Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީރާން-އެމެރިކާ

އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

8 ޖެނުއަރީ 2026 | ބުރާސްފަތި 15:21

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާގެ ބަސްމަގުން ހާމަވަނީ އީރާނުގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމަށް ކުރާ މަސައްކަތްތަކާއި ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތުގެ ބައެއް ކަމަށް. އީރާނުގެ އިގްތިސާދީ ދަތިތަކުގެ ބޮޑު ބަޔަކީ އެމެރިކާގެ ޣައިރުގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށާއި އެކަމުގެ ތެރޭގައި ނަފްސާނީ ހަނގުރާމައާއި ދޮގު މައުލޫމާތު ފެތުރުން ހިމެނޭ ކަމަށް ބުނި.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 15:21
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ | ގެޓީ އިމޭޖަސް

އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުން ދެއްކެވި ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ވަރުގަދައަށް ކުށްވެރިކޮށްފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އެމެރިކާގެ އެ ބަސްމަގުން ހާމަވަނީ އީރާނުގެ ރައްޔިތުންނާ މެދު ވޮޝިންގްޓަނުން ގެންގުޅޭ ދުޝްމަންކަމާއި، އީރާނު ގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ، އެމެރިކާގެ އެ ނިންމުންތަކަކީ އީރާނުގެ ރައްޔިތުންނާ މެދު އޮތް ކަންބޮޑުވުމެއްގެ ސަބަބުން ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށާއި، އެއީ އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ނުފޫޒު ފޯރުވުމަށް އެމެރިކާއިން ގެންގުޅޭ "އެންމެ މަތީ ދަރަޖައިގެ ފިއްތުންތަކާއި، ބިރުދެއްކުމާއި، ނުފޫޒު ފޯރުވުމުގެ" ސިޔާސަތުގެ ބައެއް ކަމަށެވެ.

މި ބަޔާނުގައި ވާގޮތުން، އެމެރިކާގެ މި ފިތުނަވެރި އަމަލުތަކުގެ މަގުސަދަކީ ގައުމުގައި އަނިޔާވެރިކަމާއި ޓެރަރިޒަމް އުފައްދައި، ގައުމުގެ ހަމަޖެހުން ނަގާލުމެވެ.

އީރާނުގެ ގާނޫނުއަސާސީގެ ދަށުން ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމަކީ ބަލައިގަނެވިފައިވާ ކަމެއްކަން ފާހަގަކޮށް، ރައްޔިތުންގެ ގާނޫނީ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އީރާނުން ފިޔަވަޅުތައް އަޅަމުންދާއިރު، މި ދަތިތަކުގެ ބޮޑު ބަޔަކީ ޣައިރު ގާނޫނީ އަދި ބޭއިންސާފު ދަތިކުރުމުގެ ފިޔަވަޅުތައް މެދުވެރިކޮށް އެމެރިކާ އިން ކުރިއަށްގެންދާ އިގްތިސާދީ އަދި މާލީ ހަނގުރާމައިގެ ނަތީޖާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އީރާނާ ދެކޮޅަށް ވޮޝިންގްޓަނުން ހިންގާ އަމަލުތަކަކީ ހަމައެކަނި އިގްތިސާދީ ފިއްތުންތަކެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ނަފްސާނީ ހަނގުރާމައާއި، މީޑިއާ ކެމްޕޭންތަކާއި، ދޮގު މައުލޫމާތު ފެތުރުމާއި، އަސްކަރީ ގޮތުން ކުރިމަތިލާނެ ކަމުގެ ބިރުދެއްކުމާއި، އަނިޔާވެރިކަމާއި ޓެރަރިޒަމަށް ހިތްވަރުދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

އެމެރިކާގެ މިފަދަ އަމަލުތަކަކީ އދ. ގެ ޗާޓަރާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސްތަކާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ނިޒާމާ މުޅިން ޚިލާފު ކަންކަން ކަމަށް ބަޔާނުގައި ބާރުއަޅާފައިވެއެވެ.

އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ އިން ވަދެފައިވާ ތާރީޚީ ކަންކަމަށް އަލިއަޅުވާލަމުން، 1953 ވަނަ އަހަރު އީރާނުގެ އޭރުގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލުމާއި، އީރާނާ ދެކޮޅަށް އިރާގުން ކުރި ހަނގުރާމައިގައި އެމެރިކާ އިން ދިން އެހީތެރިކަމާއި، އިޒްރޭލާ ގުޅިގެން އީރާނާ ދެކޮޅަށް ހިންގާފައިވާ އަމަލުތަކާއި، އެއްފަރާތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވާހަކަ މިނިސްޓްރީން ހަނދާންކޮށްދިނެވެ.

މިފަދަ ދުޝްމަން އަމަލުތަކުން ދުރުވެ، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކޮށް، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ބައިނަލްއަގުވާމީ ގާނޫނުތައް ދެމެހެއްޓުމުގައި އދ. އާއި ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ޒިންމާ ބޮޑުކަން ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.

އެމެރިކާ އިން އަޅާފައިވާ އެއްފަރާތުގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނުގެ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާ، ޣައިރު ގާނޫނީ އަދި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް މިނިސްޓްރީން ގޮވާލި އެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ، އީރާނުގެ އިސްލާމީ ތަރިކައާއި ގައުމީ އެއްބައިވަންތަކަމުގެ ބާރުގައި، ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އީރާނުން ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ. އަދި އެމެރިކާގެ ސިޔާސަތުތަކުން އީރާނުގެ މިނިވަންކަމާއި ގަދަރަށް އުނިކަމެއް އައުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ބަޔާން ނެރެފައިވަނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވެސް އެމެރިކާގެ ބަސްމަގަށް ރައްދު ދެއްވައި، އީރާނުގެ ދާޚިލީ ކަންކަމަކީ ހަމައެކަނި އެ ގައުމުގެ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

އައްބާސް އަރަގްޗީއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި

07 ޖެނުއަރީ 2026
އިޒްރޭލާއި އެމެރިކާގެ "ބިރު ދެއްކުމަށް" އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ އިންޒާރު ދީފި
02 ޖެނުއަރީ 2026

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

02 ޖެނުއަރީ 2026
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 ޑިސެމްބަރު 2025

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް
25 ޑިސެމްބަރު 2025

ގެއްލުން ލިބިފައިވާ ނިއުކްލިއަރ ސައިޓްތައް ބޭރުގެ ފަރާތްތަކުން އިންސްޕެކްޓް ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް: އީރާނު

25 ޑިސެމްބަރު 2025
ގެއްލުން ލިބިފައިވާ ނިއުކްލިއަރ ސައިޓްތައް ބޭރުގެ ފަރާތްތަކުން އިންސްޕެކްޓް ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް: އީރާނު
22 ޑިސެމްބަރު 2025

އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި

22 ޑިސެމްބަރު 2025
އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
12 ސެޕްޓެމްބަރު 2025

އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުގެ ބާރުތައް ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި

12 ސެޕްޓެމްބަރު 2025
އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުގެ ބާރުތައް ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި
09 ޖުލައި 2025

ސައުދީގެ ވަލީ އަހުދާއި، އީރާންގެ ޚާރިޖީ ވަޒީރުގެ ބައްދަލުވުމެއް

09 ޖުލައި 2025
ސައުދީގެ ވަލީ އަހުދާއި، އީރާންގެ ޚާރިޖީ ވަޒީރުގެ ބައްދަލުވުމެއް
01 ޖުލައި 2025

މަޝްވާރަތައް ފެށުމުގެ ކުރިން ސަލާމަތީ ޔަގީންކަން ބޭނުންވާ ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

01 ޖުލައި 2025
މަޝްވާރަތައް ފެށުމުގެ ކުރިން ސަލާމަތީ ޔަގީންކަން ބޭނުންވާ ކަމަށް އަރާގްޗީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް