Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ސާފުތާހިރުކަމެއް ނެތް މަންޒަރު ފެންނަ ވީޑިއޯތަކެއް، ބުޅާ ދުވަނީ މީދާ ފަހަތުން

އައިޖީއެމްއެޗްގެ ވެއިޓިންގ އޭރިޔާގެ ގޮނޑިތަކުގައި ގިނަ އަދަދެއްގެ މެހި އެނބުރޭ މަންޒަރާއި، ވޯކްވޭގައި ބުޅަލެއް މީދަލެއް ފަހާ ދުވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާ ގައި ވަނީ އާއްމުވެފަ. މި ވީޑިއޯތަކާ ގުޅިގެން ހޮސްޕިޓަލްގެ ސާފުތާހިރުކަމާއި ޚިދުމަތުގެ ފެންވަރާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން. ބަލި މީހުން ތިބޭ ވޯޑުތައް ސާފު ކުރުމުގައި ބާރުގަދަ ކެމިކަލް ހިމެނޭ އެއްޗެހި ބޭނުންކުރާ ކަމަށް ތުހުމަތު ކުރޭ. މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަހުން ޖަވާބެއް ދެއްވާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޑިސެމްބަރު 2025 | އާދީއްތަ 08:46
އައިޖީއެމްއެޗްގައި ބުޅަލާއި މެހި

އައިޖީއެމްއެޗްގައި ބުޅަލާއި މެހި

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ސާފުތާހިރުކަމެއް ނެތް މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

އާދިއްތަ ދުވަހު އާއްމުވެފައިވާ މި ވީޑިއޯތަކުުން ފެންނަނީ އައިޖީއެމްއެޗްގެ ވެއިޓިންގ އޭރިޔާގެ ގޮނޑިތަކުގައި ގިނަ އަދަދެއްގެ މެހި އެނބުރޭ މަންޒަރެވެ. ބަލި މީހުންނާއި، ބަލި މީހުންގެ އެހީތެރިން އިށީދެ ތިބޭ ގޮނޑި ބަރީގައި ގިނަ އަދަދެއްގެ މެހި ގޮނޑިތަކުގައި ޖައްސައިގެން ވެސް ތިބެ އެވެ. 

މީގެ އިތުރުން އައިޖީއެމްއެޗްގެ ވޯކްވޭ ގައި ކަޅު ކުލައިގެ ބުޅަލެއް މީދަލެއް ފަހާ ދުވާ މަންޒަރު ފެންނަ ވީޑީއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ. އެ ބުޅާ މީދާ ފަހާ ދުވާތީ އެސަރަހައްދުން ބައެއް މީހުން ބިރުން ދުރަށް ވެސް ޖެހިފައިވެ އެވެ. އަދި މީހުން ބިރުން އުޅުނު ނަމަވެސް އައިޖީއެމްއެޗްގެ ސެކިއުރިޓީން އަޅާނުލާ ކަމަށް އެސަރަހައްދުގައި ތިބި މީހުން ތުހުމަތު ކޮށްފައިވެ އެވެ. 

މި ވީޑީއޯތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އައިޖީއެމްއެޗަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުން ބުނީ އައިޖީއެމްއެޗްއަކީ މިހާރު ބުޅަލުގެ ފެސިލިޓީއެއް ކަމަށާއި، މީދަލުގެ އުދަނގޫ ވެސް ވަރަށް ބޮޑު ވެފައިވާ ކަމަށެވެ. އަދި މެހި ގިނަވެ އުދަނގޫވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ކުނި ގޮނޑުން މެހި ފެންނަ އުސޫލުން ބައެއް ދުވަސް ދުވަހު ހޮސްޕިޓަލުން މެހި ފެންނަ ކަަމަށެވެ. އަދި ގިނަ ބަޔަކު ވަނީ އައިޖީއެމްއެޗްގެ ސާފުތާހިރު ކަމާމެދު ވެސް ސުވާލު އުފައްދާފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅޭގޮތުން ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ. 

އައިޖީއެމްއެޗް ނުސާފުތާހިރުކަން ފެންނަ ވީޑީއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ޚިދުމަތުގެ ފެންވަރު ދަށްވުމުގެ މައްސަލަ ވެސް ވަރަށް ބޮޑެވެ. އަދި ސާފު ކުރުމުގައި ވެސް ބަލި މީހުންނާ އާއްމު ރައްޔިތުންގެ ރައްކާތެރި މިންގަނޑަށް ބެލުމެއް ނެތި ފާހަނާ ސާފު ކުރުމަށް ބޭނުންކުރާ ބްލީޗް ފަދަ ބާރުގަދަ މާއްދާތައް ހިމެނޭ އެއްޗެހި ބޭނުން ކޮށްގެން ބަލި މީހުން ތިބޭ ވޯޑުތައް ސާފު ކުރާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. 

އައިޖީއެމްއެޗްސާފުތާހިރުކަންހޮސްޕިޓަލްތައް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު