކޮށްފައިވާ އިރު، މި ބަދަލުގެ ސަބަބެއް ހާމަކޮށްފަ އެއް ނުވޭ. އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަކީ މުޅި ދައުލަތް ހިމެނޭހެން ހުރިހާ އާއިލާއަކަށް އަމާޒުކޮށްގެން ހިންގާ ނިޒާމެއް ކަަމަށާއި އޭގެ ފައިދާ މުޅި މުޖުތަމައު އަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 13:45
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް | ރައީސް އޮފީސް

ވިސްނުން ބަހައްޓަންވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއްގެ ގޮތުގައި ބެލުމަށް ކަމަށާއި، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޑރ.އައިޝަތު ޝިހާމް އެފަދައިން ވިދާޅުވީ މިހާރު ސަރުކާރުން ގެނެސްދޭ ތަރުޖަމާނާއި އެކު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގެ 3 ވަނަ އެޕިސޯޑުގައި ދައްކާފައި ވަނީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް އާއި ގުޅޭގޮތުންނެވެ. އެކަނިވެރި މައިންގެ އެލަވަންސް އަށް މި ފަހުން ގެނައި ބަދަލާއި މެދު ވަޒީރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅެމުން އަންނަ އެކަނިވެރި ކުދިން ތިބި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތަކީ އެ ފައިސާ ހައްގުވާ މީހުންނަށް ލިބޭ އެއްޗެއްކަން ގާތުން ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.


ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް 15،000 ރުފިޔާ އާއި ހަމައަށް ދެވޭނެހެން ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި އިސްލާހު 24 ގަޑި އިރު ތެރޭ ބަދަލުކޮށް، އެންމެ ގިނައިން އެ އިނާޔަތް ދެވޭ އަދަދު 12،000 ރުފިޔާ އަށް ސަރުކާރުން ވަނީ ކުޑަކޮށްފަ އެވެ. ނަމަވެސް އެ ސިޔާސަތާއި މެދު 15 ވަރަކަށް މިނިޓު ވަންދެން ވާހަކަދެއްކެވި އިރު ވެސް އެ ބަދަލު ގެނައި ސަބަބާއި މެދު އެއްވެސް ވާހަކަ އެއް ވަޒީރު ނުދައްކަވަ އެވެ. 

އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަކީ މުޅި ދައުލަތް ހިމެނޭހެން ހުރިހާ އާއިލާއަކަށް އަމާޒުކޮށްގެން ހިންގާ ނިޒާމެއް ކަަމަށާއި އޭގެ ފައިދާ މުޅި މުޖުތަމައު އަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް އެންމެ ބޮޑު އެންމެ އިސްކަމެއް ދެއްވަނީ އޯގާތެރި މުޖުތަމައު އެއް ބިނާ ކުރެއްވުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ ހަ އަހަރުކުރިން، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ މާލީ އެހީ ވަނީ، 3،000 ރުފިޔާއިން 10،000 ރުފިޔާ އާ ހަމައަށް އިތުރުކޮށްފަ އެވެ. ބުރާސްފަތި ދުވަހު އިސްލާހުކޮށް ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް ގިނަވެގެން ދޭ ފައިސާގެ އަދަދު ވަނީ 15،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާ އެވެ.

ބުރާސްފަތު ދުވަހު ގެނެވުނު ބަދަލާއެކު ކުރިން މަހެއްގެ މައްޗަށް ހަތަރު ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި އިނާޔަތް ވަނީ 3،000 ރުފިޔާ އަށް ބޮޑުވެފަ އެވެ. ހަތަރަކަށް ވުރެ ގިނަ ކުދިން ތިބި ބެލެނިވެރިއެއް ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1،000 ރުފިޔާ އެވެ. ނަމަވެސް ހުކުރު ދުވަހު ގެނައި ބަދަލާއެކު ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް އިތުރު ފައިސާއެއް ނުލިބޭނެ އެވެ. އިނާޔަތުގެ ގޮތުގައި ލިބޭނީ ހަތަރު ކުދިންނަށް، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާގެ ރޭޓުން، ގިނަވެގެން 12،000 ރުފިޔާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޑރ. އާއިޝަތު ޝިހާމްއެކަނިވެރި މައިންނަށް އެލަވަންސްމިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!

މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!

06 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު