Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތުޅާދޫ ހައުސިންގ ޔުނިޓް

ޙައްޤުވެރިންގެ ދާއިމީ ލިސްޓު ގެޒެޓް ކޮށްފައި ވަނިކޮށް، ތުޅާދޫ ހައުސިންގ ޔުނިޓް ތަކަށް އަލުން ފުރުޞަތު ހުޅުވާލުމަކީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ޢަމަލެއް: ޝާހިދު

ބ. ތުޅާދޫގައި ކުރިން ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ޙައްޤުވެރިންގެ ލިސްޓު ގެޒެޓްކޮށްފައި ވާއިރު، ހައުސިންގ މިނިސްޓްރީން އައު އުޞޫލެއްގެ ދަށުން އަލުން ފުރުޞަތު ހުޅުވާލުމަކީ ޤާނޫނީ އިމުން ބޭރުން ކުރާކަމެއް ކަމަށް އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. އަދި މިއީ ތުޅާދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤަށް ހުރަސްއަޅައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ސިޔާސީ ޢަމަލެއްކަމަށް ޝާހިދު ވިދާޅުވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 15:44
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ބ. ތުޅާދޫގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ޙައްޤުވެރިންގެ ދާއިމީ ލިސްޓު ގެޒެޓްކޮށްފައި ވަނިކޮށް، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އެ މަސައްކަތް ހުއްޓުވުމަށް އަމުރުކޮށްފައިވާ މި ދަނޑިވަޅުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އައު އުޞޫލެއްގެ ދަށުން އަލުން ފުރުޞަތު ހުޅުވާލުމަކީ ޤާނޫނީ އިމުން ބޭރުން ކުރާކަމެއް ކަމަށް އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ހާރިޖީ ވަޒީރުކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ ސަރުކާރުގެ މި އަމަލަކީ ތުޅާދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤަށް ހުރަސްއަޅައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ޣައިރު ޤާނޫނީ ސިޔާސީ ޢަމަލެއްކަމަށެވެ. ޝާހިދު ވަނީ ސަރުކާރު ގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފަ އެވެ. 

Advertisement - newsAdvertisement


ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ. 

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫ ގައި ގާއިމުކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްޓަކައި، 2022 ވަނަ އަހަރު ވަނީ އިއުލާން ތަކެއް  ކުރެވިފާ ކަމަށެވެ. މި އިއުލާންތަކުގައި ވާ ކަންކާމެދު ބ. ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އެމަސައްކަތް މުރާޖައާކުރަން އަންގާފައިވާ ކަމަށެވެ. 

ނަމަވެސް ބ. ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވުމުން، މި މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ މިނިސްޓްރީން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަލުން ހައުސިންގ ޔުނިޓްތަކަށް މިނިސްޓްރީ އިން ހުޅުވާލި އިރު، މިނިސްޓްރީގެ އައު އުސޫލުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، އެތައް ބަޔަކު މި ބޯހިޔާވަހިކަމުން މަހުރޫމްވާ ކަމަށާއި، މާ ގިނަ ބަޔަކު މި މައްސަލައާ ގުޅިގެން ކޯޓަށް ދާނެ ކަމަށް ތުޅާދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވިދާޅުވީ ހައުސިންގ މިނިސްޓްރީން މަސައްކަތް ކުރަނީ ހުދުމުހުތާރު ކަންމަތީގައި ހައުސިންގ ޔުނިޓްތައް ބަހާލުމަށް ކަމަށާއި، ކައުންސިލްގެ މަސައްކަތަށް ބެލުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމެއްނެތި ބާރުގެ ބޭނުން ކޮށްގެން ބޭނުން ގޮތެއް ހެދި ނަމަވެސް އަބަދު އެ ބާރުވެރިކަން ނޯންނާނެ ކަމަށެވެ.

މި ހައުސިންގ ޔުނިޓް ތަކަކީ ތުޅާދޫ އަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 މި މަޝްރޫއު ނިންމައި ކައުންސިލް އާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް މި ސަރުކާރުން އޮތީ ކައުންސިލާއި ލިޔެކިޔުން ހަވާލު ނުކޮށެވެ.

3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ 87،036،883.57 ރުފިޔާއަށެވެ. މިއީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސް އަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިންގ ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.

ބ. ތުޅާދޫއެމްޑީޕީ ރައީސް އަބްދުﷲ ޝާހިދުމިނިސްޓްރީ އޮފް ހައުސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަނީ

ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަނީ

31 ޑިސެމްބަރު 2025
ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމަށް ގެނައި ބަދަލަކީ ރައްޔިތުންގެ ކޮންމެ ކަމެއް ސަރުކާރުން ކޮންޓްރޯލް ކުރުަމަށް ކުރާ އިތުރު މަސައްކަތަކެއް: ޝާހިދު

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމަށް ގެނައި ބަދަލަކީ ރައްޔިތުންގެ ކޮންމެ ކަމެއް ސަރުކާރުން ކޮންޓްރޯލް ކުރުަމަށް ކުރާ އިތުރު މަސައްކަތަކެއް: ޝާހިދު

31 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު