Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ.ޝަމްހީދު

ރާއްޖެ އަށް ލިބެން އޮތް 33.7 މިލިއަން ޑޮލަރު ގެއްލުމުގެ ޒިންމާ ނަގާ، ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ: ޑރ.ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދު ވިދާޅުވީ ސަރުކާރުން ދަރަނި މެނޭޖުކުރުމުގައި ފެއިލްވެގެން ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރުގެ އެހީ ގެއްލިގެން ދިޔައީ ސަރުކާރުގެ އިހުމާލުން ކަމަށާއި އެއީ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ބުނެފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖެނުއަރީ 2026 | އަންގާރަ 09:48
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު | ރާއްޖެއެމްވީ

ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރު ރާއްޖެ އަށް ގެއްލުމުގެ ޒިންމާ ސަރުކާރުން ނަގާ، ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޑރ.ޝަމްހީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި،  ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތާއި ހެދި އާއްމުންނަށް ބޮޑެތި އެތައް ގެއްލުމެއް ވާ ކަމަށް ވަނީ ވިދާޅުވެފައި އެވެ. ހާއްސަކޮށް ދަރަނި މެނޭޖުކުރުމުގައި ފެއިލްވުމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ލިބެންއޮތް 33.7 މިލިއަން ޑޮލަރ (519 މިލިއަން ރުފިޔާ) ގެ އެހީ ނުލިބި، ގެއްލިގެން ހިނގައްޖެކަމުގެ މައުލޫމާތު ލިބޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ޝަމްހީދު ވިދާޅުވީ އެހެން ޤައުމެއްގައި ނަމަ، މަޖިލީހުގައި މިއަދު ހިނގަމުން ދާނީ ވަޒީރު މަގާމުން ވަކިކުރުމުގެ ބަހުސް ކަމަށެވެ.

އެކަމާއި މެދު ރާއްޖެ އެމްވީ އިން ސުވާލުކުރުމުން ޝަމްހީދު ވިދާޅުވީ މިކަމުން ދޭހަވާ ހަގީގަތަކީ  ރާއްޖޭގެ ދަރަނީގެ ހާލަތު ދަނީ އިތުރަށް ގޯހުން ގޯހަށް ކަމެވެ. އަދި މިއީ ޖަވާބުދާރީ ނުކޮށް ވަރިހަމަކޮށްލައިގެން ތިބޭ ވަރަށް ވުރެ ސީރިއަސް މައްސަލަ އެއް ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. 

ޝަމްހީދު ވިދާޅުވީ އެ ފައިސާ ގެއްލެނީ ރާއްޖެ އިން އެއްބަސްވެފައިވާ އެއްބަސްވުންތަކާއި ޚިލާފު ވެގެން ކަމަށާއި، ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ލިބެން އޮންނަ އެހީ ވެސް ސަރުކާރަށް ނުލިބެނީ ކަންކަން ހިންގަން ނޭނގޭތީ ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

ވޯލްޑް ބޭންކްސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީޑރ. އަހުމަދު ޝަމްހީދު

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

އިގްތިސާދީ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

25 ޑިސެމްބަރު 2025
އިގްތިސާދީ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
23 ޑިސެމްބަރު 2025

ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް: ޑރ.ޝަމްހީދު

23 ޑިސެމްބަރު 2025
ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް: ޑރ.ޝަމްހީދު
18 ޑިސެމްބަރު 2025

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ބަލާ ފާސްކުރުމަކީ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް: ޝަމްހީދު

18 ޑިސެމްބަރު 2025
 ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ބަލާ ފާސްކުރުމަކީ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް: ޝަމްހީދު
11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
18 އޮކްޓޯބަރު 2025

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
20 މާރިޗު 2024

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް
23 ނޮވެމްބަރު 2023

ރާއްޖޭން އަވަސް މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކުން އިލްތިމާސްކޮށްފި

23 ނޮވެމްބަރު 2023
ރާއްޖޭން އަވަސް މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކުން އިލްތިމާސްކޮށްފި
05 އޮކްޓޯބަރު 2023

ރާއްޖޭގެ މެދު ރާސްތާގެ އިގްތިސާދީ ތަސައްވަރު ރަނގަޅު: ވަރލްޑް ބޭންކް

05 އޮކްޓޯބަރު 2023
ރާއްޖޭގެ މެދު ރާސްތާގެ އިގްތިސާދީ ތަސައްވަރު ރަނގަޅު: ވަރލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު