Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

20 ޑިސެމްބަރު 2025 | ހޮނިހިރު 08:37

މެޓް އޮފީހުން މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރުން ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފަ.

އަލީ ޝާހީން
އަލީ ޝާހީން | 20 ޑިސެމްބަރު 2025 | ހޮނިހިރު 08:37
މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުގަދަވާނެ ކަމަށް ބުނެފަ

މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުގަދަވާނެ ކަމަށް ބުނެފަ

މެދުރާއްޖެ ތެރެއަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފި އެވެ.

މެޓް އިން  ބުނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ، 12:45ން 16:00ށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ސަރަހައްދަށް ކަނޑު ގަދަވާނެ ކަމަށް ބުނެފައިވާއިރު، މީގެ ކުރިން މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުގަދަވާނެ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން މެޓް އިން ބުނީ، ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގެ ކަނޑުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅު ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށެވެ. 

ކަނޑުތައް ގަދަވާއިރު، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. އެގޮތުން ރޭގަނޑު ދަތުރު ކުރާނަމަ މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށާއި މުދާ އުފުލާ އުޅަނދު ފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސްކުރެ އެވެ.

މެޓް އޮފީސްމެދުރާއްޖެތެރެރީނދޫ ސަމާލުމޫސުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
10 ޖުލައި 2025

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
10 ޖުލައި 2025

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

10 ޖުލައި 2025
މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް