Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ބޭރު ގައުމުތަކުގެ އެހީއާ އެކު އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި؛ ހަތިޔާރު އެޅި ޓެރަރިސްޓުންތަކެއް މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި

10 ޖެނުއަރީ 2026 | ހޮނިހިރު 06:43

އީރާނުގެ އެކި ސިޓީތަކުގައި ހުކުރު ނަމާދަށްފަހު ބޮޑެތި އެއްވުންތައް ބާއްވައި ސަރުކާރަށް ތާއީދު ކުރަމުން، ބޭރުގެ ނުފޫޒާއެކު ހިންގާ ހަމަނުޖެހުންތައް ކުށްވެރިކޮށްފައިވޭ. ފުލުހުން ސަލާމަތީ އޮޕަރޭޝަންތަކުގައި ހަތިޔާރު އެޅި ބައެއް ޓެރަރިސްޓުން މަރާލައި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ބުނެފައި. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިތަކުގެ ނާޖާއިޒު ފައިދާ ބޭރުގެ ނުފޫޒު އޮންނަ ފަރާތްތަކުން ނަގަމުންދާ ކަމަށް ސަރުކާރުން ތުހުމަތުކުރޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 06:43
ބޭރުގެ ތާއީދާއެކު ހިނގި ހަމަނުޖެހުންތައް ކުށްވެރި ކުރުމަށް އީރާނުގެ ރައްޔިތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ ޝުއޫރު ފާޅު ކުރަނީ

ބޭރުގެ ތާއީދާއެކު ހިނގި ހަމަނުޖެހުންތައް ކުށްވެރި ކުރުމަށް އީރާނުގެ ރައްޔިތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ ޝުއޫރު ފާޅު ކުރަނީ | ތަސްނީމް ނިއުސް އޭޖެންސީ

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ސަރުކާރަށް ތާއީދު ކޮށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި އެވެ. 

ހުކުރު ނަމާދަށްފަހު އީރާނުގެ އެކި ސިޓީތަކުގައި އެތައް ހާސް ބަޔަކު ނިކުމެ، ބޭރުގެ ނުފޫޒާއެކު ހިންގަމުންދާ ހަމަނުޖެހުންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. އީރާނުގެ ފުލުހުން ހާމަކުރި ގޮތުގައި، ސަލާމަތީ އޮޕަރޭޝަންތަކެއްގައި ހަތިޔާރު އެޅި ބައެއް ޓެރަރިސްޓުން ވަނީ މަރާލައި، އަދި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.

މި އެއްވުންތައް ބާއްވާފައި ވަނީ ލޮރެސްތާން، ޒަންޖާން، ހޫޒެސްތާން، ގޮމް، އަދި ޔަޒްދު ހިމެނޭހެން އީރާނުގެ އެތައް ޕްރޮވިންސެއްގެ ސިޓީތަކުގައެވެ. އެއްވުންތަކުގެ ބައިވެރިން ވަނީ އީރާނުގެ ގައުމީ ދިދަ އާއި، ގައުމުގެ ސަލާމަތާއި އިސްލާމީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށްދޭ ބޯޑުތައް އުފުލައި، އެ ގައުމުގެ ދާޚިލީ ހަމަޖެހުމަށް ގޮވާލާފަ އެވެ.

އެއްވުމުގެ ބައިވެރިން ބުނަމުންދިޔައީ، ރައްޔިތުންގެ ގާނޫނީ އަދި ސުލްހަވެރި ޝުއޫރުތަކާއި، ރޭވިގެން ހިންގާ ހަމަނުޖެހުންތަކާ ދެމެދު ސާފު ފަރަގެއް ހުންނަންޖެހޭނެ ކަމަށެވެ. އަދި އެމީހުން ވަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައި، އެ ގައުމުތަކުގެ ނުފޫޒަށް ނޫނެކޭ ބުނެފައެވެ.

އިގްތިސާދީ ދަތިތަކާ ގުޅިގެން މިދިޔަ ހަފުތާގައި ބައެއް ވިޔަފާރިވެރިން ކޮންމެވެސް ވަރަކަށް މަގުމަތީގައި އިހުތިޖާޖު ކުރި ނަމަވެސް، އެމެރިކާ އާއި އިޒްރޭލުގެ އިސް ފަރާތްތަކުން ދިން ބަޔާންތަކާ ގުޅިގެން އެ ހަރަކާތްތައް ވަނީ ހަމަނުޖެހުމަށް ބަދަލުވެފަ އެވެ. އަދި އިޒްރޭލާ ގުޅުން އޮންނަ ފާރިސީ ބަހުން ވާހަކަދައްކާ މީޑިއާތަކުން ވަނީ ތަންތަނަށް ގެއްލުންދީ، މަސްލަހަތު ނަގާލުމަށް ބާރުއަޅާފައި ކަމަށް އީރާނުގެ ރަސްމީ ޓީވީން ބުނެފައިވެ އެވެ.

އީރާނުގެ ސަރުކާރުން ވަނީ ރައްޔިތުންގެ އިގްތިސާދީ ކަންބޮޑުވުންތަކަކީ ސައްހަ ކަންބޮޑުވުންތަކެއް ކަމަށް ބަލައިގަނެ، އެކަންކަން ހައްލުކުރާނެ ކަމަށް ވައުދުވެފަ އެވެ. ނަމަވެސް، އީރާނުގެ މަރުކަޒީ ބޭންކަށާއި ތެލުގެ އެކްސްޕޯޓަށް އަމާޒުކޮށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދިމާވެފައިވާ މި ހާލަތުގެ ނާޖާއިޒު ފައިދާ، ބޭރުގެ ނުފޫޒު އޮންނަ ފަރާތްތަކުން ނަގަމުންދާ ކަމަށް ސަރުކާރުން ތުހުމަތުކުރެ އެވެ.

ފުލުހުންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ސައީދު މުންތަޒަރު އަލްމަހުދީ ހުކުރު ދުވަހު ވިދާޅުވީ، ފުލުހުން މި މުޒާހަރާތައް ބަލަހައްޓަމުން ދަނީ އެންމެ މަތީ ދަރަޖައިގެ ކެތްތެރިކަމާއެކު ކަމަށެވެ. އަދި ހަގީގީ މުޒާހަރާގެ ބައިވެރިންނާއި، ގަސްދުގައި ހަމަނުޖެހުން އުފައްދާ މީހުން ވަކިކޮށް ދެނެގަތުމަށް ފުލުހުން އަބަދުވެސް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުންގެ ސިފަ ޖެހިގެން ތިބި ބަޔަކު، ބޭރުގައި ހުންނަ އީރާނާ ދެކޮޅު މީޑިއާތަކުގެ އެހީތެރިކަމާއެކު ޒުވާނުންނަށް ނުބައި މަގު ދައްކައި، ބުރާސްފަތި ދުވަހުގެ ރޭ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކޮށްފައިވެއެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްބްރިގޭޑިއާ ޖެނެރަލް ސައީދު މުންތަޒަރު އަލްމަހުދީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ގެއްލުންދެމުންދާ ހަތިޔާރު އެޅި ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ގެއްލުންދެމުންދާ ހަތިޔާރު އެޅި ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ
09 ޖެނުއަރީ 2026

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

09 ޖެނުއަރީ 2026
މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟
09 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި
08 ޖެނުއަރީ 2026

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު
04 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި

04 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި
03 ޖެނުއަރީ 2026

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި
31 ޑިސެމްބަރު 2025

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި
30 ޑިސެމްބަރު 2025

އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

30 ޑިސެމްބަރު 2025
އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި
30 ޑިސެމްބަރު 2025

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
27 ޑިސެމްބަރު 2025

އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

27 ޑިސެމްބަރު 2025
އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް