Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

މުޒާހަރާތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެތައް ހާސް އީރާނު ރައްޔިތުންގެ ލެއިން އަތް ތަޣައްޔަރުވެފައިވާ ބޭފުޅެއް ކަމަށާއި، "ބޮޑާ" އެމެރިކާގެ ވެރިކަން ވެސް ނިމުމަކަށް އަންނާނެ ކަމަށް.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 11:07
ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީ ތުހުމަތު ކުރެއްވި ގޮތުގައި ޓްރަމްޕްގެ އަތުގައި އީރާނުގެ ރައްޔިތުންގެ ލޭ ވަނީ ހޭކިފައި.

ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީ ތުހުމަތު ކުރެއްވި ގޮތުގައި ޓްރަމްޕްގެ އަތުގައި އީރާނުގެ ރައްޔިތުންގެ ލޭ ވަނީ ހޭކިފައި. | އޭއެފްޕީ

އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ތެހެރާނުން މަސައްކަތް ކުރަމުންދާއިރު، މުޒާހަރާ ކުރާ ފަރާތްތަކަށް އެ ގައުމުގެ ރޫހާނީ ލީޑަރު ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި އެވެ.

އީރާނުގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، ހުކުރު ދުވަހު އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި އެގައުމުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ "ޓެރަރިސްޓް އަމަލުތަކާ" ދެކޮޅަށް އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވާފަ އެވެ.

 އީރާނުގެ ކަމާބެހޭ ފަރާތްތަކުން މި މުޒާހަރާތަކަކީ ބޭރުގެ ދުޝްމަނުން، ޚާއްޞަކޮށް އެމެރިކާގެ ރޭވުމެއް ކަމަށް ސިފަކުރާއިރު، ހަމަނުޖެހުންތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޚާމަނާއީ ތަކުރާރުކޮށް ވިދާޅުވި އެވެ.

ޚާމަނާއީ ތުހުމަތު ކުރެއްވި ގޮތުގައި މުޒާހަރާގެ ބައިވެރިން އަމަލުކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށެވެ. އާންމު މުދަލަށް ގެއްލުންދެމުންދާ މީހުންނަކީ ބޭރުގެ ބާރުތަކުގެ "ކުލީ ސިފައިން" ކަމަށާއި، އެފަދަ ކަންކަމަށް ތެހެރާނުން ކެތް ނުކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. 

ޑިސެމްބަރު 28 ގައި މުޒާހަރާތައް ފެށުނީއްސުރެ މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މަދުވެގެން ހަތަރު މީހަކު ހިމެނެ އެވެ. އީރާނުގެ ސަރުކާރަށް މިހާރު ވަނީ މަސްލަހަތު ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ކެތްތެރިކަން އިސްކުރުމަށާއި ރައްޔިތުންގެ "ހަގީގީ" ޝަކުވާތައް އަޑުއެހުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް، ސަރުކާރުގެ އެހެން ބައެއް ފަރާތްތަކުން ބުނަމުން ދަނީ ބޭރުގެ ދުޝްމަނުންގެ އެހީތެރިކަމާއެކު ކުރިއަށްދާ މި މުޒާހަރާތައް ހުއްޓުވުމުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށެވެ.

އިގްތިސާދީ ދަތިތަކާ ގުޅިގެން ފެށުނު މި މުޒާހަރާތަކުގެ އަސްލަކީ އީރާނުގެ ފައިސާ، ރިއާލްގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން ތެހެރާނުގެ ވިޔަފާރިވެރިން ފާޅުކުރި ނުރުހުމެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލާފަ އެވެ. ހުކުރު ދުވަހުވެސް އިންޓަނެޓްގެ އިތުރުން ފޯނުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، ބައެއް އެއާލައިންތަކުން ވަނީ އެގައުމަށް ކުރާ ދަތުރުތައް ވެސް ކެންސަލްކޮށްފަ އެވެ.

މިފަދަ ހުރަސްތަކެއް ހުރި ނަމަވެސް، އެކްޓިވިސްޓުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ވެރިރަށް ތެހެރާނާއި އެހެނިހެން ސަރަހައްދުތަކުގެ މަގުމަތީގައި އަލިފާން ރޯކޮށް، މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ފޮޓޯއިން ފެންނަނީ ޖެނުއަރީ 6، 2025 ގައި އީރާނުގެ ހުޅަނގު ސިޓީއެއް ކަމަށްވާ އިލާމް ގައި ހިނގި ހަމަނުޖެހުންތަކުގައި އާންމު ދަތުރުފަތުރުގެ އުޅަނދެއްގައި ރޯކޮށްލާފައިވާ ތަން
ފޮޓޯއިން ފެންނަނީ ޖެނުއަރީ 6، 2025 ގައި އީރާނުގެ ހުޅަނގު ސިޓީއެއް ކަމަށްވާ އިލާމް ގައި ހިނގި ހަމަނުޖެހުންތަކުގައި އާންމު ދަތުރުފަތުރުގެ އުޅަނދެއްގައި ރޯކޮށްލާފައިވާ ތަން

މުޒާހަރާތަކާ ގުޅޭގޮތުން އީރާނުގެ ދައުލަތުގެ މީޑިއާ އިން ހުކުރު ދުވަހު ބުނެފައި ވަނީ، އެ މުޒާހަރާތަކުގައި ތަންތާގައި ހުޅުޖަހައި ހަމަނުޖެހުން ހިންގާފައި ވަނީ އެމެރިކާ އާއި އިޒްރޭލަށް ނިސްބަތްވާ "ޓެރަރިސްޓް އެޖެންޓުން" ކަމަށެވެ. 

އަނެއްކޮޅުން މުޒާހަރާގެ ބައިވެރިން މެރުމުގެ ފުރުސަތު އީރާނަށް ނުދޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އަނެއްކާ ވެސް ވަނީ އިންޒާރު ދެއްވާފަ އެވެ.

އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، އޭގެ ހިތި ނަތީޖާ އާ ކުރިމަތިލާންޖެހޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނަށް ދީފައިވާނެ ކަމަށެވެ.

އީރާނުގެ ލީޑަރު އަލީ ޚާމަނާއީ ހުކުރު ދުވަހު ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ވިދާޅުވީ، މުޒާހަރާކުރާ، "ފިތުނަ އުފައްދާ" މީހުންގެ ކުރިމަތީގައި އިސްލާމީ ޖުމްހޫރިއްޔާ ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ޖެނުއަރީ 3 ވަނަ ދުވަހުން ފެށިގެން އީރާނުގައި އިތުރުވަމުންދާ މުޒާހަރާތަކާ ގުޅޭގޮތުން ޚާމަނާއީ އިތުރަށް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެތައް ހާސް އީރާނު ރައްޔިތުންގެ ލެއިން އަތް ތަޣައްޔަރުވެފައިވާ ފަރާތެއް ކަމަށެވެ. އަދި 1979 ވަނަ އަހަރުގެ އިންގިލާބުގެ ކުރިން އީރާނުގައި އޮތް ރަސްކަން ވައްޓާލި ފަދައިން، "ބޮޑާ" އެމެރިކާގެ ވެރިކަން ވެސް ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޢަލީ ޚަމަނާއީރައީސް ޑޮނަލްޑް ޓްރަމްޕްތެހެރާންއީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
 ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

08 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު