Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނުގެ މުޒާހަރާތައް ފަސްވަނަ ދުވަހަށް ދެމިގެން ގޮސް މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެ

އީރާނުގައި ތަކެތީގެ އަގުބޮޑުވުމާއި އިގްތިސާދީ ހީނަރުކަމާ ގުޅިގެން ވިޔަފާރިވެރިން ފެށި މުޒާހަރާތައް ގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރި މި މުޒާހަރާތައް ސިޔާސީ މިސްރާބަކަށް އެނބުރި، އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީއާ ދެކޮޅަށް އަޑުއުފުލައި މިހާރު އޮތް ވެރިކަން ވައްޓާލުމަށް ގޮވާލާފައިވޭ.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 05:48
ތެހެރާނުގައި ވިޔަފާރިވެރިން އިގްތިސާދީ ހާލަތާ ދެކޮޅަށް މަގުމަތީގައި މުޒާހަރާކުރަނީ -ޑިސެމްބަރު 29، 2025

ތެހެރާނުގައި ވިޔަފާރިވެރިން އިގްތިސާދީ ހާލަތާ ދެކޮޅަށް މަގުމަތީގައި މުޒާހަރާކުރަނީ -ޑިސެމްބަރު 29، 2025

އީރާނުގެ ތިން ސިޓީއެއްގައި ބުރާސްފަތި ދުވަހު މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަ މީހަކު މަރުވެއްޖެއެވެ. މިއީ ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ފެށުނު މުޒާހަރާތައް ސިޔާސީ މިސްރާބަކަށް އެނބުރި، ހަމަނުޖެހުންތަކުގެ ތެރެއިން މީހުން މަރުވި ފުރަތަމަ ފަހަރެވެ.

މި މުޒާހަރާތައް ފުރަތަމަ ފެށުނީ މިދިޔަ އާދީއްތަ ދުވަހު ތެހެރާނުގައެވެ. އެއީ ތަކެތީގެ އަގުބޮޑުވުމާއި އިގްތިސާދީ ހީނަރުކަމާ ގުޅިގެން ވިޔަފާރިވެރިން ފިހާރަތައް ބަންދުކޮށް އިހުތިޖާޖު ކުރަން ފެށުމުންނެވެ. މިހާރު މި މުޒާހަރާތައް ވަނީ ގައުމުގެ އެހެން ސަރަހައްދުތަކަށްވެސް ފެތުރިފައެވެ.

ބައެއް މުޒާހަރާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނޭއީއާ ދެކޮޅަށް އަޑުއުފުލައި، މިހާރު އޮތް ވެރިކަން ވައްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

އީރާނުގެ ސަރުކާރާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިމަތިލުންތަކުގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރުން، ހުޅަނގުގެ ސިޓީއެއް ކަމަށްވާ ކުހްދާޝްތުގައި ހިނގި ހަމަނުޖެހުންތަކެއްގައި ސަލާމަތީ ބާރުގެ މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ ޓީވީން ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ރިޕޯޓްކޮށްފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރައްވާފައެވެ. މުޒާހަރާގެ ބައިވެރިންގެ "ހައްގު ބޭނުންތަކެއް" ހުރިކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ނަމަވެސް، ކަމާބެހޭ އިދާރާތަކުން ވަނީ ހަމަނުޖެހުން އުފެއްދުމަށް މި ފުރުސަތުގެ ބޭނުން ހިފާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

މި މުޒާހަރާތަކާ ގުޅޭގޮތުން އެގައުމުގެ ބައެއް މީޑިއާތަކުން އިގްތިސާދީ ދަތިތަކަށް އަލިއަޅުވާލާއިރު، އަނެއްބައި މީޑިއާތަކުން ބުނެފައި ވަނީ "ފިތުނަ އުފައްދާ ފަރާތްތަކުން" ހިންގާ ހަމަނުޖެހުންތަކަށެވެ.

ފިނި މޫސުމުގައި ހަކަތަ އިގްތިސާދު ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، ކުއްލި ގޮތަކަށް ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އީރާނު ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މި ނިންމުމާއި މުޒާހަރާތަކާ ރަސްމީކޮށް ގުޅުވާފައެއް ނުވެއެވެ.

އީރާނުގައި ހަފްތާ ބަންދު ފެށެނީ ބުރާސްފަތި ދުވަހުއެވެ. އަދި ހޮނިހިރު ދުވަހަކީ އެގައުމުގެ ރަސްމީ ބަންދު ދުވަހެކެވެ.

އީރާނުގެ ޕްރޮސެކިއުޓަރ ޖެނެރަލް ބުދަ ދުވަހު ވިދާޅުވީ، އިގްތިސާދީ ދަތިތަކާ ގުޅިގެން ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަކީ ގާނޫނީ ހައްގަކަށް ވީނަމަވެސް، ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށެވެ.

ޢަލީ ޚަމަނާއީމަސްޢޫދު ޕެޒެޝްކިއަންތެހެރާންއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ

އިރާނު ގައި ފައިސާގެ އަގު ވެއްޓި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ

01 ޖެނުއަރީ 2026
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އީރާނުގެ އިތުރު 3 ސެޓެލައިޓް ރަޝިޔާގެ ސޯޔޫޒުން ލޯންޗް ކޮށްފި

އީރާނުގެ އިތުރު 3 ސެޓެލައިޓް ރަޝިޔާގެ ސޯޔޫޒުން ލޯންޗް ކޮށްފި

29 ޑިސެމްބަރު 2025
އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

27 ޑިސެމްބަރު 2025
ތެޔޮ ސްމަގުލް ކުރަމުން ދިޔަ ބޯޓެއް އީރާނުން ހިފަހައްޓައިފި

ތެޔޮ ސްމަގުލް ކުރަމުން ދިޔަ ބޯޓެއް އީރާނުން ހިފަހައްޓައިފި

26 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު