Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ މަޝްރޫއު

ފުށިދިއްގަރު ފަޅު ހިއްކަމުންދާއިރު ކައިރީގައިވާ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުން ވަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ފުށިދިގަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ކައިރީގައި ހުރި ފަރަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތުގެ ތެރޭގައި ފަޅު ހިއްކުމާއި ވެލި ނެގުން ހިމެނުނު ކަމުގައި ވިޔަސް ކޮންޓްރެކްޓަރުން ސަރުކާރުގެ ގަވާއިދުތަކަށް ފުރިހަމަ އަށް އަމަލުކުރުން މުހިންމު ކަމަށް.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 10:04
ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ސަރުކާރުން ކުރިއަށް ގެންދާ ފުށިދިގަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ކައިރީގައި ހުރި ފަރަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ބުރާސްފަތި ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އެކަމުގެ ކަންބޮޑުވުން ދާދި ފަހުން މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކި ފަރާތްތަކުން ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް ބެލުމެއް ނެތި ބިންހިއްކުމާއި ވެލި ނެގުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާތީ މީގެ ކުރިންވެސް އެތައް ކަންބޮޑުވުމެއް އެކި ފަރާތްތަކުން ވަނީ ފާޅު ކޮށްފައެވެ. ބިން ހިއްކުމުގެ ބައެއް މަސައްކަތްތައް ގާނޫނު ބުނާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދާ ފަށާފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. ސަރުކާރުން މިކަންކަން ދޮގު ކުރި ނަމަވެސް ބައެއް މަޝްރޫއުތައް ފެށުނު އިރު އެ މަޝްރޫއާ ބެހޭ އީއައިއޭ ރިޕޯޓް ހާމަކޮށްފަ އެއް ވެސް ނުވެއެވެ.

"ކިސަޑު ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުން ވަށައިގެން ހުރި ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައި ބިން ހިއްކުމާއި ވެލި ނެގުން ހިމެނޭ ކަމުގައިވިޔަސް، ހުރިހާ ކޮންޓްރެކްޓަރުން ވެސް ސަރުކާރުގެ ޑްރެޖިންގ އަދި ރިކްލަމޭޝަން ގަވާއިދުތަކަށް ކަނޑައަޅާފައިވާ ގޮތަށް ފުރިހަމަ އަށް އަމަލުކުރުން މުހިންމެވެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ވެސް ފުރިހަމަ އަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރ ތޯރިގް އިބްރާހިމް އަށް ޓެގް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި "މިފަދަ ހުރިހާ މަސައްކަތެއް ވެސް ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާ އެއް،" ކަމަށް ވިދާޅުވެފައިވެ އެވެ.

އަދި ގަވާއިދުތައް ތަންފީޒުކުރުން ކުރިއަށް ގެންދަން ޖެހޭނީ ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލެ ނަމުގައި ފުށި ދިއްގަރު ފަޅު ހިއްކައިގެން ރަށެއް އުފެއްދުމަށް ސަރުކާރުން ހިންގާ މަޝްރޫއު ގައި 41 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާފައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މަސައްކަތުގެ 30 އިންސައްތައެވެ. ރަސްމާލެ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑެތި ޓްރެއިލާ ސަކްޝަން ހޮޕަރ ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ، 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް ހުންނަ 'ކްރިސްޓޯބަލް ކޯލޯން ނަމަކަށް ޓްރެއިލަރ ސަކްޝަން ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. ޑްރެޖަރު އޮޕަރޭޓް ކުރަނީ ބެލްޖިއަމް ގެ ޔާން ޑު ނޫލް އިންނެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ސަބަބުން ކައިރީގައި ހުރި ފަރުތަކަށް ގެއްލުން ވަމުންދާކަން ފާހަގަ ކުރެވިފައި ވަނިކޮށް، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގައި ކުނި އަޅާ ކަމުގެ މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކަން ވެސް ރައީސް މުއިއްޒު ދޮގު ކުރައްވާފައި ވަނިކޮށް އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި އެއްގަމާއި މޫދުން ފެންނަ ވީޑިއޯ ތައް ވެސް ވަނީ އާންމުވެފަ އެވެ.

ރައީސް މުހައްމަދު ނަޝީދުފުށިދިގަރު ފަޅުމިނިސްޓަރ ތޯރިގް އިބްރާހިމްތިމާވެށީގެ ގެއްލުންއީއައިއޭރަސްމާލެ މަޝްރޫއު

ކޮމެންޓް

އިތުރަށް ކިޔާލަން

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން މިނިސްޓްރީ އަކުން ނާންގަން: މިނިސްޓަރު ތޯރިގް

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން މިނިސްޓްރީ އަކުން ނާންގަން: މިނިސްޓަރު ތޯރިގް

24 ޑިސެމްބަރު 2025
ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު

ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު

24 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު