Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޮންޒީ ސްކީމް ގެ މައްސަލަ

ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި

ކިންގްސް ކެޕިޓަލް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އަނބުރާ ނުދިން މައްސަލާގައި ޓެކުމުގެ 13 ދައުވާ ޕީޖީން އަނބުރާ ގެންދިޔަ އެވެ. ދައުވާލިބޭ ފަރާތްތަކުން ބަދަލު ދީފައިވާކަމަށް ބުނެ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނި ނަމަވެސް ސިވިލް ކޯޓުން އެ ފަރާތްތަކުގެ ގައިރު ހާޒިރުގައި ހއ. ހޯރަފުށީ މީހަކަށް 15 ދުވަހުގެ ތެރޭގައި 587،466 ރުފިޔާ ދައްކުމަށް ހުކުމްކުރި އެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 06:14
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާ ގެ ދެ ކޮއްކޮ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާ ގެ ދެ ކޮއްކޮ

ޕްންޒީ ސްކީމާ ގުޅިގެން ގެއްލުން ވެފައިވާ ބަޔަކަށް 15 ދުވަހުގެ ތެރޭގައި ބައި މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮގެ މައްޗަށް ހުކުމް ކޮށްފި އެވެ. 

އަލްހާން އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް 587،466 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފައި ވަނީ ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމް އެއް ހިންގުމުގެ ނަމުގައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައި އެކަން އިއުލާން ކުރި ފަހުންނެވެ. 

Advertisement - newsAdvertisement

މިދިޔަ އޮކްޓުބަރު މަހުގެ 30 ވަނަ ދުވަހު ޕީޖީ އޮފީހުން ބުނީ، މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދައުވާ ލިބޭ ފަރާތްތަކުން ކުރި ކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާސް ކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް ދައުވާލިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާ ކަން ކަށަވަރުވެފައިވާ ކަމަށް އޭރު ޕީޖީން ބުނެ އެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ފުލުހުން ބުނާ ކަމަށް ވެސް ޕީޖީން އޭރު ބުނެފައިވެ އެވެ.

މި މައްސަލަ ބަލާ ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތަރު ކުރި ހުކުމުގައިވާ ގޮތުން، ކޯޓަށް ހާޒިރުވާން އަލްހާން އަދި އޭނާ ގެ ދެ ކޮއްކޮ އަށް އާއްމުކޮށް އަންގައި އިއުލާނު ވެސް ކުރިއެވެ. އެހެންނަމަވެސް އެ ފަރާތްތަކުން ކޯޓަށް ހާޒިރު ވެފައެއް ނުވެ އެވެ. އެހެންވެ މައްސަލަ ނިންމީ އެ ފަރާތްތަކުގެ ޣައިރު ހާޒިރުގަ އެވެ.

އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޕީޖީން އިއުލާން ކޮށްފައިވަނިކޮށް، ސިވިލް ކޯޓުން ހުކުމް ކުރީ، ހއ. ހޯރަފުށީ މީހެއްގެ އަތުން އެ ސްކީމަށް ނެގި ފައިސާތަކެއް ދައްކާށެވެ. އެ ފައިސާގެ ތެރޭގައި ޕޮންޒީ ސްކީމަށް އިންވެސްޓް ކުރި ފައިސާ އާއި، ފައިދާ ގެ އިތުރުން ވަކީލު ފީ ވެސް ހިމެނެ އެވެ.

އަލްހާން ފަހުމީޕޮންޒީ ސްކީމްކިންގްސް ކެޕިޓަލްސިވިލް ކޯޓުޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު