Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ކުރީ ސަރުކާރުން ނެއްޓެން ނޭނގިގެން އުޅޭ، މި ސަރުކާރު!

9 ޖޫން 2024 | އާދީއްތަ 10:16

ކުރީ ސަރުކާރުގެ ވާހަކަ ދައްކަމުން، ފަތި ފައްޗަށް ގޮވަމުން ވެރިކަމަށް އައިސް، އަދި ވެސް މި އުޅުއްވަނީ ކުރީ ސަރުކާރުގެ ކިބައިން ނެއްޓެން ނޭނގިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2024 | އާދީއްތަ 10:16
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. މި ސަރުކާރުގެ ވަޒީރުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ޚިދުމުގައި ތިއްބަވާނެ ބޭފުޅުން ކަމަށް ވިދާޅުވީ، ނިކަމެތި އަޅުގަނޑެއް ނޫނެވެ. އެފަދައިން އަޑު ހަރުކޮށް، އެތައް ޕޯޑިއަމެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ، ރައްޔިތުންނަށް ޚިދުމަތް ކުރުމައި މި ސަރުކާރު ދެމި އޮންނާނީ އެއްވެސް ބަހަނާއެއް ނެތި ކަމަށް ބުނެ، ފޮނި ކެނޑުއްވީ ވެސް ރައީސް މުޢިއްޒު އެވެ.

މިސަރުކާރު ވެރިކަމަށް އަންނަން އެންމެ ގަދަޔަށް ދެއްކީ، ކުރީ ސަރުކާރުގައި ކޮށްފައިވާ ކަންކަމުގެ ވާހަކަ އެވެ. އުފަން ނުވާ މައްސަލަތަކެއް، އުފަން ކުރުވައިގެން ދެއްކީ މިއަދު ސަރުކާރުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންނެވެ. ވަޒީރުންނެވެ. ސްޓޭޓް މިނިސްޓަރުންނާއި، ނައިބު ވަޒީރުންނެވެ. ސިޔާސީ އެހެން މަގާމުތަކުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާ ވަރުވަރުން ލައްވާފައި ތިއްބެވި ކޯޑިނޭޓަރުން ވެސް ދެއްކެވީ އެ ވާހަކަ އެވެ.

މިއަދު އަޅުގަނޑު ހިތަށް އަރަ އެވެ. ކުރީ ސަރުކާރުގެ ވާހަކަ ދައްކަމުން، ފަތި ފައްޗަށް ގޮވަމުން ވެރިކަމަށް އައިސް، އަދި ވެސް މި އުޅުއްވަނީ ކުރީ ސަރުކާރުގެ ކިބައިން ނެއްޓެން ނޭނގިގެންނެވެ. ދައްކާލަން މި އުޅެނީ، ކުރީ ސަރުކާރުން ނެއްޓެއް ނޭނގިގެން އުޅޭ، މި ސަރުކާރުގެ ވާހަކަ އެވެ.

ވެރިކަަމަށް ވަޑައިގެން މަސްވެރިންނަށް ދޭން ހުރި ފައިސާކޮޅުތައް ނުދީގެން، މަސްވެރިން ނިކަން ރުޅި ގަދަވި އެވެ. މަސްވެރިން ކިރާލާ މަސްކޮޅަށް، ޑޮލަރުން ފައިސާ ދައްކާނެ ކަމަށް ބުނެ ވެރިކަމަށް އައި ފަރާތްތަކަށް، މަސްވެރިންނަށް ދިވެހި ފައިސާ ކޮޅު ވެސް ނުދެވުނެވެ. އެކަމާ މަސްވެރިންގެ ޝަކުވާ ބޮޑުވެ، ސަރުކާރަށް ހޫނުވާން ފެށުމުން، ދެން ވިދާޅުވީ އެއީ ކުރީ ސަރުކާރުން ނުދައްކާ އޮތް ފައިސާ ކަމަށެވެ. ބޮޑުތާ ޖައްސާލީ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މަސްވެރިންނަށް ނުދެވި އޮތް ބްކްލޮގް އެއްކޮށް ދައްކައި ސާފުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ނުދެވި އޮތީ 27 މިލިއަނެއްހާ ރުފިޔާ ކަމަށް ވެސް ވިދާޅުވީ އެވެ. އޭގެ ފަހުން މިއަދާ ހަމަ އަށް އައިއިރު ވެސް، މަސްވެރިންނަށް ފައިސާ ނުދެ އެވެ. މަސްވެރިންނަށް ފައިސާ ނުދެވި އަނެއްކާ ވެސް ދެ މަސް ދުވަސް ވާން ކައިރިވެފައިވާއިރު، އަނެއްކާ ވެސް މިސަރުކާރުން ބަހަނާ އަކަށް ދައްކާނީ ކުރީ ސަރުކާރުބާ އެވެ؟

ޑޮލަރުގެ އަގު ހަމަ އަގަށް ތިިރި ކުރުމަކީ ވެސް މި ސަރުކާރުން ނުހަނު ގަދަޔަށް ދެއްކެވި ވާހަކަ އެވެ. މި ސަރުކާރުގެ ބައެއް ވެރިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޑޮލަރުގެ އަގު މައްޗަށް ގޮސްގެން އުޅެނީ، ކުރީ ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ސަބަބުންނެވެ. ކުރީ ސަރުކާރުން ރާއްޖޭގެ އިޤްތިސާދު ފުނޑުކޮށްލާފައިވާ ކަމަށާއި، މި ސަރުކާރުން ހަ މަސް ދުވަހުގެ ތެރޭގައި އިޤްތިސާދު ހަމައަކަށް އެޅުވި ވާހަކަ ވެސް ދެއްކި އެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އިޤްތިސާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އެއްކޮށް، ހަމަ އަގަށް ތިރި ވާނެ ކަމަށެވެ. އޭގެ ފަހުން ހަތަރު މަސް ވެގެންދާއިރު، އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17.80 ނުވަތަ 18ގެ ރޭޓުންނެވެ. މަޖިލިސް އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ވެސް ވިދާޅުވީ، ޑޮލަރުގެ އަގު ހުރީ ހިފެހެއްޓިފައި ކަމަށާއި، ދެން ދާނީ ދަށްވަމުން ކަމަށެވެ. އެހެން ނަމަވެސް، ދުވަހަކު ދަށްވާ ތަނެއް ނުފެނެ އެވެ. އަރަނީ "މުޢިއްޒު ސްޕީޑުގައި" މައްޗަށެވެ.

އެންމެ ފަހުން، ފަގީރުންގެ ލިސްޓަށް ބަލައިގެން މީހުން ޙައްޖަށް ފޮނުވުން ވެސް މިވީ އެ ކަހަލަ ކަމަކަށެވެ. ތަނަވަސްކަން ނެތް ނުވަތަ ނިކަމެތިން ސަރުކާުރުގެ ޚަރަދުގައި ޙައްޖަށް ފޮނުވީ ކަމަށް ބުނެ، މޮޅެތި ވީޑިއޯތައް އާންމުކުރަމުން ދަނިކޮށް، މި އެނގުނީ ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިޔައީ ދެ ވަޒީފާގައި އުޅޭ މީހެއް ކަމެވެ. މިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދަށް މާބޮޑު ކަމަކަށް ނުވި އެވެ.

އާދައިގެ މަތިން ވިދާޅުވީ، އެއީ ކުރީ ސަރުކާރުން ހަދާފައިވާ ލިސްޓެކެވެ. އެކަން ވެސް ޖައްސަވާލީ ކުރީ ސަރުކާރަށެވެ. ނޫނޭވާ ބޯ ވެސް ރަނގަޅު ބައެކެވެ. ދަންނަވަންތޯ އެވެ. ހުރިހާ ރަށެއްގައި ފަޤީރުންގެ ދަފްތަރު ގައި ރަޖިސްޓްރީ ކުރުމަށް މިއަހަރު ހުޅުވާލި އެވެ. އަނެއްކޮޅުން މިއަހަރުގެ ޖަނަވަރީ މަހު ވަނީ، މާލޭ ސަރަހައްދުގައި އުޅޭ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް ވެސް އިއުލާން ކޮށްފަ އެވެ.

އަޅުގަނޑު އަޖައިބެއް ނުވެ އެވެ. ސަބަބަކީ ކުރީ ސަރުކާރަކުން ނުނެއްޓިގެން އުޅޭ މި ސަރުކާރުން، އަބަދުމެ ދައްކާނީ އެ ބަހަނާ އެވެ.

ޕީޕީއެމް-ޕީއެންސީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް