Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއޭލާ

ކޯޓަށް ހާޒިރު ކުރުމުން މަދޫރޯ ވިދާޅުވީ އޭނާއަކީ "ކުށެއް ނެތް، އަބުރުވެރި އިންސާނެއް" ކަމަށާއި، އޭނާ އަކީ އަދިވެސް ވެނެޒުއޭލާގެ ގާނޫނީ ރައީސް ކަމަށް

ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ނިއުޔޯކްގެ ކޯޓަކަށް ހާޒިރުކުރުމުން މަސްތުވާތަކެތީގެ ވަގުފާރިކުރުމުގެ ދައުވާތަކަށް ދެ ކަނބަލުން ވެސް ވަނީ އިންކާރު ކޮށްފައި.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 19:26
އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުން މަދޫރޯ ކޯޓުން ޖަލަށް ގެންދަނީ

އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުން މަދޫރޯ ކޯޓުން ޖަލަށް ގެންދަނީ | އޭޕީ ފޮޓޯ

ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ އެމެރިކާގެ ކޯޓަކަށް ހާޒިރު ކުރުމުން، އޭނާގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތީގެ ވަގުފާރިކުރުމުގެ ދައުވާތަކަށް އިންކާރު ކުރައްވައިފިއެވެ.

ކޯޓުގައި ވާހަކަދައްކަވަމުން މަދޫރޯ ވިދާޅުވީ އޭނާއަކީ "ކުށެއް ނެތް، އަބުރުވެރި އިންސާނެއް" ކަމަށާއި، އޭނާ އަކީ އަދިވެސް ގައުމުގެ ގާނޫނީ ރައީސް ކަމަށެވެ.

ހޯމަ ދުވަހު ނިއުޔޯކްގެ ކޯޓަކަށް ފުރަތަމަ ފަހަރަށް ހާޒިރު ކުރުމުން މަދޫރޯ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ. ގާޒީގެ ކުރިމަތީގައި އޭނާ ވިދާޅުވީ، "އަހަންނަކީ އަބުރުވެރި މީހެއް، އަދި އަހަރެންގެ ގައުމުގެ ރައީސް،" ކަމަށެވެ.

މަދޫރޯގެ އަނބިކަނބަލުން ސީލިއާ ފްލޯރެސްގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތީގެ ދައުވާތަކަށް ވެސް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

ކޯޓަށް ހާޒިރުކުރެވުނު އިރު މަދޫރޯ ހުންނެވީ ޖަލު ހެދުމުގައި ބިޑިއަޅުވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަތައް ތަރުޖަމާކޮށް އަޑުއެހުމަށްޓަކައި އޭނާ ހުންނެވީ ހެޑްފޯން އަޅުއްވައިގެންނެވެ. ކޯޓުން އޭނާގެ ވަނަވަރު އޮޅުންފިލުވުމުން، އޭނާ އަކީ ވެނެޒުއޭލާގެ ރައީސް ކަމަށް ސްޕެނިޝް ބަހުން ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އޭނާ އަކީ ވެނެޒުއޭލާގެ ރައީސް ކަމަށް ގަބޫލެއް ނުކުރެއެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި އޭނާއަކީ އެ ގައުމުގެ ގާނޫނީ ލީޑަރެއް ނޫނެވެ.

މިއީ ދައުވާ ލިބޭ ފަރާތެއް ކޯޓަށް ހާޒިރުކޮށް، އޭނާގެ މައްޗަށް ކުރެވޭ ދައުވާތައް އިއްވައި، އެކަމަށް ޖަވާބުދާރީވުމަށް ފުރުސަތު ދެވޭ ފުރަތަމަ މަރުހަލާއެވެ. މަދޫރޯ ވިދާޅުވީ އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށާއި، އޭނާ އެތަނަށް ގެނެވުނީ "ރަހީނުކޮށްގެން" ކަމަށެވެ.

މަދޫރޯގެ މައްސަލަ ބައްލަވަނީ 92 އަހަރުގެ ގާޒީ އެއް

މަދޫރޯގެ މައްސަލަ ބައްލަވަނީ ނިއުޔޯކްގެ ސަދަން ޑިސްޓްރިކްޓް ކޯޓުގެ ސީނިއާ ޑިސްޓްރިކްޓް ޖަޖް، އުމުރުން 92 އަހަރުގެ އެލްވިން ހެލަސްޓީން އެވެ. އޭނާ އަކީ 1998 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ސެޕްޓެމްބަރު 11 ގެ ހަމަލާތަކާއި ސޫދާނުގެ ގަތުލުއާންމާ ގުޅޭ ބޮޑެތި މައްސަލަތައް ބައްލަވާފަ އެވެ. ޝަރީއަތުގެ މަޖިލީހުގައި ހެލަސްޓީން ވިދާޅުވީ، އޭނާގެ މަސްއޫލިއްޔަތަކީ އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުން ކަމަށާއި، އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.

ގާޒީ ހެލަސްޓީން ވަނީ މަދޫރޯގެ ދެން އޮންނަ އަޑުއެހުން މާޗް މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފަ އެވެ.

މަދޫރޯގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، މެކްސިކޯގެ ސިނަލޯއާ އަދި ޒީޓާސް ކާޓެލްތަކާއި، ކޮލަމްބިއާގެ އެފް.އޭ.އާރު.ސީ (FARC) ހަނގުރާމަވެރިންނާ ގުޅިގެން ކޮކެއިން ޓްރެފިކް ކުރާ ނެޓްވޯކެއް ހިންގުން ހިމެނެ އެވެ. ނަމަވެސް މަދޫރޯ ޒަމާނުއްސުރެ މި ތުހުމަތުތައް ދޮގުކުރައްވަމުން ގެންދަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި މިއީ ވެނެޒުއޭލާގެ މުއްސަނދި ތެލުގެ ރިޒާވަށް އަތްގަދަކުރުމަށް އެމެރިކާ އިން ހިންގާ ސިޔާސީ ރޭވުމެކެވެ.

ނިކޮލަސް މަދޫރޯމަސްތުވާތަކެތި ޓްރެފިކްކުރުންއެލްވިން ހެލަސްޓީންއެމެރިކާ-ވެނެޒުއޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026
ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!

ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!

07 ޖެނުއަރީ 2026
އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟

އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟

06 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު