Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވައި ނުސާފުވުން

ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

ވައި ނުސާފު މިންވަރު އިތުރުވާ ގަޑިތަކުގައި ހުރިހާ ފަރާތްތަކުން ވެސް މާސްކް ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ. އަދި މި ވަގުތުތަކުގައި ގެތަކަށް އަސަރު ނުކުރާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއަރ ފިއުރިފަޔަރ ފަދަ އެއްޗެހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 08:35
މާލެ ސަރަހައްދަށް ހޭޒް ނުވަތަ ދުންފުހުގެ އަސަރުކޮށް، ވައި ނުސާފުވެފައި

މާލެ ސަރަހައްދަށް ހޭޒް ނުވަތަ ދުންފުހުގެ އަސަރުކޮށް، ވައި ނުސާފުވެފައި

އަނެއްކާ ވެސް ސިއްހަތަށް ނުރައްކާވާ މިންވަރަށް ހޭޒް ނުވަތަ ދުންފުހުގެ އަސަރުކޮށް،  އާންމު ސިއްހަތަށްވާ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައި ނުސާފުވެފައިވާ ކަމަށާ އެގަޑިތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުން ބޭރަށް ނިކުމެ އުޅޭއިރު ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ވައި ނުސާފު މިންވަރު އިތުރުވާ ގަޑިތަކުގައި ހުރިހާ ފަރާތްތަކުން ވެސް މާސްކް ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މި ވަގުތުތަކުގައި ގެތަކަށް އަސަރު ނުކުރާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއަރ ޕިއުރިފަޔަރ ފަދަ އެއްޗެހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުން އެކަމަށް ސަމާލުވުމަށް އެ އޭޖެންސީ އިން ވަނީ މީގެ ކުރިން ވެސް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާށް ކޮށްފައި ވެ އެވެ. އަދި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ވެސް އެ ވަގުތުތަކުގައި ބޭރުގައި އުޅޭ މިންވަރު މަދު ކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރި އެވެ. 

އެޗްޕީއޭ ގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ މިކަމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފަ އެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެ އިދާރާ ގެ އޮފިޝަލަކު ވިދާޅުވީ އިރުވައި މޫސުން ފެށުމާއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ދުންފުހުގެ އަސަރު ކުރަމުންދާ ކަމަށެވެ.

ޚާއްސަކޮށް މެދުރާއްޖެތެރެ އަށް ދުންފުހުގެ އަސަރު ކުރަމުންދާ އިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ރިކޯޑުތަކަށް ބަލާއިރު ދުންފުހުގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކޮށްފައި ވަނީ މިދިއަ ހޯމަ ދުވަހު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އެ އިދާރާ އިން ބުނީ ކުރިއަށް އޮތް 5 ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެ ސަރަހައްދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

މާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިންގ ސިސްޓަމުން ދައްކާ ގޮތުން ވައިގެ ކޮލިޓީ ހުރީ 136 ގަ އެވެ. ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިންގ ސިސްޓަމުން ދައްކާ ގޮތުން މި ވަގުތު ވެސް މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 177 ގަ އެވެ. އެއީ ސިއްހަތަށް ނުރަނގަޅު ރަތް ކުލައިގެ މިންގަނޑެވެ.

މާލެ ސަރަހައްދުގެ އިތުރުން ދެން އެންމެ އެއަރ ކޮލިޓީ ދަށް ދ. އަތޮޅު އަތޮޅު ކުޑަހުވަދޫ ގައި ހުންނަ ސިސްޓަމުން ދައްކާ ގޮތުން މި ވަގުތު ވެސް އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 172 ގަ އެވެ.

އެޗްޕީއޭމެޓް އޮފީސްަވައިގެ ކޮލިޓީ ބެލުންޖައްވު ނުސާފުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުރުފެންނަ މިންވަރު 2 ކިލޯ މީޓަރަށްވުރެ ދަށްވެ، ސަމާލުކަން ދިނުމަށް އެދިއްޖެ

ދުރުފެންނަ މިންވަރު 2 ކިލޯ މީޓަރަށްވުރެ ދަށްވެ، ސަމާލުކަން ދިނުމަށް އެދިއްޖެ

23 ޑިސެމްބަރު 2025
ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

20 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު