Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސަލް ނަސީމް

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

ނިމިދިޔަ ސަރުކާރުން އޮޅުވެލިފުށީ ސްކޫލުގައި ތަރައްޤީ ކުރަން ފަށާފައިވާ 10 ކްލާސްރޫމުގެ މަސައްކަތް ހުރީ ނުނިމި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2025 | ހުކުރު 12:19
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް - އޮޅުވެލިފުށި އެކުވެލި ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - 04-12-2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް - އޮޅުވެލިފުށި އެކުވެލި ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - 04-12-2025

ސަރުކާރެއް އޮތުމުގެ ބޭނުމަކަށް ވަނީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން ކަމަށާއި މިސަރުކާރުން ވެސް ހުއްޓިފައިވާ އަސާސީ ޙިދުމަތްތަކުގެ މަޝްރޫއު ކުރިއަށް ގެންގޮސް ކަންކަން ހައްލުކޮށްދޭންޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އޮޅުވެލިފުށި އެކުވެލި ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން، ކުރީގެ ނައިބް ރައީސް ފައިސަލް ވިދާޅުވީ އެކުގައި ގިނަ ބަޔަކު ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި އޮޅުވެލިފުށި އެކުވެލި ހިޔާ އަކީވެސް އެކަމުގެ ހެއްކެތް ކަމަށެވެ.

Advertisement - newsAdvertisement

އެކުވެލި ހިޔާ އަކީ ރަށުގެ ތަރައްޤީއާއި ކުޅިވަރާއި، އިޖްތިމާއީ ކަންތައްތަކަށް ބޭނުންވާ ވަރަށް ރަނގަޅު ތަނެއްކަން ފާހަގަކުރަމުން ފައިސަލް ވިދާޅުވީ ކައުންސިލްތަކަށް މިފަދަ ތަންތަން ތަރައްޤީ ކުރުމުގެ ބާރު ދީފިނަމަ، މާރަނގަޅަށް އެރަށަކަށް ފިޓްވާ ގޮތަށް އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމާނެ ކަމަށެވެ. މިކަން ރާއްޖޭގެ ކޮންމެ އަތޮޅަކަށް ބަލާލި ކަމުގައިވީ ނަމަވެސް މާރަނގަޅަށް ވެސް ފެންނަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އަދި އޮޅުވެލިފުށީގެ ކަންތައްތަކަށް ބަލާލާއިރު ކައުންސިލަށް ބާރު ލިބިފައި އޮތުމުގެ މުހިއްމުކަން މާބޮޑަށް ސާފުވާ ކަމަށާއި، މިފަދަ ހިޔާއެއް ބެލެނިވެރިންނަށް، އަދި އެނޫންވެސް އެކިއެކި ފަރާތްތަކަށް އެބޭނުންޖެހޭއިރު، ލިބެން އޮތުމަކީ ވަރަށް މުހިއްމު ކަން ފާހަގަކުރައްވަމުން މިއީ ތައުލީމަށްޓަކައި ކުރެވުނު މުހިއްމު މަސައްކަތެއްގެ ގޮތުގައި ފައިސަލް ސިފަކުރެއްވި އެވެ.

ގައުމެއްގެ އެންމެ މުހިއްމު، ރަށެއްގެ އަތޮޅެއްގެ އެންމެ މުހިއްމު ސަބަބަކަށްވަނީ ރަނގަޅު ދަރިންތަކެއް އުފެއްދުން. އަޅުގަނޑުމެން ބޭނުންވާ ފަދަ ދަރިންތަކެއް ނުވަތަ ޖީލެއް އުފެއްދޭނީ އަމަލުން، އެކަން ދައްކައިގެން. ހަމަ އެކަނި ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދައްކައިގެން އެކަމެއް ހާސިލެއް ނުކުރެވޭނެ. މިނަތީޖާ މިނެރެވެނީ ކުރެވޭ ވަރަށް ބުރަ މަސައްކަތުން. އަދި އެމަސައްކަތް ކުރެވޭނީ އެތައް ބަޔަކު ވެގެން.
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް

ރަނގަޅު ދަރިން އުފެދެނީ ހަމަ އެކަނި ސަރުކާރުން ކުރާ މަސައްކަތަކުން ވެސް ނޫން ކަމަށާއި މުޅި ޖަމާއަތް ގުޅިގެން ކުރެވޭ މަސައްކަތުން، ތަރައްޤީ ހާސިލް ކުރެވޭނެ ކަމަށް ވިދާޅުވަމުން، ރަނގަޅު ޖީލެއް ބިނާ ކުރެވެނީ ހަމައެކަނި މައިންބަފައިންގެ މުދައްރިސުންނާއި، ސްކޫލުތަކުގައި ތައުލީމް އުނގަންނައިދޭން ތިބޭ ފަރާތްތަކުގެ މަސައްކަތަކުންވެސް ނޫން ކަމަށްވާއިރު މިއީ މުޅި މުޖުތަމައު، އޭގެ ބައިވެރިވެގެން ކުރެވޭނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

މިއަދު އަޅުގަނޑުމެން ވިސްނާލަންވީ ކަމަކީ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، އެންމެ ފުރަތަމަ ވިސްނަންވީ ތައުލީމީ ރަނގަޅު ދަރިންތަކެއް އުފެއްދޭނެ ގޮތަކަށް ކަންތައް ބައްޓަން ކުރުން. އަދި ސަރުކާރުންވެސް ތައުލީމީ ކަންކަމަށް އިތުރު ސަމާލުކަން ދިނުމަށް އަޅުނގަޑުމެން އެދެން.
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް

ނިމިދިޔަ ސަރުކާރުގައިވެސް އަޅުގަނޑުމެން ދެއްކި އެއް ވާހަކަ އަކީ އިޖުތިމާއީ މައްސަލަތައް ހުރި ވާހަކައާއި، ތައުލީމް ފުޅާ ކުރަންޖެހޭ ވާހަކަ އާއި ރަނގަޅު ދަރިންތަކެއް އުފައްދަން ޖެހޭ ވާހަކަ ކަމަށްވާއިރު، މިއީ ހަމަ އެކަނި ސަރުކާރުން މަސައްކަތްކޮށްގެން ވެސް ވާނެ ކަމެއް ނޫން ކަމަށް ފައިސަލް ތަކުރާރުކުރެއްވި އެވެ.

އަދި ހަމައެކަނި އިމާރާތެއް ހުރުމަކުން ނުފުދޭ ކަމަށާއި ބޭނުންވާ ވަސީލަތްތަކާއި، ތަމްރީން ލިބެން ޖެހޭއިރު، ދުނިޔެއަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަންކަން ދަސްކުރަންޖެހޭ ކަން މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

އަދި އެއް ދަންފަޅިއަށް ސްކޫލުތަކުގެ ވަށާ ޖެހޭ ތައުލީމް ބައްޓަން ވެގެން ދިއުމަކީ ކުދިންނަށް ވަރަށް ގިނަ ކަންކަން ދަސްގެވެގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުން، ނިމިދިޔަ ސަރުކާރުން އޮޅުވެލިފުށީ ސްކޫލުގައި ތަރައްޤީ ކުރަން ފަށާފައިވާ 10 ކްލާސްރޫމުގެ މަސައްކަތް ނުނިމި ހުރުމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެހެންކަމުން މިފަދަ ކަންކަމަށް ކޮންމެ ސަރުކާރަކުންވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭއިރު އަސާސީ ޙިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތުގައި ވިހާވެސް އަވަހަކަށް ލިބުދިނުމަށް ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ނަސީމްއޮޅުވެލިފުށިއެކުވެލި ހިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު