Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނުގެ ފައިސަލްއާބާދުގައި ތެރަސް ކާރުޚާނާއެއްގައި ކެމިކަލް ގޭސް ލީކުވެގެން ހިނގި ބޮޑު ގޮވުމެއްގައި، ކާރުޚާނާ ވެއްޓި ކައިރީގެ ގެތަކުގައި އަލިފާން ރޯވެ، ހަ ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 16 މީހުން މަރުވެ، 7 މީހުންނަށް އަނިޔާވެއްޖެ.

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 10:46
ޕާކިސްތާނުގެ ކެމިކަލް ޕްލާންޓެއްގައި ވަރަށް ބާރުގަދަ ގޮވުމެއް ހިނގައި، މަދުވެގެން 16 މީހުން މަރުވި

ޕާކިސްތާނުގެ ކެމިކަލް ޕްލާންޓެއްގައި ވަރަށް ބާރުގަދަ ގޮވުމެއް ހިނގައި، މަދުވެގެން 16 މީހުން މަރުވި

ޕާކިސްތާނުގައި ތެރަސް ހަދާ ކާރުޚާނާއެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ އެވެ.

އިރުމަތީ ޕާކިސްތާނު ގެ ސަރަހައްދެއް ގައި ހިނގި މި ހާދިސާ ގެ ސަބަބުން، ކާރުޚާނާ ވެއްޓި، ކައިރީގައި ހުރި ގެތަކެއްގައި އަލިފާން ރޯވެ، މަދުވެގެން 16 މީހުން މަރުވެ، ހަތް މީހުންނަށް އަނިޔާވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ފަތިހު ގާތްގަނޑަކަށް 5 ޖެހި އިރު (00:00 ޖީއެމްޓީ) ޕަންޖާބު ޕްރޮވިންސްގެ ލާހޯރުގެ ހުޅަނގުން އޮންނަ ފައިސަލްއާބާދުގެ މާލިކްޕޫރު ސަރަހައްދުގައެވެ.

ފައިސަލްއާބާދުގެ ކޮމިޝަނަރު ރާޖާ ޖަހާންގީރު އަންވަރު އާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ދައްކާ ގޮތުގައި މި ގޮވުން ހިނގާފައިވަނީ ކާރުޚާނާގެ ކެމިކަލް ގުދަނެއްގައި ހުރި ގޭސް ލީކުވެގެންނެވެ.

އޮފިޝަލުން ވަނީ ކާރުޚާނާގެ މެނޭޖަރު ހައްޔަރުކޮށްފައެވެ. ނަމަވެސް ހާދިސާއަށް ފަހު ފިލި ކާރުޚާނާގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕާކިސްތާނުގެ 'އާޖް ޓީވީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުމުގެ ސަބަބުން މަދުވެގެން ތިން ގޭގައި އަލިފާން ރޯވެފައިވެއެވެ. އެ ޗެނަލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގޮވުން ހިނގި މައި ސަރަހައްދުން އަލިފާނުގެ ހުޅުގަނޑު މައްޗަށް އަރަމުންދާއިރު، ރެސްކިއު ޓީމުތައް އަލިފާން ރޯވެފައިވާ އިމާރާތެއްގެ ތެރެއަށް ވަދެ ހަރަކާތްތެރިވަމުން ދިޔައެވެ.

އޮފިޝަލުން ބުނި ގޮތުގައި، މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކާރުޚާނާ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނެވެ. އޭގެ ތެރޭގައި ހަ ކުޑަކުދިން ހިމެނެއެވެ.

ޓީވީ ޗެނަލް 'ޖިއޯ ނިއުސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރެސްކިއު ޓީމުތަކުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި ނެގުމުގެ މަސައްކަތް ކޮށްފައެވެ. އަދި އަނިޔާވި ހަތް މީހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކަމަށްވެއެވެ.

ޕާކިސްތާނުގައި ކާރުޚާނާތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. 2024 ވަނަ އަހަރު ފައިސަލްއާބާދު ގައި ހުރި ފޭރާން އުފައްދާ ކާރުޚާނާ އެއް ގައި ހިނގި ގޮވުމެއް ގައި 12 މީހުން މަރުވެފައިވާއިރު، މިދިޔަ ހަފުތާގައި ކަރާޗީ ގައި ހުރި ފަޓާސް އުފައްދާ ކާރުޚާނާ އެއް ގައި ހިނގި ގޮވުމެއްގައި ހަތަރު މީހުން މަރުވެ، 11 މީހުންނަށް އަނިޔާވެފައިވެއެވެ.

ޕާކިސްތާންތެރަސް ކާރުޚާނާ ގޮވުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު