Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސެވެ. މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުމަކީ ތަފާތު ދެކަމެކެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ އެންމެ ފަހަރަކުއެވެ. މީގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާފައިވާ އެތައް ސަތޭކަ އާރުޓީއައި އަކަށް މިހާތަނަށް މައުލޫމާތު ލިބިފައިނުވާކަމަށް ހުށަހެޅި ފަރާތްތަކުން ބުނެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2024 | ހޯމަ 14:47
ސަރުކާރުގެ ކަންކަން ހާމަކޮށް ތިލަކުރާތީ ރައީސް މުއިއްޒު ނޫސްވެރިން ހެއްދެވީ މަދީނާގެ މުނާފިގުންނަށް

ސަރުކާރުގެ ކަންކަން ހާމަކޮށް ތިލަކުރާތީ ރައީސް މުއިއްޒު ނޫސްވެރިން ހެއްދެވީ މަދީނާގެ މުނާފިގުންނަށް

މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުމަކީ ތަފާތު ދެކަމެކެވެ. މި ދެ ޢަމަލަކީ އެއްފަދަ ކަމެއްކަމުގައި ގިނަ ބަޔަކު ދެކެފައިވީނަމަވެސް، މިއީ ވަރަށް ތަފާތު ދެ ކަމެވެ. ނަމަވެސް ކިޔަވައިގެން ތިބި ގައުމުގެ ބޮޑެތި މަގާމްތަކުގައި ތިއްބެވި ފަރާތްތަކަށް ހީވަނީ މިއީ އެއްކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލާ ދޮގު ހެދުމަށް ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ ބީދައިން މިކަންތައްވެސް އޮޅުވާލީއެވެ.

މައުލޫމާތު ދިނުމަކީ ވަކި ފަރާތަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމެވެ. މިސާލަކަށް ސްކޫލްތަކުގައި މުދައްރިސުން ކިޔަވައިދިނުން، ސަރުކާރުން ރައްޔިތުންނަށް އާންމު އިއުލާނެއް ނެރުން، ޞިއްޙީ ދާއިރާއިން ރައްޔިތުންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ކަންކަމެވެ.

މައުލޫމާތު ހާމަކުރުމަކީ ސިއްރު ނުވަތަ ޒާތީ މައުލޫމާތެއް އާންމުކޮށް ހާމަކުރުމެވެ. މިސާލަކަށް ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ހާމަކުރުން، ކުންފުންޏެއްގެ އެތެރޭގެ މައުލޫމާތު ބޭރަށް ލީކްކުރުން، އަމިއްލަ މީހެއްގެ ޒާތީ މައުލޫމާތު ހުއްދަނެތި ހާމަކުރުމެވެ.

މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުމަކީ ތަފާތު ދެކަމެކެވެ. މައުލޫމާތު ދިނުމަކީ ފައިދާހުރި، ބޭނުންތެރި ކަމެއްކަމުގައިވާއިރު، މައުލޫމާތު ހާމަކުރުމަކީ ބައެއްފަހަރު ނުރައްކާތެރި އަދި ޤާނޫނާ ޚިލާފު ކަމަކަށް ވެދާނެއެވެ. އެހެންކަމުން، މައުލޫމާތާ މެދު ޒިންމާދާރު ގޮތެއްގައި ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިކަން ވަރަށް ސާފެވެ. ނަމަވެސް މައުލޫމާތު ހާމަކުރާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް 1 އަހަރު ވެގެންދިޔަ އިރު އެހެއްދެވީ ކޮންފަދަ ބޮޑު ދޮގެއް ހެއްޔެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ހާމަކަން ބޮޑުކޮށް ވެރިކަން ކުރައްވާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް، މިހާތަނަށް ސަރުކާރުގެ ހާމަކަން ކުޑަވަމުންދާކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ އެންމެ ފަހަރެއްގެ މަތިން އެކަނިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާފައިވާ އެތައް ސަތޭކަ އާރުޓީއައި އަކަށް މިހާތަނަށް މައުލޫމާތު ލިބިފައިނުވެއެވެ.

ސަރުކާރުން ބޭނުންވާ ކަންކަން އެކަނި ހާމަކުރުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންދާއިރު، މި ބައްދަލުވުންތަކުގައި ނޫސްވެރިންކުރާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ނުލިބެއެވެ. ޚާއްޞަކޮށް ރައްޔިތުންނާ ގުޅުންހުރި ހައްސާސީ ކަންކަމުގައި ސަރުކާރުން މައުލޫމާތު ހާމަނުކުރެއެވެ.

މީގެއިތުރުން، ނޫސްވެރިން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާއި ނޫސްތަކަށް ފިޔަވަޅު އަޅަން ރައީސް އޮފީހުން އަންގަމުންދެއެވެ. މިކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއްކަމަށް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޖުމްލަކޮށް ބަލާއިރު، ރައީސް މުއިއްޒުގެ ވެރިކަމުގައި ސަރުކާރުގެ ހާމަކަން ކުޑަވަމުންދާކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ. މިކަމަކީ ޑިމޮކްރަސީއަށާއި ރައްޔިތުންގެ ހައްގުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ސިޔާސީ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަން މިހެން އޮތްނަމަވެސް ވެރިކަމަށް 1 އަހަރުވެގެން ބޭއްވި ދެއްކުންތެރިކަމުގެ ހަފްލާގައި އަނެއްކާވެސް ދޮގު މައްޗަށް ހެއްދެވީ ދޮގެވެ. ރައްޔިތުން ހުށަހަޅާފައިވާ އާރްޓީއައި ތަކުގެތެރެއިން ގާތްގަނޑަކަށް 91 އިންސަތަ އާރްޓީއައި އަށް ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަށް ވިދާޅުވީ ވަރަށް އަޑު ބާރުކޮށެވެ. ނަމަވެސް އާރުޓީއައިތަކަށް ޖަވާބު ނުލިބިގެން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހާއި ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ ޣައިރު ހާޒިރުގައި ވަނީ މައްސަލަތައް ނިންމާފައެވެ. ނޫސްވެރިން އެދުނު އެތައްކަމެއްގެ އާރުޓީއައި އަދިވެސް އޮތީ ފުނިޖެހިފައެވެ. މިވަރަށް ދޮގު ހަދަން ހެޔޮނުވާނެއެވެ.

މީގެ އިތުރުންވެސް 791 ފަހަރު ވުޒާރާތަކުންނާއި ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތުދީފައިވާކަމަށާއި 73 ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ތެދެކެވެ. ނޫސްވެރިންގެ ބައްދަލުވުން ބޭއްވިއެވެ. ނަމަވެސް އެއީ ހަމައެކަނި އެމިނުފާނު އަންގަވާ ކަންކަމާއި، ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރުމަށެވެ. ދެން މަދުފަހަރަކު ނޫސްވެރިންނަށް ކަންކަމުގައި ސުވާލު ނުކުރެވޭ ވާހަކައެއްވެސް ނޫނެވެ. ނަމަވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދުވަހު ރައީސް އޮފީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ނިންމުމާއި ގުޅިގެން ބާއްވާ އެ ބައްދަލުވުމެއްގެ މައުޟޫއާއި ނުގުޅޭނަމަ އެއަށް ޖަވާބެއް ނުލިބެއެވެ.

މި ސަރުކާރުން ވެފައިވާ ވައުދަކާއި ގުޅިގެން އަދި އަމުދުން ސުވާލެއް ކޮށްފިނަމަ، ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވާ ބޭފުޅާ ނިކަން ހަނދާން ބަލިވާނެއެވެ. ނުވަތަ އޭގެ މައުލޫމާތެއް ނޭނގޭކަމަށް ވިދާޅުވާނެއެވެ. ދެން ވިދާޅުވާނީ ހާމަކުރާނެ ވާހަކައެވެ. އަދި އެ ހާމަކުރުން ހާމަނުކޮށް ހުއްޓާ އެތައް ބައްދަލުވުމެއް ބާއްވާ ނިމެއެވެ. މިއީ ނޫސްވެރިންގެ ބައްދަލުވުމެއް ނޫނެވެ. މިއީ ރައީސް އޮފީހުން ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ނުވަތަ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެވެ. މަދު ބައްދަލުވުމެއް ނިކަން ފުރިހަމައެވެ. އެހެންވީމާ ސަރުކާރުގެ ހާމަކަން ބޮޑު ވާހަކައާއި ގުޅުވައިގެން މިކަމުގައިވެސް ރައީސް ހެއްދެވީ ކޮންފަދަ ބޮޑު އިތުރުފުޅެއް ހެއްޔެވެ.

ރައްޔިތުންގެ އަޑު ޕޯޓަލުންވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން އައުކަމެއް ދަސްވެގެން އުޅުއްވި ގޮތަށް މިކަންވެސް ކުރެއްވިއެވެ. އެފަހުން މިކަންވެސް ތާރީހުގެ ތެރެއަށް ހިނގައްޖެއެވެ. ރައްޔިތުންގެ އަޑުގެ ނަމުގައި ކުރި މަސައްކަތް ފަނުފުލަށްގޮސް އެ ވަގުތުތައް ހޭދަކުރައްވަން ފެއްޓެވީ އާރަށުގައެވެ.

ވެރިކަމަށް ވަޑައިގެންނެވީ ވެސް ދޮގާއި މަކަރާއި އޮޅުވާލައިގެންނެވެ. އަހަރެއްވީމަ ބޭއްވި ދެއްކުންތެރިކަމުގެ ހަފްލާގައިވެސް ފެށޭ އަހަރަށްވެސް ހެއްދެވީ ދޮގެވެ. އެ އަހަރުގެ ސަފުހާތައް ލިޔުއްވަންފެށީވެސް ދޮގުންނެވެ. މިހާ ހާމަކަން ކުޑަ ސަރުކާރެއް އަދި މި ރާއްޖެއަކު ނެތެވެ. މަނިކުފާނެވެ. ވައަތު ފަތަށް ބަރުނުވާނެ އެއްވެސްގޮތެއް ހަމަ ނެތީތޯއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާރު.ޓީ.އައި

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު