Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒަކާތު ފަންޑު

އެކައުންޓް ރޯލް ވާތީ ޒަކާތު ފަންޑުން އެހީ ނުދިން، މިހާރު ވެސް ފެން ނުލިބޭތީ ދަރިން ފާހަނާ ކުރުމަށް ދަނީ މިސްކިތަށް

ކުދީންގެ ބައްޕަ ހުރީ ޖަލުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 ނޮވެމްބަރު 2025 | ހޯމަ 08:31
ޒަކާތު ފަންޑުން އެހީތެރިކަމަށް އެދުނު އައިޝާ

ޒަކާތު ފަންޑުން އެހީތެރިކަމަށް އެދުނު އައިޝާ

އެކަނިވެރި މައެއްގެ އެކައުންޓް ރޯލްވާތީ ޒަކާތު ފަންޑުން އެހީތެރިކަމެއް ފޯރުކޮށް ނުދިން މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި 37 އަހަރުގެ އެކަނިވެރި މައެއް ވަނީ އޭނާ ދިރިއުޅުމުގެ ދަތި އުދަނގޫތަކުގެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

Advertisement - newsAdvertisement

އައިޝާ ބުނީ، އޭނާގެ 5 ދަރިން ތިބި ކަމަށާއި، އެންމެ ހަގު ދަރިފުޅު ދުނިޔެއަށް އުފަންވިއިރު ލޮލަށް ނުފެންނަ ކަމަށެވެ. 2023 ވަނަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރަށް ލޮލަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ދަރިފުޅުގެ ލޮލަށް ލޭ އަރާފައިވާ ކަމަށާއި، ފަރުވާ އަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ވަޒީފާ ލިބި ވީ އެންމެ 4 މަސްކަން ފާހަގަކޮށް އައިޝާ ބުނީ، މީގެ ކުރިން ވެސް ގޭގެ އަށް ގޮސް އެކިއެކި މަސައްކަތް ކުރި ކަމަށެވެ. އެ މަސައްކަތް ކުރަމުން ދިޔައީ ދަރިންގެ ހައްގުގައި ކަމަށާއި، 4 ކުދީންގެ ބައްޕަ ހުރީ ޖަލުގައި ކަމަށެވެ.

ޒަކާތު ފަންޑުގެ އެހީތެރި ކަމަށް އެދުމުން އެކައުންޓް ރޯލްވާ ކަމަށް ބުނެ އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދީފައިނުވާ ކަމަށާއި، ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ބުންޏެވެ. ވިލިމާލޭ ގައި ވެސް ނުދަރާ ފިހާރައެއް ނެތް ކަމަށާއި، މިއަދު ވެސް ދިރިއުޅެމުން ދަނީ ފެނާ ނުލާ ކަމަށެވެ. އަދި ފެން ނުލިބޭތާ 7 ދުވަސް ވެފައިވާ ކަމަށާއި، ދަރިން ފާހަނާ ކުރުމަށް ދަނީ މިސްކިތަށް ނޫނީ ބީޗަށް ކަމަށް އައިޝާ ބުންޏެވެ.

މީގެ އިތުރުން އައިޝާ ވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ބެލުމަށްފަހު، ޒަކާތު ފަންޑުން ނުވަތަ އެ ނޫން ވެސް ގޮތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިފަ އެވެ.

އެކަނިވެރި މަންމަ އަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށް ނުދިންއިރު، ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، މި ފްލެޓު ތަކަށް ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދިނުމަށް ވަނީ ނިންމާފަ އެވެ.

ޒަކާތް ފަންޑުއެކަނިވެރި މައިންބަފައިން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
26 ޖޫން 2025

މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

26 ޖޫން 2025
މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު