Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޑޮނަލްޑް ޓްރަމްޕް

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ދުނިޔެ އަލުން "އިމްޕީރިއަލިޒަމް" ނުވަތަ އިސްތިޢުމާރީ ޒަމާނަކަށް އެނބުރި ހިނގައިދާނެތީ ކަންބޮޑުވާ ކަމަށް އދ. ގެ ރެޕަޓުއަރ ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 06:19
ރައީސް ޑޮނަލްޑް ޓްރަމްޕް

ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭކަމަށް ވިދާޅުވެ، އެމެރިކާގެ ހަރުކަށި ސިޔާސަތުތަކުގެ ދިފާޢުގައި ޓްރަމްޕް ވާހަކަދައްކަވައިފި އެވެ.

އެއާ އެކު ދުނިޔެ އަލުން "އިމްޕީރިއަލިޒަމް" ނުވަތަ އިސްތިޢުމާރީ ޒަމާނަކަށް އެނބުރި ހިނގައިދާނެތީ ކަންބޮޑުވާކަމަށް އދ. ގެ ރެޕަޓުއަރ އަލްޖަޒީރާ އާ ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވެފަ އެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔަ ހާދިސާ އަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އަމަލުކުރަން ނުޖެހޭކަމަށް ސާފު ކޮށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާ ތަންފީޛުކުރައްވަމުން ގެންދަވާ ހަރުކަށި ސިޔާސަތުތައް ހިފެހެއްޓޭނެ ހަމައެކަނި އެއްޗަކީ އޭނާގެ އަމިއްލަ "އަޚްލާޤީ މިންގަނޑުތައް" ކަމަށެވެ.

ބުރާސްފަތި ދުވަހު ނިއުޔޯކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، "އަހަރެން ބައިނަލްއަޤްވާމީ ޤާނޫނަކަށް ބޭނުމެއް ނުވޭ. އަހަރެން މިއުޅެނީ މީހުންނަށް އަނިޔާކުރާކަށް ނޫން،" ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ޖެހޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެކަން ބިނާވެފައި އޮންނާނީ ބައިނަލްއަޤްވާމީ ޤާނޫނުގެ މާނަ ކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތައް ކާމިޔާބުކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ބާރުގެ ބޭނުން ކުރުމަށް އޭނާ ފަސްޖެހިވަޑައިނުގަންނަވާކަން މިހާރު ވަނީ ހާމަވެފަ އެވެ. އެގޮތުން، ހުސްވި ހަފްތާގެ ހޮނިހިރު ދުވަހުގެ ފަތިހު އެމެރިކާގެ ފައުޖުތަކުން ވެނެޒުއޭލާ އަށް ޙަމަލާދީފައިވާއިރު، ވެރިރަށް ކަރާކަސް އާއި އެޤައުމުގެ އަސްކަރީ މަރުކަޒުތަކުގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮއްވާލާފަ އެވެ.

މި އޮޕަރޭޝަނުގައި އެމެރިކާ ސިފައިން ވަނީ ވެނެޒުއޭލާގެ ރައީސް މަދޫރޯ ރަހީނުކޮށްގެން ގެންގޮސްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިއީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ. އދ. ގެ ޗާޓަރުގައި އެއްވެސް ޤައުމެއްގެ އިސްތިޤްލާލަށް ނުވަތަ ސިޔާސީ މިނިވަންކަމަށް ނުރައްކާވާނޭ ފަދަ ބާރުގެ ބޭނުންކުރުން މަނާކުރެ އެވެ.

މިދިޔަ މަހު ފީފާގެ ފުރަތަމަ "ޕީސް ޕްރައިޒް" ހާސިލުކުރެއްވި ޓްރަމްޕް، ވެނެޒުއޭލާ އަށް ދިން މި ޙަމަލާއާއެކު އޭނާގެ އިސްތިޢުމާރީ ވިސްނުން އިތުރަށް ވަރުގަދަވެފައިވާ ކަން ވަނީ ހާމަވެފަ އެވެ. ޙަމަލާ އަށް ފަހު އޭނާ ވިދާޅުވީ، އެމެރިކާ އިން ވެނެޒުއޭލާ "ހިންގާނެ" ކަމަށާއި، އެ ޤައުމުގެ މުއްސަނދި ތެލުގެ ވަސީލަތްތަކުގެ ބޭނުން ހިފާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެމެރިކާގެ ސަރުކާރުން ބުނެފައި ވަނީ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

އެހެންނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ ވަގުތީ ސަރުކާރަށް އެމެރިކާގެ ސިޔާސަތުތަކަށް ބޯލަބަން މަޖުބޫރުވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ އެންގުންތަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ، އަސްކަރީ ދެވަނަ ޙަމަލާ އެއް ދޭނެކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ. "އޭނާ (ރޮޑްރިގޭޒް) ރަނގަޅު ގޮތުގައި ކަންތައް ނުކޮށްފިނަމަ، މަދޫރޯ އަށްވުރެ ވެސް ބޮޑު އަދަބެއް ލިބޭނެ،" އާދީއްތަ ދުވަހު 'ދި އެޓްލާންޓިކް' އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮލަމްބިއާގެ ވާތުފިޔައިގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަށް އަމާޒުކޮށް ޙަމަލާއެއް ދީފާނެކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. އަދި ޑެންމާކުގެ މިލްކިއްޔާތެއް ކަމަށްވާ ގްރީންލޭންޑް ހޯދުމަށް ކުރާ މަސައްކަތްތައް ވެސް އޭނާ ވަނީ ވަރުގަދަކޮށްފަ އެވެ. ޖޫން މަހު، އީރާނާ ދެކޮޅަށް އިޒްރޭލުން ކުރި ހަނގުރާމައިގައި ބައިވެރިވެ، އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ބޮން އެޅުމަށްވެސް ޓްރަމްޕް ވަނީ އަމުރުކޮށްފަ އެވެ.

ޓްރަމްޕްގެ އަރިސް ފަރާތެއް ކަމަށްވާ ސްޓީވަން މިލާ ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގައި ޤާއިމުކޮށްފައިވާ ނިޒާމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، މީގެ ފަހުން އެމެރިކާގެ މަސްލަޙަތުތައް ހިމާޔަތް ކުރުމަށް އެއްވެސް ޖެހިލުމެއް ނެތި އަސްކަރީ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ. "އަހަރެމެންނަކީ ސުޕަރޕަވަރެއް. ރައީސް ޓްރަމްޕްގެ ދަށުން އަހަރެމެން އަމަލުކުރާނީ ސުޕަރޕަވަރެއްގެ ގޮތުގައި،" ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި މިލާ ވިދާޅުވި އެވެ.

ނަމަވެސް، މާހިރުން އިންޒާރުދޭ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމް ނުކުރުމަކީ މުޅި ދުނިޔެއަށާއި، އެމެރިކާ އަށް ވެސް އޭގެ ނުރައްކާތެރި ނަތީޖާ ފެނިގެންދާނެ ކަމެކެވެ. ބައިނަލްއަޤްވާމީ ޤާނޫނަކީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ދެމެހެއްޓުމަށް ހެދިފައިވާ އުސޫލުތަކާއި ހަމަތަކެވެ.

ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ. ގެ ޚާއްޞަ ރެޕަޓުއަރ މާގްރެޓް ސެޓަރތުވައިޓް ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތައް ބަލައިނުގަންނާނެ ކަމަށް ބުނެ އެމެރިކާ އިން ދޭ ބަޔާންތަކަކީ ނުހަނު ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އޭނާ ކަންބޮޑުވުން ފާޅުކުރެއްވި ގޮތުގައި، ދުނިޔެ މިހާރު މި މިސްރާބު ޖަހަނީ އަލުން އިސްތިޢުމާރީ ޒަމާނަކަށެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއެލާނިކޮލަސް މަދޫރޯބައިނަލްއަޤުވާމީ ޤާނޫނުސްޓީވަން މިލާމާގްރެޓް ސެޓަރތުވައިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

08 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

08 ޖެނުއަރީ 2026
ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް

ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް

08 ޖެނުއަރީ 2026
އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި

އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު