Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް

ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ނިއު ދިއްލީގައި ބޭއްވި އަށްވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރުގައި ވާހަކަފުޅު ދައްކަވައި، ވަޖްޕާއީ ގެ ލީޑާޝިޕާއި ޑިޕްލޮމަސީ ވިސްނުމުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމަށް އަދިވެސް އަސަރުކުރަމުންދާކަން ފާހަގަކުރެއްވި. 1988 ވަނަ އަހަރު ރާއްޖޭގެ ސިޔާދަތަށް ދިމާވި ނުރައްކާތެރި ހާލަތުގައި އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމާއި، 2002 ގައި ވަޖްޕާއީ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ފެކަލްޓީ ގާއިމްކުރުމަށް ދެއްވި އެހީތެރިކަން ފައިސަލް ފާހަގަކުރެއްވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 14:06
އިންޑިއާ ގެ ވެރިރަށް ނިއު ދިއްލީގައި ޑިސެމްބަރު 24، 2025 ގައި ބޭއްވި އަށް ވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރ ގައި، ރާއްޖޭގެ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

އިންޑިއާ ގެ ވެރިރަށް ނިއު ދިއްލީގައި ޑިސެމްބަރު 24، 2025 ގައި ބޭއްވި އަށް ވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރ ގައި، ރާއްޖޭގެ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

އިންޑިއާ ގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަކީ ސަރަހައްދީ ސުލްހަވެރިކަމާއި ޑިމޮކްރަސީ ގެ އުސޫލުތަކަށް ފުރިހަމަ ހިތްވަރު ދެއްވި ލީޑަރެއް ކަމަށް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިފަދައިން ވިދާޅުވީ، އިންޑިއާ ގެ ވެރިރަށް ނިއު ދިއްލީގައި ޑިސެމްބަރު 24، 2025 ގައި ބޭއްވި އަށް ވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރ ގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވަޖްޕާއީ ގެ ލީޑާޝިޕް އުސްލޫބާއި ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރަމުންދާ ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.  ވަޖްޕާއީ ސުލްހަ ދެކެވަޑައިގަތީ ހަމައެކަނި ނަޒަރިއްޔާއެއްގެ ގޮތުގައި ނޫންކަމަށާއި، އެއީ ކަންތައްތައް ހިފެހެއްޓުމާއި ވާހަކަ ދައްކައި ހައްލު ހޯދުމާއި މުއައްސަސާ ތަކަށް އިހްތިރާމް ކުރުމުގެ މަގުން، ހާސިލްކުރެވޭނެ އަމަލީ އުސޫލެއްގެ ގޮތުގައި ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ. އިދިކޮޅު ފަރާތެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ނަމަވެސް، ވަޖްޕާއީ ޑިމޮކްރަޓިކް މުއައްސަސާތަކަށް ފުރިހަމަ އިހްތިރާމްކުރެއްވި ކަމަށާއި، ސަރުކާރު ގައި ރައްޔިތުންގެ ބައިވެރިވުމާއި އެއްބައިވަންތަކަން މުހިންމުކަން ފާހަގަކުރައްވައި "ކޯލިޝަން ދަރުމާ" ގެ ފަލްސަފާ ތައާރަފް ކުރެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ.

އަށް ވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭ ގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
އަށް ވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭ ގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ފާހަގަކުރެއްވި ގޮތުގައި 1988 ވަނަ އަހަރު ރާއްޖޭގެ ސިޔާދަތަށް ދިމާވި ނުރައްކާތެރި ހާލަތުގައި އިންޑިއާ އިން ފޯރުކޮށްދިން އަވަސް އެހީތެރިކަމަކީ ދެ ގައުމުގެ ގުޅުމުގެ ބިންގާ އެވެ. ފައިސަލް ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ ހަމަޖެހުން އަލުން ގާއިމްކޮށް، އެއްވެސް ޝަރުތެއް ނެތި އެތަނުން ފަހަތަށް ޖެހުމުން އުފެދުނީ، ދިގު މުއްދަތަށް ދެމިހުރި އިތުބާރު ގެ ބިންގާއެ ކެވެ. 2002 ވަނަ އަހަރު ވަޖްޕާއީ މާލެ ވަޑައިގެން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގާއިމްކުރުމަށް އެހީތެރިވެވަޑައިގެންނެވި ކަން ފާހަގަކުރައްވައި، އެއީ ރާއްޖޭގެ އިންސާނީ ތަރައްގީއަށް އިންޑިއާ ދެއްވި އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

 ކޯސްޓްގާޑް ހަރުދަނާ ކުރުމާއި، ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމާއި، ހައިޑްރޮގްރަފިކް އެހީތެރިކަމާއި، ރާއްޖޭގެ ކަނޑު ގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމު ބައެއްކަމަށް ފައިސަލް ވިދާޅުވި އެވެ. ހިންދު ކަނޑުގެ މުހިންމު ކަނޑު މަގުތަކުގެ މެދުގައި އޮންނަ ދިވެހިރާއްޖެއަށް، ކަނޑުގެ ރައްކާތެރިކަމަކީ އިގްތިސާދާއި ގުޅުންތެރިކަމާއި ތިމާވެށީގެ ސަލާމަތަށް ވަރަށް މުހިންމު ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

 އިންޑިއާ ގެ ވެރިރަށް ނިއު ދިއްލީ ގައި ބޭއްވި އަށް ވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭ ގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މިއީ މިއަދުގެ ސަރުކާރު ވެރިކަމުގައި އޮތް ނަމަވެސް، ކުރީގެ ސަރުކާރާއި އިންޑިއާ އާއި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. 

އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗަރ ޝަރަފްވެރިކޮށްދެއްވުމަށް ކޮންމެ އަހަރަކުވެސް ވަޑައިގަންނަވަނީ ގައުމު ތަކުގެ ރައީސުންނާއި އަދި ނައިބް ރައީސުން ފެންވަރުގެ ބޭފުޅުންނެ އެވެ.

އަތަލް ބިހާރީ ވަޖްޕާއީފައިސަލް ނަސީމްމޯލްޑިވްސް-އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު