Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ގެއްލުންދެމުންދާ ހަތިޔާރު އެޅި ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ ވިދާޅުވީ ބޭރުގެ ނުފޫޒުތަކާ ގުޅިގެން ހަތިޔާރު ބޭނުންކޮށްގެން ހަމަލާދޭ ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް ސަލާމަތީ ބާރުތަކާއި ފަނޑިޔާރުގެތައް ތައްޔާރަށް ކަމަށް. އީރާނުން ބުނަނީ މިހާރު ހިންގަމުންދާ މުޒާހަރާތަކަކީ އިޒްރޭލާއި އެމެރިކާ އަޑީގައި އޮވެގެން ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް ހިންގާ ކަމެއް ކަމުގައި. ހަމަނުޖެހުން ހިންގުމުގައި އިސްކޮށް އުޅޭ މީހުން ދެނެގަނެ ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު ޖީ-3 މަރުކާގެ ބަޑި ފަދަ ހަތިޔާރުތައް ފެނިފައިވާކަން ފާހަގަކޮށްފައިވޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 06:33
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ ސެކްރެޓަރީ އަލީ ލާރިޖާނީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ ސެކްރެޓަރީ އަލީ ލާރިޖާނީ | ޕްރެސް ޓީވީ

ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ގެއްލުންދެމުންދާ ހަތިޔާރު އެޅި ފަރާތްތަކަށް ހަރުކަށި ރައްދު ދިނުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް ސެކިއުރިޓީ އޮފިޝަލް ވިދާޅުވެއްޖެ އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) ގެ ސެކްރެޓަރީ އަލީ ލާރިޖާނީ ވިދާޅުވީ، ބޭރުގެ ނުފޫޒުތަކާ ގުޅިގެން އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދޭ އަދި ރޭވުންތެރިކަމާއެކު ފަސާދަ އުފައްދާ ފަރާތްތަކަށް "އެންމެ ހަރުކަށި އިބާރާތުން" ރައްދު ދިނުމަށް ސަލާމަތީ ބާރުތަކާއި ފަނޑިޔާރުގެތައް އޮތީ ތައްޔާރަށް ކަމަށެވެ.

ހުކުރު ދުވަހު ދެއްވި ޓީވީ އިންޓަވިއުއެއްގައި ލާރިޖާނީ ވިދާޅުވީ، އާންމު ރައްޔިތުންނަށް ގެއްލުމެއް ނުވާނެހެން ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކަށް އިރުޝާދު ދީފައިވާ ކަމަށެވެ. ނަމަވެސް، ހަތިޔާރާއެކު ނުވަތަ އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ ނިޔަތުގައި މަސައްކަތްކުރާ ގުރޫޕުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން ބުނަމުން ގެންދަނީ މިހާރު އެ ގައުމުގައި ހިނގަމުންދާ މުޒާހަރާ ތަކަކީ އިޒްރޭލާއި އެމެރިކާ އަޑީގައި އޮވެގެން އީރާނު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް ހިންގާ ކަމެއް ކަމުގައެވެ.

އިޒްރާލާއި އެމެރިކާ އިން ޖޫން މަހު އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި ރައްޔިތުން ދެއްކި ސާބިތުކަން މިހާރުވެސް ދެމެހެއްޓުމަށް ލަރިޖާނީ ގޮވާލެއްވި އެވެ. އީރާނުގެ ދުޝްމަނުން މިހާރު އަމާޒު ހިފާފައިވަނީ މީގެ ކުރިން ގައުމުގެ ވަރުގަދަކަން ދެއްކި އަސާސްތައް ބަލިކަށިކޮށްލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން ހޭލުންތެރިވާންޖެހޭ، ދުޝްމަނުން މި އަމާޒުކުރަނީ ހަނގުރާމައިގެ ތެރޭގައި ގައުމަށް ލިބުނު ކާމިޔާބީ އާއި ބާރުގެ އަސްލު ކަމުގައިވާ ކަންކަމަށް،" އެއްބައިވަންތަކަމަށް ގޮވާލައްވަމުން އޭނާ ވިދާޅުވިއެވެ.

ގައުމީ އަދި ދީނީ ރަމްޒުތަކަށް ހަމަލާދިނުން

ފަސާދަ އުފައްދާ ފަރާތްތަކުން އީރާނުގެ ގައުމީ އަދި ދީނީ ވަހުދަތުގެ ރަމްޒުތަކަށް ހަމަލާދެމުންދާކަން ލާރިޖާނީ ފާހަގަކުރެއްވި އެވެ. މީގެ ތެރޭގައި އިސްލާމީ ޖުމްހޫރިއްޔާގެ ދިދަ އަންދާލުމާއި، 2020 ވަނަ އަހަރު އެމެރިކާ އިން އަވަހާރަކޮށްލި އީރާނުގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ ފަދަ ގައުމީ ބަތަލުންގެ ހަނދާނީ ބިނާތަކަށް ގެއްލުން ދިނުން ހިމެނެ އެވެ.

"އެމީހުން ބޭނުން ވަނީ ގައުމީ ފަޚުރު ދުއްވާލަން،" ކީރިތި ގުރުއާން އަންދާލުމާއި މިސްކިތްތަކަށް ހަމަލާދިނުން ފަދަ ނާތަހުޒީބު އަމަލުތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ. މިފަދަ އަމަލުތަކަކީ ގައުމުގެ ބާރުގެ އަސްލު ކަމަށްވާ ދީނީ އަދި ގައުމީ އަސާސްތައް ބަލިކަށިކޮށްލުމަށް ހިންގާ ކަންކަމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މި ހަމަނުޖެހުންތަކަކީ އިގްތިސާދީ ދަތިތަކާ ގުޅިފައިވާ ކަންކަން ކަމަށް ބުނާ ބުނުންތައް އޭނާ ދޮގުކުރެއްވި އެވެ. ފިހާރަތައް ލޫޓުވުމާއި އަންދާލުމަކީ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން ކުރާ ކަންކަން ނޫން ކަމަށާއި، އެއީ އެހެން މަގްސަދެއްގައި ކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. "އިގްތިސާދީ ދަތިކަމެއް ހުންނަ މީހަކު ފިހާރަތަކެއް ލޫޓުވާކަށް ނޫޅޭނެ،" އޭނާ ވިދާޅުވި އެވެ.

މުޒާހަރާގެ ފަހަތުގައި އިޒްރޭލު

މި ހަމަނުޖެހުންތަކަކީ އީރާނާ ދެކޮޅަށް ސީދާ އަސްކަރީ ހަމަލާއެއް ދިނުމުގެ ބަދަލުގައި، ގައުމުގެ އެތެރޭގައި ތިބި ބަޔަކު ބޭނުންކޮށްގެން ގައުމު ހަލާކުކޮށްލުމަށް އިޒްރޭލުގެ އިސްވެރިން މީގެ ކުރިން ދައްކާފައިވާ ވާހަކަތަކާ ގުޅިފައިވާ ކަމެއް ކަމަށް ލާރިޖާނީ ވިދާޅުވި އެވެ. ހަތިޔާރު އެޅި މި ޖަމާއަތްތަކުން އަމާޒުކުރާ ތަންތަނަށް ބަލާއިރު، މިއީ ހަމައެކަނި އިގްތިސާދީ ޝަކުވާ އެއް ނޫންކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލާރިޖާނީ ވިދާޅުވި ގޮތުގައި، ހަމަނުޖެހުން ހިންގުމުގައި އިސްކޮށް އުޅޭ މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އަނެއް ބަޔަކު ހައްޔަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި ހަމަނުޖެހުންތަކުގެ ތެރެއިން ޖީ-3 މަރުކާގެ ބަޑި އާއި، ފިސްތޯލަ އާއި އެހެނިހެން ހަތިޔާރުތައް ފެނިފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ކަމެއްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްކަރީ އަދި ގާނޫނު ތަންފީޒުކުރާ މަރުކަޒުތައް ހިފުމަށް ކުރި މަސައްކަތަކީ ދާޚިލީ ހަނގުރާމައެއް ފަށައި ބޭރުގެ ނުފޫޒުތަކަށް މަގުފަހިކުރުމަށް ކުރި ކަމެއް ނަމަވެސް، ސަލާމަތީ ބާރުތަކުގެ ތައްޔާރީތަކުގެ ސަބަބުން އެކަން ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތައް މިދެއްކެވީ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ، ފަސާދަ އުފެއްދުމާއި ބޭރުގެ އެހީގައި ހިންގާ ހަމަނުޖެހުންތަކަށް އީރާނުން ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޚާމަނާއީ ވިދާޅުވީ، ގައުމުގައި ހަމަނުޖެހުން ހިންގާ ފަރާތްތަކުގެ ކުރިމަތީގައި އީރާނުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ބޭރުގެ ބާރުތައް އުފާކޮށްދިނުމަށް ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ. ނަމަވެސް، އިގްތިސާދީ މައްސަލަތަކާ ގުޅިގެން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަކީ ކުރެވިދާނެ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޢަލީ ލަރިޖާނީއީރާން-އިޒްރޭލްއީރާން-އެމެރިކާއާޔަތުﷲ އަލީ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

10 ޖެނުއަރީ 2026
މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

09 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026
އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

08 ޖެނުއަރީ 2026
އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި

އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު