Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2026

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ 17 ބިލިއަނަށް އަރައި ޚަރަދު ނުހިފެހެއްޓޭ ލެވެލަށް ދާން ފަށައިފި

ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2025 | ބުރާސްފަތި 15:06
ފިނޭންސް މިނިސްޓްރީގެ ޑެފިއުޓީ މިނިސްޓަރ އަހުމަދު ސާއިދު މުސްތަފާ (ކަނާތުން ދެވަނަ އަށް) 2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅަފައިވާ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ކުރެވުނު މަޝްވަރާ ތަކުގައި.

ދައުލަތުން މުސާރަ އަށް ކުރާ ހޭދަ މައްޗަށް ދާނަމަ ޚަރަދުތައް ނުހިފެހެއްޓޭ ހިސާބަށް ހިނގައިދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އަށް ފިނޭންސް މިނިސްޓްރީ އިން އިންޒާރު ދީފި އެވެ.

ކޮމިޓީ އަށް މައުލޫމާތު ދެއްވަމުން ފިސްކަލް ޖާގަ މިދަނީ ހަނިވަމުން ކަމަށާއި "އެއީ ވައިގެ ތެރެއިން އުފެދިގެން އަންނަ އެއްޗެެއް ނޫން،" ކަމަށާއި އެއީ އާމްދަނީ އާއި ޚަރަދު ވަކި ގޮތަކަށް އެކަށަ އެޅިގެން އަންނަ އެއްޗެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސާއިދު މުސްތަފާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، މި އަހަރުގަ ވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވިގެން ދިއުމާ އެކީގައި "މިއިން ޒަމާނަކު ނުދޭހާ ގިނަ އެޕްރޫވަލް ވަޒީފާ ތަކަށް ދެވިއްޖެ" ކަމަށެވެ.

ޚަރަދު ތައް މައްޗަށް ދާއިރު ސާއިދުވަނީ ޕާފޯމަންސް ބޭސްޑް ބަޖެޓިންގ އަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީން ޕާފޯމަންސް ބޭސްޑް ބަޖެޓެއް ކުރިއަށް ގެންދަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، އެހެން ނަމަވެސް އިދާރާތަކުން "ޓެކްނިކަލް ފެންވަރުގަ ވެސް އެންމެ އެދެވޭ އެހީތެރި ކަމެއް އަދި ނުލިބޭ، ކަމަށެވެ.

އޭނާ ވިދާޅުވީ، ދާއިމަށް މި ގޮތައް މުވައްޒަފުން އިތުރު ކުރަމުން ދިއުމަކީ ދައުލަތައް އޭގެ ބުރަ ބޮޑުވާނެ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު އަންދާޒާ ކުރެވޭ މުސާރަ އަށް ކުރެވޭ ހޭދަ، މިހާރު ކަނޑައެޅިފައިވާ މިންވަރަށް ވުރެ ބޮޑު ވަމުންދާ ނަމަ މާލީ ގޮތުން ޚަރަދު ނުހިފެހެއްޓޭ ލެވެލް އަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

އާމްދަނީ ގެ ގޮތުގައި 40 ބިލިއަން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، 17 ބިލިއަން މުސާރަ އަށް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ ވެރިކަމުގެ ފަހު އަހަރު މުވައްޒަފުންގެ ހަރަދު ހުރީ 12.8 ބިލިއަން ރުފިޔާގަ އެވެ.

ސާއިދު ވިދާޅުވީ، ކުންފުނިތަކުގެ މުސާރަ އާއި ހިންގުމުގެ ޚަރަދު ތަކަށް ވެސް ފިނޭންސް މިނިސްޓްރީން ފައިސާ ފޯރުކޮށްދޭ ކަމަށެވެ.

ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި މުސާރަ އާއި އުޖޫރައަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިނާޔަތްތަކަށް 6.1 ބިލިއަން ރުފިޔާ އަދި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީދައުލަތުގެ ބަޖެޓްބަޖެޓް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު