Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލިއްޔަތުގެ ގަވައިދު

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭނެ ގޮތަށް ގަވާއިދު ބަދަލުކުރުމަށްފަހު، 53 ކުންފުންޏަކާ 206 ޕްރޮޖެކްޓް ހަވާލުކޮށްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2025 | ހޯމަ 11:52
ބިޑު ކުރުމެއް ނެތި ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބިޑު ކުރުމެއް ނެތި ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލުކޮށްގެން، ސަރުކާރުގެ ޕްރޮޖެކްޓްތައް ދޭ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ހުށަހަޅައިފި އެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ލީޑަގް ޑައިރެކްޓަރ އަޙްމަދު މަޢުރޫފު، ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، މި ހިނގާ ރިޔާސީ ދައުރު ފެށުނުއިރު އަމަލުކުރަމުން އައި ގަވައިދު ނަންބަރު 2023/R-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަކީ ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ގާއިމުކޮށް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވައިލައިފައިވާ ގަވައިދެކެވެ. އެހެންނަމަވެސް، ނިޒާމީ ގޮތެއްގައި ކޮރަޕްޝަން ހިންގުމަށް ޖާގަ ހޯދުމުގެ ގޮތުން، އިއުލާންކުރުމެއްނެތި އަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާ ނުލައި، ސަރުކާރުން ބޭނުން ފަރާތަކަށް ޕްރޮޖެޓްތައް ހަވާލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، މި ސަރުކާރުން ވަނީ އެ ގަވައިދަށް 4 ފަހަރެއްގެ މަތިން ބަދަލުގެނެސްފަ އެވެ.

Advertisement - newsAdvertisement

އަދި ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން، "ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތައް" ގެ ގޮތުގައި ކަނޑައަޅާ ކޮންމެ މަޝްރޫޢަކީ އެ ކޮމިޓީއިން ބޭނުންވާ ކޮންމެ ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭނެ މަޝްރޫޢެކެވެ. މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުޅި ޕްރޮކިއުމަންޓުގެ ނިޒާމު ގަޑުބަޑުވެ، ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް މައުރޫފުގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތައް ބީލަމަށް ނުލައި، ހާމަކަމެއް، ވާދަ ކުރުމުގެ ފުރުސަތެއް ނެތި، ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭނެ ގޮތަށް ގަވައިދު ބަދަލުކުރުމަށްފަހު، 53 ކުންފުންޏަކާ 206 ޕްރޮޖެކްޓް ހަވާލުކުރުމަށް، މި ހިނގާ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހު އެގްރީމަންޓް ތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތި ކޮށްފައިވާ މި ކަމުން ފާހަގަކުރެވޭ މައްސަލަތައް މިސިޓީގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.

އެގޮތުން ބީލަމަށް ނުލައި ޕްރޮޖެކްޓްތައް ދެވޭނެ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ގަވައިދު ބަދަލުކުރުމާއި، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ދުރާލައި އިއުލާނުކޮށްފައި ނުވުމުގެ އިތުރުން، ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފުރުސަތު ދީފައި ނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކަށް ޕްރޮޖެކްޓް ހަވާލުކުރުމާއި، ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތަކުގެ ފަންނީ ޤާބިލުކަމާއި ތަޖުރިބާއަށް ބަލައިފައި ނެތުމުގެ އިތުރުން، އެއް ބާވަތެއްގެ އަދި އެއް ބޮޑުމިނެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދިނުމާއި، އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމުކޮށްފައި ނުވުން ހިމެނެ އެވެ.

އެހެންކަމުން ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލުކޮށްގެން މި ދެންނެވި ފަދަ އަމަލުތައް ކުރަން ސަރުކާރުން ފަށައިފައި ވުމުގެ ސަބަބުން، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ހާމަކަމާއެކު އަދި ދައުލަތަށް އެންމެ ފައިދާ ވާނެގޮތަށް ގެންދިއުމަށް ހުރަސް އެޅި، ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ ޖާގަ ނުހަނު ބޮޑަށް ހުޅުވިގެންދާނެ ކަމަށް މިސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

މި ސަބަބުތަކަށް ބަލާއިރު، މި ކަމަކީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ޢަމަލުތަކެއްކަން އެނގޭ ކަމަށާއި، މިހެންކަމުން، ކޮރަޕްޝަންގެ މި ޢަމަލުތައް އަވަހަށް ބަލައި، ތަހުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަކީ މި ބާވަތުގެ ކުށްތައް ހުއްޓުވުމަށް ވަރަށް މުހިންމު ކަމެެއް ކަމަށް މައުރޫފުގެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އަދި ކޮރަޕްޝަންގެ މި އަމަލުތައް ބަލައި، ތަހުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމުގެ ގޮތުން، މި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުން އެދި ދަންނަވާ ކަމަށް މައުރޫފު ވިދާޅުވެފައިވެ އެވެ.

އަހުމަދު މައުރޫފްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމާލިއްޔަތުގެ ގަވާއިދުޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

10 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

07 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު