Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ގެއްލުން ލިބިފައިވާ ނިއުކްލިއަރ ސައިޓްތައް ބޭރުގެ ފަރާތްތަކުން އިންސްޕެކްޓް ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް: އީރާނު

އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވީ އެމެރިކާގެ ހަމަލާތަކުން ގެއްލުންލިބިފައިވާ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް އެއްވެސް އުސޫލެއް ބައިނަލް އަގުވާމީ އެޓޮމިކް އެނާޖީ އޭޖެންސީން ކަނޑައަޅާފައި ނެތް ހިނދު އެތަންތަން ބަލައި ފާސް ކުރަން އެދި ހުށަހަޅާ ހުށަހެޅުންތަކަށް އީރާނުން އިޖާބާ ނުދޭނެ ކަމަށް.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 08:57
އީރާން ގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އިސްލާމީ ތެހެރާނުގައި ބޭއްވި ކެބިނެޓް ސެޝަނަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އީރާން ގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އިސްލާމީ ތެހެރާނުގައި ބޭއްވި ކެބިނެޓް ސެޝަނަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާ އިން ބޮން އެޅުމުގެ ސަބަބުން ގެއްލުން ލިބުނު ނިއުކްލިޔަރ މަރުކަޒުތައް ބަލައިފާސްކުރުމާ ގުޅޭގޮތުން ކުރިމަތިވާ ސިޔާސީ އަދި ނަފްސާނީ ފިއްތުންތަކުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، މިފަދަ ކަންކަމަށްޓަކައި ސާފު އުސޫލުތަކެއް ކަނޑައަޅައި، އެކަންކަން ތަންފީޒުކުރުމަށް ގޮވާލާ ކަމަށް އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަން ގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މުޙައްމަދު އިސްލާމީ ވިދާޅުވީ އަސްކަރީ ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް މިވަގުތު ކަނޑައެޅިގެން އެކުލަވާލެވިފައިވާ އެއްވެސް އުސޫލެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، "މިކަން ސާފުކުރެވެންދެން، ހަމަލާދެވިފައިވާ މަރުކަޒުތައް އަލުން ބަލައި ފާސްކުރުމަށާއި، ދުޝްމަނުންގެ އޮޕަރޭޝަންތައް ފުރިހަމަ ކުރުމަށް އަމާޒު ކޮށްފައިވާ ސިޔާސީ އަދި ނަފްސާނީ ފިއްތުންތަކަކީ ..... ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި، އެއަށް އެއްވެސް އިޖާބަ އެއް ނުދޭނެ ކަމަށެވެ."

މިދިޔަ ޖޫން މަހު، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ހިންގި ހަމަލާތަކުގައި، އެމެރިކާ އިން ވަނީ ފަރްދޯ، ނަތަންޒް، އަދި އިސްފަހާން ގައި ހުންނަ އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒަށް ބޮން އަޅައި، ބައިނަލްއަގްވާމީ ގާނޫނާއި ނިއުކްލިޔަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ އަށް ފާޅުގައި ހިލާފުވެފައިވާ ކަމަށް އީރާނުން ބުނެ އެވެ.

އިސްލާމީ ފާހަގަކުރެއްވީ، އެތަންތަން ބޭރުގެ ފަރާތްތަކަށް ބެލޭނީ ގުދުރަތީ ހާދިސާ އަކުން ގެއްލުން ލިބުނު ނަމަ ކަމަށާއި، އެއީ ސޭފްގާޑްސް އެގްރީމެންޓުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ހަމައެކަނި ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުންތަކުގެ ވާހަކަ ކަމަށާއި، އަސްކަރީ ހަމަލާތަކާއި ހަނގުރާމައިގެ ވާހަކައެއް ނޫން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ނިއުކްލިއަރ ވޮޗް ޑޯގް އައިއޭއީއޭ އަށް ރައްކައުތެރި ކުރެވިފައިވާ ނިއުކްލިއަރ ފެސިލިޓީ އަކަށް އަސްކަރީ ހަމަލާ ދިނުމަކީ ގަބޫލު ކުރެވޭ ކަމެއް ނަމަ އެކަން އެގޮތައް ސާފު ކޮށް ބުނަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ނިއުކްލިއަރ ފެސިލިޓީ އަކަށް އަސްކަރީ ހަމަލާ އެއް ދިނުމަކީ ކުށެއް ނަމަ އެކަން އެ ޖަމްއިއްޔާ އިން ކުށްވެރި ކޮށް ހަމަލާގެ ފަހުން އަމަލު ކުރާނެ އުސޫލެއް ކަނޑައަޅަން ވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ އޭޖެންސީން ރަސްމީކޮށް މިފަދަ އުސޫލުތައް ކަނޑައަޅަންދެން، ގެއްލުން ލިބިފައިވާ ސަރަޙައްދުތައް އަލުން ބަލައި ފާސްކުރުމަށް ހުށަހަޅާ ހުށަހެޅުންތައް އީރާނުން ގަބޫލު ނުކުރާނެ ކަމަށެވެ.

އީރާނާއި ބައިނަލްއަގްވާމީ އެޓޮމިކް އެނަރޖީ އެޖެންސީ (IAEA) އާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން، އިސްލާމީ ވިދާޅުވީ ތާރީޚުގައި އެއްވެސް ގައުމަކުން އީރާނާ އެއްވަރަށް އެ އެޖެންސީއާ ގުޅިގެން މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވުނު އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމާ ބެހޭގޮތުން އިސްލާމީ ވިދާޅުވީ، އެ މަޝްވަރާތަކުން ފާޅުކޮށްދިނީ އީރާނުގެ ނިއުކްލިޔަރ އިންޑަސްޓްރީ އަށް އެމެރިކާ އިން ކުރިމަތި ކޮށްފައިވާ ދިގުދެމިގެން ގޮސްފައިވާ ފިއްތުންތަކުގެ ޙަގީގަތް ކަމަށެވެ.

އޭނާ ފާހަގަކުރެއްވީ، ވޮޝިންޓަން އިން އެމެރިކާގެ ގައުމީ ސަލާމަތީ ސްޓްރެޓީޖީގެ ލަނޑުދަނޑިތައް ބައިނަލް އަގްވާމީ ޖަމްއިއްޔާތައް މެދުވެރިކޮށް ހާސިލު ކުރަން ބޭނުން ނުވާކަން ފާޅުގައި ބަޔާންކޮށްފައި ވަނީ، "ޖަންގަލީގެ ގާނޫނަށާއި ބާރުގެ ބޭނުން ކުރުމަށް" ބަރޯސާވުމަށް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހެޅުނު ރިޕޯޓާއި، ދެވުނު ބަޔާންތަކާއި، ބެހޭ ގޮތުން އޭނާ ވިދާޅުވީ އެއީ ޕްރޮފެޝަނަލް ކަމެއް ނެތް އަދި ގާނޫނީ ސިފަ އެއް ނެތް ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2231 ގެ މުއްދަތު ހަމަވެފައިވާ ކަމަށާއި، އެ ގަރާރުގައި ބަޔާންކޮށްފައިވާ އުސޫލުތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދާއިމީ މެންބަރުން ކަމަށްވާ ޗައިނާ އާއި ރަޝިޔާ އިން ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ  ގޮތުން އެމެރިކާ އާއި ހުޅަނގުން ކުރާ ދައުވާތައް ސާފުކޮށް ދޮގުކޮށްފައި ކަމަށާއި، އިޒްރޭލުގެ ލޮބީއިންގެ އެހީގައި، ޔޫރަޕުގެ ތިން ގައުމަކާއި އެމެރިކާ އިން ކުރާ މަސައްކަތަކީ ގާނޫނީ ސިފައެއް ނެތް އަދި ތަންފީޒު ނުކުރެވޭނެ ކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އީރާން-އެމެރިކާމުޙައްމަދު އިސްލާމީއައިއޭއީއޭއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި

އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި

22 ޑިސެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
އިސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ އެތައް ސިއްރެއް އީރާނުން ފަޅާ އަރުވާލައިފި

އިސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ އެތައް ސިއްރެއް އީރާނުން ފަޅާ އަރުވާލައިފި

25 ސެޕްޓެމްބަރު 2025
އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުގެ ބާރުތައް ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި

އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުގެ ބާރުތައް ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު