Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ

ހިނގި މި ހަމަނުޖެހުންތަކުގައި ފުލުހުންގެ ތިން އޮފިސަރަކަށް އަނިޔާވެ، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދޭ.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 05:50
ސޯޝަލް މީޑިއާގައި ހިއްސާކުރި ފޫޓޭޖްތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އީރާނުގެ ފާސާ ގައި ހުންނަ ގަވަރުނަރުގެ އޮފީހުގެ ގޭޓް ވަނީ ފަޅާލާފައި

ސޯޝަލް މީޑިއާގައި ހިއްސާކުރި ފޫޓޭޖްތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އީރާނުގެ ފާސާ ގައި ހުންނަ ގަވަރުނަރުގެ އޮފީހުގެ ގޭޓް ވަނީ ފަޅާލާފައި

އީރާނުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގެ ހަތަރުވަނަ ދުވަހު، އެ ޤައުމުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ފާރިސް ގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް މުޒާހަރާގެ ބައިވެރިން ވަންނަން މަސައްކަތް ކޮށްފިއެވެ.

ފަސާ ސިޓީގައި ހިނގި މި ހަމަނުޖެހުންތަކުގައި ފުލުހުންގެ ތިން އޮފިސަރަކަށް އަނިޔާވެ، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ހަމަދާން އާއި ލޮރެސްތާން ފަދަ ހުޅަނގުގެ ސަރަހައްދުތަކުގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެރިރަށް ތެހެރާންގައި ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ހިނގަމުންދާ ހަމަނުޖެހުންތައް މައިތިރިކުރުމުގެ މަޤްޞަދުގައި ކަމަށް ބެލެވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަދި ބީބީސީން އިން ބުނި ގޮތުގައި ސައްހަކަން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފަސާގެ ގަވަރުނަރުގެ އޮފީހުގެ ގޭޓު މުޒާހަރާގެ ބައިވެރިން ވަނީ ހަލާކުކޮށްލާފައެވެ. އަދި އޭގެ ރައްދުގައި ސަލާމަތީ ބާރުތަކުން ބަޑިޖަހާ މަންޒަރާއި، ބަންދުކޮށްފައިވާ ފިހާރަތަކުގެ ކުރިމަތިން ކަރުނަގޭސް އަރަމުންދާ މަންޒަރު ވެސް އެހެން ވީޑިއޯތަކުން ފެނެއެވެ.

އީރާން ސަރުކާރުން ކުއްލި ގޮތަކަށް އިއުލާންކުރި މި ބަންދު ދުވަހާ ގުޅިގެން މުޅި ޤައުމުގެ ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި ސަރުކާރުގެ މުއައްސަސާތައް ވަނީ ބަންދުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ ފިނި މޫސުމާ ގުޅިގެން ހަކަތަ އިގްތިސާދު ކުރުމަށް އެޅި ފިޔަވަޅެކެވެ. ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރި ކަމެކެވެ.

މި މުޒާހަރާތައް ފުރަތަމަ ފެށުނީ މިދިޔަ އާދީއްތަ ދުވަހު ތެހެރާންގަ އެވެ. އެއީ އެމެރިކާ ޑޮލަރާ އަޅާބަލާއިރު އީރާނުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ވިޔަފާރިވެރިންގެ ފަރާތުންނެވެ. އަންގާރަ ދުވަހާ ހަމައަށް އައިއިރު، ޔުނިވަރސިޓީ ދަރިވަރުން ވެސް އިހުތިޖާޖު ގައި ބައިވެރިވެ، އެކި ސިޓީތަކަށް މުޒާހަރާތައް ފެތުރި، ވެރިކަމާ ދެކޮޅަށް އަޑުއުފުލަން ފެށިއެވެ.

މިއީ 2022 ވަނަ އަހަރު މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަށް ފަހު، އީރާނުގައި މިހާ ފުޅާ ދާއިރާ އެއް ގައި މުޒާހަރާތައް ހިނގާ ފުރަތަމަ ފަހަރެވެ. ނަމަވެސް މިފަހަރުގެ މުޒާހަރާތަކުގެ ހަކަތަ ކުރީ ފަހަރާ އަޅާބަލާއިރު ކުޑަކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ތެހެރާންގެ މުޒާހަރާ ފެށުނު ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ "ޑިމާންޑްތަކަށް" ސަރުކާރުން ސަމާލުކަން ދޭނެ ކަމަށެވެ. އެހެންނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް މުޙައްމަދު މުވައްޙިދީ-އާޒާދު ވަނީ ޤައުމުގެ ހަމަޖެހުން ނަގާލަން ކުރާ ކޮންމެ މަސައްކަތަކަށް "ވަރުގަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މަސްޢޫދު ޕެޒެޝްކިއަންއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އީރާނުގެ އިތުރު 3 ސެޓެލައިޓް ރަޝިޔާގެ ސޯޔޫޒުން ލޯންޗް ކޮށްފި

އީރާނުގެ އިތުރު 3 ސެޓެލައިޓް ރަޝިޔާގެ ސޯޔޫޒުން ލޯންޗް ކޮށްފި

29 ޑިސެމްބަރު 2025
އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

27 ޑިސެމްބަރު 2025
ތެޔޮ ސްމަގުލް ކުރަމުން ދިޔަ ބޯޓެއް އީރާނުން ހިފަހައްޓައިފި

ތެޔޮ ސްމަގުލް ކުރަމުން ދިޔަ ބޯޓެއް އީރާނުން ހިފަހައްޓައިފި

26 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު