Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ-ވެނެޒުއޭލާ

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ވޯޓުގެ ނަތީޖާ އާ އެކު ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެފައި. "ޓްރޫތު ސޯޝަލް" ގައި ޓްރަމްޕް ވިދާޅުވީ އެ ބޭފުޅުން "ލަދުގަންނަން ޖެހޭނެ" ކަމަށާއި ދެން ދުވަހަކު ވެސް މަގާމަކަށް އިންތިހާބުވެގެން ނުވާނެ ކަމަށް.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 18:40
ވޮޝިންގޓަން ގައި ހުންނަ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގެ - ކެޕިޓަލް ބިލްޑިންގ

ވޮޝިންގޓަން ގައި ހުންނަ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގެ - ކެޕިޓަލް ބިލްޑިންގ | ގެޓީ އިމޭޖަސް

ވެނެޒުއޭލާ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ބާރުތައް ހަނިކުރުމުގެ ގަރާރެއްގެ މަސައްކަތް ކުރިއަށް ގެންދަން އެމެރިކާގެ ސެނެޓުން ފާސްކޮށްފި އެވެ. މި ގަރާރުގެ މަގްސަދަކީ ކޮންގްރެސްގެ ހުއްދައެއް ނެތި ވެނެޒުއޭލާއާ ދެކޮޅަށް އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމެވެ.

ބުރާސްފަތި ދުވަހު ނެގި އިޖުރާއީ ވޯޓުގައި، ހަނގުރާމައިގެ ބާރުތަކާ ބެހޭ މި ގަރާރު ކުރިއަށް ގެންދިއުމަށް 52 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 47 މެންބަރުންނެވެ. ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ރައީސްގެ ނިންމެވުމާ ދެކޮޅަށް ނުކުމެ، ސެނެޓުގެ ހުރިހާ ޑިމޮކްރެޓުންނާ ގުޅިވަޑައިގެން މި ގަރާރު ކުރިއަށް ގެންދިއުމަށް ވަނީ ވޯޓު ދެއްވާފަ އެވެ.

Advertisement - newsAdvertisement

މި ގަރާރު ފާސްވެއްޖެ ނަމަ، ކޮންގްރެސްގެ އިތުރު ހުއްދައެއް ނެތި ވެނެޒުއޭލާގެ ތެރޭގައި ނުވަތަ އެ ގައުމާ ދެކޮޅަށް ހިންގާ ހަނގުރާމަވެރި އަމަލުތަކުން އެމެރިކާގެ އަސްކަރިއްޔާ އެކަހެރި ކުރުމަށް ޓްރަމްޕަށް މަޖުބޫރުވާނެ އެވެ.

މި ގަރާރު ދެން ހުށަހެޅޭނީ ސެނެޓުގެ ފުރިހަމަ ބަހުސަކަށެވެ. ޓްރަމްޕްގެ މޭޒާ ހަމައަށް މި ގަރާރު ވާސިލްވުމަށްޓަކައި ކޮންގްރެސްގެ ދެ މަޖިލީހުން ވެސް މިއަށް ރުހުން ދޭން ޖެހެ އެވެ. އެއަށް ފަހު ރައީސް ޓްރަމްޕަށް މި ގަރާރު ވީޓޯ ކުރުމުގެ ބާރު ލިބިވަޑައިގަންނަވާނެ އެވެ. ރައީސްގެ ވީޓޯ ބާތިލުކުރުމަށްޓަކައި ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަދި ސެނެޓުގެ ތިންބައިކުޅަ ދެބައިގެ ތާއީދު ބޭނުންވާނެ އެވެ. މިއީ ހާސިލުކުރަން އުނދަގޫވާނެ އަދަދެއް ކަމަށް ބެލެވެ އެވެ.

އެހެންނަމަވެސް، ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ބުރާސްފަތި ދުވަހުގެ ވޯޓަކީ ރަމްޒީ ގޮތުން ވަރަށް މުހިންމު ނިންމުމެކެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު ކަރާކަސް ގައި ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރި (ވަގަށް ނެގި) މައްސަލަ އާއި، ވެނެޒުއޭލާ އަށާއި އެ ސަރަހައްދުގެ އެހެން ގައުމުތަކަށް އަލުން ހަމަލާދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތަކާމެދު އޮތް ނުރުހުން ހާމަކޮށްދޭ ކަމެކެވެ.

ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ވައިސް ޕްރެޒިޑެންޓް ޑިލަން ވިލިއަމްސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ޓްރަމްޕަށް ރައްދުކުރެވުނު ބޮޑު ނުރުހުމެއް ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ ގަރާރުތައް ފާސްކުރަން ކުރި މަސައްކަތްތައް ސެނެޓާއި ހައުސް އިން ވަނީ ނާކާމިޔާބު ކޮށްލާފަ އެވެ. އެފަހަރު ރިޕަބްލިކަން މެންބަރުން ތިއްބެވީ ޓްރަމްޕާ އެކުގައެވެ. ނަމަވެސް ބުރާސްފަތި ދުވަހު މި ގަރާރަށް ތާއީދުކުރެއްވި ފަސް ރިޕަބްލިކަން މެންބަރުންގެ ތެރޭގައި ސެނެޓަރ ރޭންޑް ޕޯލް، ލީސާ މުރްކޯވްސްކީ، ސޫޒަން ކޮލިންސް، ޓޮޑް ޔަންގް އަދި ޖޯޝް ހޯލީ ހިމެނިވަޑައިގަންނަވަ އެވެ.

މި ބޭފުޅުންގެ ވޯޓުގެ ސަބަބުން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެފަ އެވެ. "ޓްރޫތު ސޯޝަލް" ގައި ޓްރަމްޕް ވިދާޅުވީ އެ ބޭފުޅުން "ލަދުގަންނަން ޖެހޭނެ" ކަމަށާއި ދެން ދުވަހަކު ވެސް މަގާމަކަށް އިންތިހާބުވެގެން ނުވާނެ ކަމަށެވެ.

ސެނެޓުގެ މި ގަރާރާމެދު އެންމެ ފަހުގެ ވޯޓު ނަގާނެ ތާރީޚެއް އަދި ސީދާ ކަށަވަރު ނުވި ނަމަވެސް، އަންނަ ހަފުތާގެ ތެރޭގައި ވޯޓު ނެގުން އޮންނާނެ ކަމަށް ބެލެވެ އެވެ.

ވެނެޒުއޭލާރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ސެނެޓްނިކޮލަސް މަދޫރޯކޮންގްރެސްއެމެރިކާ-ވެނެޒުއެލާހޫނު ހަބަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

08 ޖެނުއަރީ 2026
ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް

ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް

08 ޖެނުއަރީ 2026
އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި

އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި

08 ޖެނުއަރީ 2026
ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި

ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު