Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޭމްގެ މައްސަލަތައް

ސްކޭމްގެ މައްސަލަ: ފާއިތުވި ހަ މަސްދުވަހު 11.4 މިލިއަނަށް ވުރެ ގިނަ ފައިސާއާއި، 138،000ށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން!

ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 07:38
އެކައުންޓްތައް ހެކްކޮށްގެން ފައިސާ ހޯދާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

އެކައުންޓްތައް ހެކްކޮށްގެން ފައިސާ ހޯދާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ސްކޭމްގެ އެކި މައްސަލަތަކުގައި ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި 11.4 މިލިއަނަށް ވުރެ ގިނަ ފައިސާއާއި 138،000ށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ސްކޭމްގެ މައްސަލަތަކާ ގުޅޭގޮތުން ފުލުހުން ބުނީ، ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި 2025 މާރިޗު 17 ގައި ގާއިމުކުރެވުނު އެންޓި-ސްކޭމް ސެންޓަރުން، ހަ މަސްދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާ މި ސެންޓަރުން، އާންމު ރައްޔިތުން ސްކޭމުން ރައްކާތެރިކުރުމަށާއި، ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރުވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރެވިފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތައް ކަމަށެވެ.

އެގޮތުން އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މީގެ ތެރެއިން -/2،515،484.13ރ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ރިޕޯޓުކުރެވުނު މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނޭ ކަމަށާއި، ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނޭ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާއިރު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން ބުނީ، މި ފާއިތުވި ހަ މަސްދުވަހު، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ހަރުދަނާ އޮޕަރޭޝަނަލް އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ސްކޭމާ ގުޅޭ ހުރިހާ ތަހުގީގެއްގެ މައި މަރުކަޒެއްގެ ގޮތުގައި އެންޓި-ސްކޭމް ސެންޓަރު ގާއިމުކޮށް ބާރުވެރިކުރުވުމާއި، ސްކޭމާ ގުޅުންހުރި އެކައުންޓުތައް ހިފެހެއްޓުމާއި ފައިސާ ޓްރޭސްކުރުމަށް އަވަސް ފިޔަވަޅު އެޅުމަށްޓަކައި މާލީ އިދާރާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އަދި"އޮޕަރޭޝަން ފްރޮންޓިއަރ+" ފަދަ ބައިނަލްއަގުވާމީ އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.

މީގެ ސަބަބުން، ބޯޑަރު ހުރަސްކޮށް ހިންގާ ފްރޯޑާ ދެކޮޅަށް މަސައްކަތްކުރުމާއި ވަގަށްނެގޭ ފައިސާ އަނބުރާ ހޯދުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ސިމް ކާޑު ނަހަމަ ގޮތުގައި ބޭނުންކުރުމާއި އޮންލައިން އެކައުންޓުތައް ކޮމްޕްރޮމައިޒްކުރުން ފަދަ އަލަށް ފާހަގަކުރެވޭ ސްކޭމްގެ ވައްތަރުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، ހިނގަމުންދާ ސްކޭމްތައް އާންމުންނަށް އަންގައިދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބުނެދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި "ސްކޭމް އައްޑަނަ" މި ނަމުގައި ޚާއްސަ ކެމްޕެއިނެއް މުޅި ރާއްޖެއަށް ގެންދިއުމަށް ވަނީ ލޯންޗުކޮށްފައެވެ. މީގެ އިތުރުން ވެސް ތަފާތު މަސައްކަތްތައް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެންޓި ސްކޭމް ސެންޓަރއީ-ކޮމާރސް ފައިސާގެ ފޮރުވުންމަނީ މިއުލްސްސްކޭމް އައްޑަނައިންވެސްޓްމަންޓް ސްކޭމްއޮޕަރޭޝަން ފްރޮންޓިއަރ+

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

30 ނޮވެމްބަރު 2025
1 ހަފްތާ ތެރޭގައި 4 ލައްކަައަށްވުރެ ގިނަ ރުފިޔާ ހިމެނޭ ސްކޭމުގެ މައްސަލަތައް

1 ހަފްތާ ތެރޭގައި 4 ލައްކަައަށްވުރެ ގިނަ ރުފިޔާ ހިމެނޭ ސްކޭމުގެ މައްސަލަތައް

08 ޖުލައި 2025
ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ސްކޭމްތައް އިންތިހާއަށް އިތުރުވަނީ، ސަމާލުވޭ!

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ސްކޭމްތައް އިންތިހާއަށް އިތުރުވަނީ، ސަމާލުވޭ!

01 މެއި 2025
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު