Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ އެމެރިކާއާ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރަން ތައްޔާރު ނަމަވެސް އެ މަޝްވަރާތައް އިހުތިރާމާއި މަސްލަހަތުގެ މައްޗަށް ބިނާވާންޖެހޭ ކަމަށާއި އަމުރުކުރުމުގެ އުސޫލުން ކޮށްގެން ނުވާނެ ކަމަށް.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 15:35
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ލުބުނާނުގެ ބެއިރޫތު އަށް ވަޑައިަގަންނަވަނީ - ޖެނުއަރީ 8، 2026.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ލުބުނާނުގެ ބެއިރޫތު އަށް ވަޑައިަގަންނަވަނީ - ޖެނުއަރީ 8، 2026. | އީރާނުގެ ފޮރިން މިނިސްޓްރީ

އިޒްރޭލާއި އެމެރިކާއާ އެކު ހަނގުރާމަ އެއް ކުރަން އީރާނުން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އަލުން ހަމަލާއެއް ދީފިނަމަ ރައްދު ދިނުމަށް އެގައުމު އޮތީ ތައްޔާރަށް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ލުބުނާނުގެ ބެއިރޫތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު މަޝްވަރާކުރަން އީރާނުން ތައްޔާރު ކަމަށެވެ. ނަމަވެސް، އެ މަޝްވަރާތައް ބިނާވާން ވާނީ ވޮޝިންޓަނުން ބޭނުންވާ ގޮތަށް ކަންކަން މަޖުބޫރުކުރުމުގެ ބަދަލުގައި، ދެފަރާތުގެ މެދުގައި އޮންނަ އިހުތިރާމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ގާތް ބައިވެރިއެއް ކަމަށްވާ އިޒްރޭލުން އަލުން އީރާނަށް ހަމަލާދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން ވަނީ އީރާނުގެ އަސްކަރީ އިސް ފަރާތްތަކާއި ބައެއް ނިއުކްލިއާ ސައިންސްވެރިން މަރާލާފަ އެވެ. އަދި އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އަޅާފަ އެވެ.

"އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާނަށް ހަމަލާދީ، އެމީހުންގެ އުކުޅުތައް ތަޖުރިބާކޮށްފައި. އެ ހަމަލާތަކާއި ސިޔާސަތުތަކަށް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާ،" ލުބުނާނަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅު ފަށްޓަވަމުން އަރަގްޗީ ވިދާޅުވިއެވެ. "އެމީހުން އެކަން ތަކުރާރުކޮށްފިނަމަ، ކުރިމަތިލާން ޖެހޭނީ ހަމަ އެ ނަތީޖާ އާ."

އޭނާ އިތުރަށް ވިދާޅުވީ، އީރާނުން އޮތީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށާއި، ހަނގުރާމަ އަކީ އެގައުމުން އެދޭ ގޮތް ނޫން ނަމަވެސް، ހަނގުރާމައަކަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އީރާނާ ދެކޮޅަށް "އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް" ކުރިމަތިކުރުމުގެ ކެމްޕޭނެއް އަލުން ފަށްޓަވާފަ އެވެ. މި ކެމްޕޭނުގެ ދަށުން، ޖޫން މަހު އެމެރިކާ އިން ވަނީ އީރާނުގެ މުހިންމު ތިން ނިއުކްލިއާ މަރުކަޒަކަށް ހަމަލާދީފަ އެވެ.

އަރަގްޗީ ވިދާޅުވި ގޮތުގައި ތެހެރާނުން އޮތީ މަޝްވަރާ އަށް ތައްޔާރަށެވެ. ނަމަވެސް އެ މަޝްވަރާތައް ބިނާވާންވާނީ ދެފަރާތުގެ އިހުތިރާމާއި މަސްލަހަތުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލުކުރަނީ، އެމެރިކާ އިން ކަންކަން އަމުރުކުރުމުގެ ބަދަލުގައި ބިނާކުރަނިވި އަދި ހެޔޮލަފާ މަޝްވަރާތަކަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ދުވަހަކުން، އެ މަޝްވަރާތަކުގެ ނަތީޖާ ފޮނިވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ ނިއުކްލިއާ އެއްބަސްވުމުން 2018 ވަނަ އަހަރު ޓްރަމްޕް ގެ ފުރަތަމަ ދައުރުގައި ވަކިވުމާ ގުޅިގެން، އީރާނުން ވަނީ ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 އިންސައްތަ އަށް މަތިކޮށްފަ އެވެ. މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާ ވަރަށް ގާތް މިންވަރެކެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެގައުމުން ބުނަމުންދިޔަ ނަމަވެސް، ހުޅަނގުގެ ގައުމުތަކާއި އދ. ގެ ނިއުކްލިއާ ވޮޗްޑޮގް (އައި.އޭ.އީ.އޭ) އިން ބުނަނީ 2003 ވަނަ އަހަރާ ހަމައަށް އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ރޭވުންތަކެއް ގެންގުޅުނު ކަމަށެވެ.

މިދިޔަ މަހު ފްލޮރިޑާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ އެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ، އީރާނުން އަލުން ނިއުކްލިއާ ޕްރޮގްރާމް ކުރިއަށްގެންދަން މަސައްކަތްކޮށްފި ނަމަ، އެމެރިކާ އިން އިތުރު އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާއައްބާސް އަރަގްޗީއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

08 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި

04 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު