Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ރައްޔިތުންގެ އިތުބާރު ހޯދަން މި ސަރުކާރުން ވާންޖެހޭ ގުރުބާނީ ވަރަށް ބޮޑު: ފައިސަލް ނަސީމް

29 ޑިސެމްބަރު 2025 | ހޯމަ 14:35

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރުމުގައި ބިޑިންގެ ކަންކަމާއި ޕްރޮކިއުމެންޓްގައި ދެފުށްފެންނަ ގޮތަށް ސާފުކޮށް ބާއްވަން ޖެހޭ ކަމަށް. ދައުލަތުގެ ދަރަނި ދެއްކޭނެ ގޮތްތައް ހޯދައި ޚަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށާއި ދިވެހި ވިޔަފާރިތަކަށް ފުރުސަތު ދީ ކޮންސްޓްރަކްޝަން އަދި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި. ރައީސް މުއިއްޒު ގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު މުޅީން ހެން ގެއްލިފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް މިސަރުކާރުން ވާންޖެހޭ ގުރުބާނީ ވަރަށް ބޮޑު ކަމަށް ފައިސަލް ވިދާޅުވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 29 ޑިސެމްބަރު 2025 | ހޯމަ 14:35
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް

ރައީސް މުއިއްޒު ގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު މުޅީން ހެން ގެއްލިފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް މިސަރުކާރުން ވާންޖެހޭ ގުރުބާނީ ވަރަށް ބޮޑު ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގަިއ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން އެކި ފަރާތްތަކަށް މަޝްރޫއު ތައް ހަވާލުކުރާ ގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަ ހުރި ކަމަށެވެ. ސަރުކާރުގެ އިހްލާސްތެރި ކަމެއް ހުރިއްޔާ ބިޑިން އަދި ޕްރޮކިއުމެންޓް ގެ ކަންކަން ސާފުކޮށް ދެފުށް ފެންނަގޮތަށް ބާއްވާ ޕްރޮޖެކްޓް ތައް ހަވާލުކުރުމަށް ފައިސަލް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. މިސަރުކާރުގެ އަމަލުތައް ހުރިގޮތުން، ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު މުޅިން ގެއްލިފައި ވާކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.   

Advertisement - newsAdvertisement
ރަނގަޅަށް ރީތި ވެރިކަމެއް ކޮށްލަންވީ، ޚިދުމަތް ވެސް ދޭންވީ. ދެ ފުށް ފެންނަ ގޮތަކަށް، ސާފުކޮށް ބާއްވަންވީ ނޫންތޯ. ބިޑިން، ޕްރޮކިއުމަންޓް، މިއީ ވަރަށް ކަންބޮޑުވުންް ހުރި ކަންކަން. ރައްޔިތުންގެ ކަންބޮޑުވުން އެބަ އޮތް. މަޝްރޫއުތައް އެކި ފަރާތްތަކަށް ދެވޭ ގޮތާ މެދު، ދެވޭ އަގާ މެދު ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތް. އެހެންވީމާ، ހާމަކަން ބޮޑު ކޮށްލަންވީ. އެއީ ރައްޔިތުންގެ އެހާ އިތުބާރު ގެއްލިފައި އޮތް ވަގުތެއްގައި، ރައްޔިތުންގެ އިތުބާރު ހޯދާ ކަމަށް ވަންޏާ ދެން ޖެހޭނީ ވަރަށް ބޮޑު ޤުރުބާނީއެއްވާން
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް

މި ސަރުކާރުން ރައްޔިތުންނަށް ހެވެެއް އެދެންޔާ ކުރަންވީ ކަމަކީ، ދައުލަތުގެ ދަރަނި ދައްކާނެ ގޮތްތަކެއް ހޯދާ، ޚަރަދުތައް ކުޑަކޮށް، ހަމަ އެއާ އެކު، އާމްދަނީ އިތުރަށް ލިބޭނެ ގޮތްތައް ހޯދުން ކަމަށް ފައިސަލް ވިދާޅުވި އެވެ. ދިވެހި ވިޔަފާރި ތަކަށް އިތުރު ފުރުސަތުތައް ހޯދައިދީ ކޮންސްޓްރަކްޝަން ދާއިރާ އާއި، މަސްވެރި ކަމުގެ ދާއިރާގައި އިތުރަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށް ފައިސަލް ވިދާޅުވި އެވެ. މި ދާއިރާތަކުން އިތުރަށް ނަފާ ލިބިދޭނެ ގޮތް ރައްޔިތުންނަށް މަގުފަހި ކުރުމަށްޓަކާ ކުދި ވިޔަފާރިތަކަށް ފުރުސަތު ދިނުމަށް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ. 

މީގެ އިތުރުން ރައީސް ސޯލިހު އަދި ރައީސް ނަޝީދު  އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވުމާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ، އެމްޑީޕީ އަށް އަބަދުވެސް އެންމެ ރަނގަޅު ގޮތަކީ ދެ ރައީސުން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. އެ ވަގުތަކު އޮންނަ ސަރުކާރެއް ޒިންމާދާރު ކުރުވުމުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރަނީ އެމްޑީޕީ އިން ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ދެ ރައީސުން ގެ މި ނިންމެވުމުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ހިއްވަރެއް ލިބިއްޖެ ކަމުގަ އެވެ. 

ފައިސަލް ނަސީމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2025

ދައުލަތުގެ ސިފަ ހިފަހައްޓާނީ ވެރިމީހާ، ވެރިކަމުގެ އެންމެ މަތީ މީހާ ވެރިކަން ކުރާ ގޮތުން ގެއްލެނީ ކަންކަމުގެ ސީރިއަސްކަން: ކުރީގެ ނައިބު ރައީސް ފައިސަލް

28 ޑިސެމްބަރު 2025
ދައުލަތުގެ ސިފަ ހިފަހައްޓާނީ ވެރިމީހާ، ވެރިކަމުގެ އެންމެ މަތީ މީހާ ވެރިކަން ކުރާ ގޮތުން ގެއްލެނީ ކަންކަމުގެ ސީރިއަސްކަން: ކުރީގެ ނައިބު ރައީސް ފައިސަލް
25 ޑިސެމްބަރު 2025

ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް

25 ޑިސެމްބަރު 2025
ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
05 ޑިސެމްބަރު 2025

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި
22 ނޮވެމްބަރު 2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި
11 ނޮވެމްބަރު 2025

ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް

11 ނޮވެމްބަރު 2025
ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް