Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު އެންމެ ގިނަ ފައިސާ ލިބެނީ ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު އޮންނަ މީޑިއާތަކަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2025 | ބުދަ 13:37
މީޑިއާ ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީޑިއާ ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން، ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު އޮންނަ މީޑިއާތައް ހިމެނޭހެން ފައިސާ ދޫކުރުމަށް ނިންމާ އެކަން އިއުލާންކޮށްފިއެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި އިއުލާނުކޮށްފި އެވެ.

Advertisement - newsAdvertisement

މީޑިއާތަކަށް ދޫކުރުމަށް ނިންމާފައިވާ ފައިސާ ދޫކުރުމަށް ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ދަށުންނެވެ. ޔޫތް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގައި އެކަމަށް އެދި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތައް މިހާރު ވަނީ އާއްމުކޮށްފައެވެ. އަދި އެ މީޑިއާތަކަށް ލިބޭ ފައިސާގެ ތަފްސީލް ވެސް ވަނީ އާއްމުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ އެ ފައިސާ ދޫކުރާ ވުޒާރާ، ޔޫތު މިނިސްޓްރީގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް ޖުމްލަ 3.8 މިލިއަން ލިބެއެވެ. މީގެ އިތުރުން ސަންގު އޮންލައިން އަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެހެންކަމުން ޖުމްލަ 5.1 މިލިއަން ރުފިޔާ މި ދެ މީޑިއާ އައުޓްލެޓަށް ލިބޭނެއެވެ.

ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ ސަން އަށެވެ. ސަންމީޑިއާ ގްރޫޕްގެ ދަށުން ހިންގާ އެސްއެސްޓީވީ އަށް 2.9 މިލިއަން ރުފިޔާ ލިބޭ އޮރު ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އާއްމުކޮށްފައިވާ ހިސާބުތަކުން އެނގެއެވެ. ސަން މީޑިއާ އަކީ އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ މީޑިއާއެކެވެ.

މީގެ އިތރުުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމްގެ މަސްލަހަތު އޮންނަ ވީޓީވީއަށް ތިން މިލިއަން އަދި ވީނިއުސް އޮންލައިނަށް 1.1 މިލިއަން ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އެހެނިހެން މީޑިއާތަކަށް ފައިސާ ދޫކުރަން ނިންމާފައިވާ ގޮތަށް ބަލާ އިރު ވޮއިސް، ވަންއޮންލައިން، ދަޕްރެސް، ދައުރަށް 1.3 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. އަދި މިހާރު އަށް 1.2 މިލިއަން، މިހާރުގެ ދަށުން ހިންގަމުންދާ އެޑިޝަން އަށް 1.1 މިލިއަން ދިނުމަށް ވަނީ ނިންމާފައެވެ.

ހަމައެހެންމެ ތީރު، އަދަދު ނޫސް، ދިޔަރެސް އަށް 1.1 މިލިއަން ރުފިޔާ އަދި ގާފު އޮންލައިން އަށް 1 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މާލްދީފް އޮންލައިން އަށް 899،197 ރުފިޔާ އަދި ތިލަދުން އަށް 1.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީޑިއާތަކަށް ދިނުމަށް ކަނޑައަޅާފައި ވަނީ ދައުލަތުގެ ބަޖެޓުގެ އަންދާޒާ ކުރާ އާމްދަނީގެ 0.1 ޕަސެންޓެވެ.

ފައިސާ ލިބޭ މީޑިއާ ގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަރަބި ބަހުން ނެރުއްވާ މާލްދީފް އޮންލައިން ހިމެނޭ އިރު އެ ނޫހަކީ ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމްގެ އިތުރުން ޝަހީމްގެ ގާތް ބޭފުޅެއް ކަމަށްވާ އިސްލާމިކް މިނިސްޓްރީގެ ނައިބު މިނިސްޓަރު އަލީ އަހުސަންގެ ކޮއްކޮ އިބްރާހިމް އަޝްވާގުގެ ހިއްސާ އޮތް ނޫހެކެވެ. އެ ނޫހަށް އިނގިރޭސި ހަބަރު ލިޔަން މި އަހަރު ފެށި ނަމަވެސް މި އަހަރު ތެރޭގައި މާ ގިނަ ހަބަރުތަކެއް އެ ނޫހުން ފެންނާކަށް ނެތެވެ.

މީގެ އިތުރުން ދިޔަރެސް ނޫހަކީ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ނޫހެވެ. ފައިސާ ދޭ ބައެއް ނޫސްތަކަކީ ދުވާލަކު އެއް ފަހަރު ވެސް ބައެއް ފަހަރު ޚަަބަރެއް ނުލިޔާ ނޫސްތަކެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަ ކުރެއެވެ، އެހެންކަމުން ފައިސާ ދިނުމުގައި ބަލާފައިވާ ކަންކަމާއި މެދު ބައެއް އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަމިއްލަ މީޑިއާޔޫތު މިނިސްޓްރީސަންގު ޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

03 ޖެނުއަރީ 2024
ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި

ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި

30 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު