Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2026

އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދު ކުރަނީ ފެނާއި ނަރުދަމާ އަށް ވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް، މިއީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން : ޝަމްހީދު

25 ނޮވެމްބަރު 2025 | އަންގާރަ 08:25

ރާއްޖޭގެ ބަޖެޓުން ފެނާއި ނަރުދަމާއަށް ވުރެ ބޮޑަށް ހަތިޔާރު ގަތުމަށް ޚަރަދު ކުރާއިރު 2026 ވަނަ އަހަރު ދިފާއީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ނޮވެމްބަރު 2025 | އަންގާރަ 08:25
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު މަޖިލީހުގައި ވާހަކަދައްކަވަނީ

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު މަޖިލީހުގައި ވާހަކަދައްކަވަނީ

ރާއްޖޭގެ ބަޖެޓުން ޚަރަދު ކުރަނީ ފެނާއި ނަރުދަމާ އަށް ވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝަމްހީދު ވަނީ ހަތިޔާރަށް ބޮޑު ޚަރަދެއް ކުރުމަކީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މި ބިލިއަނެއްހާ ރުފިޔާ ބަޖެޓު ބޭރުން ހޭދަކޮށް މި ސަރުކާރުން ނިންމާފައި ވާއިރު އެކި އެކި ކުންފުނިތަކަށް ފައިސާ ޖަމާކޮށްގެން ހަތިޔާރާ ސޮފްޓްވެއަރ ގަނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ބޭނުން ވަނީ ބަރު ހަތިޔާރު ނޫން ކަމަށާއި އެކަން ކުރެވޭނީ ރާއްޖެ އާއި ޤައުމުތަކާއި ދެމެދު އޮންނަ ހާރިޖީ ގުޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"7 ބިލިޔަނެއްހާ ރުފިޔާ ބަޖެޓުން ބޭރުން ހޭދަކޮށްފި. އަޅުގަނޑުމެން މި ދައްކަނީ ތަރައްޤީ އަށް ކަންކަން ނުވާ ވާހަކަ. އެތައް ބިލިއަން ރުފިޔާ އެއް ގޮތް ނޭނގޭ ގޮތަށް ހޭދަކޮށްފި." އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ބަޖެޓް ހޭދަކުރާ ގޮތަށް ޝަމްހީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވަނީ އާއްމުންނާއި މެދު ވިސްނުމެއް ނެތި ބަޖެޓުގައި ބައެއް ކަންކަން ކޮށްފައިވާ ކަަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އާ މުސާރައިގެ އޮނިގަނޑުގެ ސަބަބުން އާއްމުންނަށް އެތައް ދައްޗަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ޖުޑީޝަރީ ތިބީ މަގުމަތީގައި އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލާއި، ސިއްހީ ދާއިރާ އާއި އެހެން ދާއިރާތަކުގެ މީހުން ތިބީ މަގުމަތިވެފައި. މި ދައްކަނީ ކުދި ކުދި އަދަދުތަކުގެ ވާހަކަ އެއް ނޫން. އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުން އަތުން ފަސް ހާސް ރުފިޔާ މަދުވޭ." އޭނާ ވިދާޅުވި އެވެ.

2026 ވަނަ އަހަރު ދިފާއީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ހިނގާ 2025 ވަނަ އަހަރުގެ އަސްކަރީ ބަޖެޓާއި އަޅާކިޔާ ނަމަ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަހްމަދު ޝަމްހީދުބަޖެޓް ދިފާއީ ހަރަދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
25 ނޮވެމްބަރު 2025

ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

25 ނޮވެމްބަރު 2025
ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
19 ނޮވެމްބަރު 2025

އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

19 ނޮވެމްބަރު 2025
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ
16 ނޮވެމްބަރު 2025

ރައީސް މުއިއްޒު މަޖިލީހަށް ބަޖެޓު ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރައްވާނެ: މެމްބަރު މައުރޫފް

16 ނޮވެމްބަރު 2025
ރައީސް މުއިއްޒު މަޖިލީހަށް ބަޖެޓު ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރައްވާނެ: މެމްބަރު މައުރޫފް
06 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

06 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ
02 ނޮވެމްބަރު 2025

2026 ގެ ބަޖެޓުން އަސްކަރީ ހަރަދަށް 2.8 ބިލިއަން ރުފިޔާ

02 ނޮވެމްބަރު 2025
2026 ގެ ބަޖެޓުން އަސްކަރީ ހަރަދަށް 2.8 ބިލިއަން ރުފިޔާ
02 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

02 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
30 އޮކްޓޯބަރު 2025

މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އަނެއްކާ އިތުރުވި ބަޖެޓް ރެކޯޑް

30 އޮކްޓޯބަރު 2025
މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އަނެއްކާ އިތުރުވި ބަޖެޓް ރެކޯޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް