Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން

ޔުކްރެއިންގެ ޑިފެންސް މިނިސްޓަރު ބަދަލު ކުރަން ޒެލެންސްކީ ނިންމަވައިފި

މިހާރުގެ ޑިފެންސް މިނިސްޓަރު އެ މަގާމުން ބަދަލު ކުރަން ނިންމެވި ސަބަބެއް ޒެލެންސްކީ ތަފްސީލު ކޮށްދެއްވާފައި ނުވޭ. ނަމަވެސް، އޭނާ އަށް ސަރުކާރުގެ އެހެން މުހިންމު ދާއިރާއެއް ހިންގުމަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި. ޑިފެންސް މިނިސްޓަރުގެ މަގާމަށް ޝްމިގަލް އައްޔަން ކުރައްވާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 06:37
ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު ގެ މަގާމުގައި ހުންނެވި ޑެނީޝް ޝްމިގަލްގެ ބަދަލުގައި، އެހެން މީހަކު އެ މަގާމަށް އައްޔަން ކުރަން ހުށަހަޅުއްވާފައިވާ ކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. 

ޒެލެންސްކީ ވިދާޅުވެފައި ވަނީ ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީގެ ހިންގުން އަދި ނިޒާމު ބަދަލު ކުރަން ނިންމަވާފައިވާ ކަމަށެވެ. އަދި މިހާރު ޑިޖިޓަލް މިނިސްޓަރު ގެ މަގާމުގައި ހުންނެވި، އުމުރުން 34 އަހަރުގެ މިހާލް ފެޑޮރޮފް އަށް ޑިފެންސް މިނިސްޓަރު ގެ މަގާމު ހުށަހަޅުއްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފެޑޮރޮފް އަކީ ސިޔާސީ ދާއިރާ އަށް އައު މީހެކެވެ. 2019 ވަނަަ އަހަރުން ފެށިގެން ޑިޖިޓަލް މިނިސްޓަރު ގެ މަގާމު އަދާ ކުރައްވަމުން ގެންދެވި ނަމަވެސް، އޭނާ އަކީ ޔޫކްރެއިންގެ ރައްޔިތުންގެ މެދުގައި ވެސް އެހާ ފަރިތަ މޫނެއް ނޫން ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

ފެޑޮރޮފްއާ ގުޅޭ ގޮތުން އިތުރަށް ޒެލެންސްކީ ވިދާޅުވީ، އޭނާ އަކީ ޑްރޯންތަކާ ގުޅުން ހުރި ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެއް ކަަމަށާއި، ސަރުކާރުގެ ޚިދުމަތްތަކާއި ކަންކަން ޑިޖިޓަލް ކުރުމުގައި އޭނާ އަކީ ވަރަށް ހުނަރުވެރި ބޭފުޅެއް ކަމަށެވެ. 

މިހާރުގެ ޑިފެންސް މިނިސްޓަރު އެ މަގާމުން ބަދަލު ކުރަން ނިންމެވި ސަބަބެއް ޒެލެންސްކީ ތަފްސީލު ކޮށްދެއްވާފައި ނުވެ އެވެ. ނަމަވެސް، އޭނާ އަށް ސަރުކާރުގެ އެހެން މުހިންމު ދާއިރާއެއް ހިންގުމަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ޑިފެންސް މިނިސްޓަރު ގެ މަގާމަށް ޝްމިގަލް އައްޔަން ކުރައްވާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. 

ދިފާއީ ވުޒާރާ އަށް ގެންނަވާ ބަދަލުތަކާ އެކު، ޒެލެންސްކީ ވިދާޅުވީ އިތުރު ޚަރުދަނާ ކަމެއް ފެންނާނެ ކަމަށެވެ. އެގޮތުން ޔޫކްރެއިންގެ ހަނގުރާމައިގެ މައުލޫމާތު ހޯދުމުގެ އިސް ބޭފުޅަކަށް ހުންނެވި ކިރިލޯ ބުދަނޮފް ރިޔާސީ އޮފީހުގެ ވެރިޔަކަށް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މަސްދަރު: އޭއެފްޕީ

ޔުކްރެއިންވޮލޮޑިމިރް ޒެލެންސްކީޑެނީޒް ޝްމިހަލްމިހާލް ފެޑޮރޮފްޑިފެންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

ރަޝިޔާ އިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ސުލްޙައިގެ އެއްބަސްވުމާ 10 އިންސައްތަ ކައިރިވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

01 ޖެނުއަރީ 2026
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި

ޔޫކްރެއިން އިން ޕޫޓިންގެ ގަނޑުވަރަށް ޑްރޯން ހަމަލާ އެއް ދިން ކަމަށް ރަޝިޔާ އިން ބުނާ ވާހަކަ ޒެލެންސްކީ ދޮގު ކުރައްވައިފި

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު