Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ކޮލަމްބިއާ

އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޕެޓްރޯއާ ކުރެއްވި ފޯނު ކޯލުގައި ދެކެވުނު ވާހަކަތަކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް. އަދި އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ވަރަށް އަވަހަށް ޕެޓްރޯ އާއެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އިންތިޒާރު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 10:56
އެމެރިކާގެ ރައީސް ޓްރަމްޕް، އަދި ކޮލަމްބިއާގެ ރައީސް ޕެޓްރޯ، ދެ ބޭފުޅުން ވެސް ވަނީ އިންޒާރުގެ ބަސްތައް ރައްދު ކޮށްފައި

އެމެރިކާގެ ރައީސް ޓްރަމްޕް، އަދި ކޮލަމްބިއާގެ ރައީސް ޕެޓްރޯ، ދެ ބޭފުޅުން ވެސް ވަނީ އިންޒާރުގެ ބަސްތައް ރައްދު ކޮށްފައި | ރޮއިޓަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވަޑަައިގެންނެވުމުގެ ދައުވަތު ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަށް ދެއްވައިފި އެވެ. 

ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ޕެޓްރޯ އަށް ދެއްވާފައި ވަނީ ބުދަ ދުވަހު އެވެ. މިއީ ކޮލަމްބިއާ އިން މަސްތުވާ ތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް، އެ ޤައުމަށް ސިފައިން ފޮނުވާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު، ޓްރަމްޕް ދެއްވި ދައުވަތެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ ޕެޓްރޯ އަށް އިންޒާރު ދެއްވައިފަ އެވެ. އެއީ ކޮލަމްބިއާ ކައިރީގައި އޮންނަ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރުމަށް ފަހު އެވެ. އެމެރިކާގެ އަސްކަރިއްޔާ އަށް ޓްރަމްޕް ކުރެއްވި އުމުރާ އެކު، އެ ޤައުމުގެ އަސްކަރިއްޔާ އިން ވަނީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްގެން ގެންގޮސްފަ އެވެ. 

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ފުރަތަމަ ފަހަރަށް ފޯނުން ގުޅުއްވައި ޕެޓްރޯއާ ވާހަކަ ދައްކަވާފައި ވަނީ ބުދަ ދުވަހު އެވެ. 

އެ ފޯނު ކޯލާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް ޕެޓްރޯއާ ބައްދަލު ކުރުމަށް ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ޕެޓްރޯއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި ވަނީ، އެމެރިކާ އާއި ކޮލަމްބިއާ އާ ދެމެދު އޮތް މސްތުވާ ތަކެތީގެ މައްސަލައިގެ ޚިލާފުތައް ސާފު ކުރުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޕެޓްރޯއާ ކުރެއްވި ފޯނު ކޯލުގައި ދެކެވުނު ވާހަކަތަކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ވަރަށް އަވަހަށް ޕެޓްރޯ އާއެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އިންތިޒާރު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ހޮނިހިރު ދުވަހު މަދޫރޯ ހައްޔަރު ކުރުމަށް ފަހު، އާދީއްތަ ދުވަހު ޓްރަމްޕް ވަނީ ކޮލަމްބިއާ އަށް ވެސް ސިފައިން ފޮނުވަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ކޮަލަމްބިއާގެ ރައީސް ޕެޓްރޯ އަކީ ވެސް މަސްތުވާ ތަކެތީގެ ވިޔަފާރީގައި ބައިވެރިވާ މީހެއް ކަމަށާއި، އޭނާއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ވެނެޒުއެލާ ގައި ހިންގި ފަދަ އޮޕަރޭޝަނެއް ކޮލަމްބިއާ ގައި ކުރިއަށް ގެންގޮސްދާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެކަން އިހުސާސް ކުރެވޭ ކަމަށެވެ. 

ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ޕެޓްރޯ ވެސް ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން އެމެރިކާ އިން އަތުވެދާނެ ހަމަލާ އަކަށް ތައްޔާރަށް ހުންނެވި ކަމަށާއި، "ހަތިޔާރު ނަގައިގެން" ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ޕެޓްރޯ ވިދާޅުވީ ދުވަހަކު ވެސް ހަތިޔާރު ނުނަގާނެ ކަަމަށް ވައުދުވެ ވަޑައިގެންފައި ވީ ނަމަވެސް، ޤައުމުގެ ހައްގުގައި އެކަން ކުރައްވާނެ ކަމަށެވެ. 

އޭގެ ފަހުން ޕެޓްރޯ ގޮވާލައްވާފައި ވަނީ އެ ޤައުމުގައި ޓްރަމްޕްއާ ދެކޮޅަށް އަޑު އުފުލައި، އިހުތިޖާޖު ކުރުމަށެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ވައިޓް ހައުސް އަށް ވަޑައިގެންނެވުމަށް ޓްރަމްޕް ދެއްވި ދައުވަތު ޤަބޫލު ކުރައްވާނެ ކަމަށް، ޕެޓްރޯ ވަނީ އޭނާގެ އަަރިސް ބޭފުޅުންގެ ގާތުގައި ބުނެފަ އެވެ. ނަަމަވެސް، އެ ބައްދަލުވުން އޮންނާނެ ތާރީޚެއް ސާފުވެފައި ނުވެ އެވެ. 

ޓްރަމްޕްގެ ފޯނު ކޯލާ ގުޅޭ ގޮތުން ޕެޓްރޯ ވިދާޅުވެފައި ވަނީ، ވަރަށް ހަރުކަށި ގޮތެއްގައި ވާހަކަތައް ދައްކަމުން ގެންދިޔަ ނަމަވެސް، ޓްރަމްޕް އާއެކު އެއް ގަޑިއިރަށް ދެމިގެން ދިޔަ ފޯނު ކޯލާ އެކު ރާގު ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ޤައުމުގެ ދެ މެދުގައި ގުޅުން ރަނގަޅު ކުރުމާ އެކު، ސީދާ ގޮތުން މުއާމަލާތް ކުރުމަށް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްގުސްޓާވޯ ޕެޓްރޯނިކޮލަސް މަދޫރޯއެމެރިކާ-ކޮލޮމްބިއާވައިޓް ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި

ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި

08 ޖެނުއަރީ 2026
ސިޔާދަތަށް ނުރައްކާވާ ބޭކާރު ބައެއް ކަމަށް ބުނެ، ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމަވައިފި

ސިޔާދަތަށް ނުރައްކާވާ ބޭކާރު ބައެއް ކަމަށް ބުނެ، ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމަވައިފި

08 ޖެނުއަރީ 2026
ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު