Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އެމެރިކާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ހުކުރު ދުވަހު ޤައުމާ މުޚާތަބު ކުރައްވައި ޒެލެންސްކީ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ހަނގުރާމަ ނިންމުމުގެ ގޮތުން ބާއްވާ މަޝްވަރާ ތަކުގައި ޔުކްރެއިންގެ ސިފައިންގެ ބައެއް އިސް އޮފިޝަލުންނާއި، ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން އަދި އިންޓެލިޖެންސް އިދާރާ ތަކުގެ އިސް އޮފިޝަލުން ވެސް ބައިވެރިވާނެ ކަމަށެވެ.

ޔުކްރޭން އާއި އެމެރިކާގެ އޮފިޝަލުންގެ މަޝްވަރާތަކުގައި ސިފައިންގެ، ބޭރުގެ ކަންކަމުގެ އަދި އިންޓެލިޖެންސް އިދާރާތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 04:17
ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ވަރަށް އަވަހަށް މަޝްވަރާ ކުރަަން ފެށޭނެ ކަމަށް، ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ޤައުމާ މުޚާތަބު ކުރައްވައި ޒެލެންސްކީ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ހަނގުރާމަ ނިންމުމުގެ ގޮތުން ބާއްވާ މަޝްވަރާ ތަކުގައި ޔުކްރެއިންގެ ސިފައިންގެ ބައެއް އިސް އޮފިޝަލުންނާއި، ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން އަދި އިންޓެލިޖެންސް އިދާރާ ތަކުގެ އިސް އޮފިޝަލުން ވެސް ބައިވެރިވާނެ ކަމަށެވެ.

އެގޮތުން އެ މަޝްވަރާ ތަކުގެ މައިގަނޑު މަޤުސަދަކީ ގިނަ ދުވަސް ތަކަކަށް ދެމިގެންދާ ހަނގުރާމަ ނިންމުމަށް ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް ދެ ޤައުމަށް ވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ. މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ގެދޮރު ދޫކޮށް ދާން ޖެހުނު މީހުންގެ އަދަދު ވެސް ވަނީ މިލިއަނުން މައްޗަށް އަރައިފަ އެވެ.

ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އަޅަމުން އަންނަ ޤައުމަކީ އެމެރިކާ އެވެ. އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަށް މިއަހަރުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އޭނާ ގެންދަވަނީ ހަނގުރާމަ ނިންމުމަށް ދެ ޤައުމަށް ވެސް ބާރު އަޅުއްވަމުންނެވެ. ނަމަވެސް، ޓްރަމްޕް މަސައްކަތް ކުރައްވަނީ ރަޝިޔާ އަށް ފައިދާވާ ގޮތަށް ކަމަށާއި، އޭނާ ބޭނުންފުޅު ވަނީ ރަޝިޔާ އިން އެދޭ ގޮތަށް ކަންކަން ކުރުމަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ސިފަ ކޮށްފަ އެވެ.

ފާއިތުވި އަހަރު ތަކުގައި ޔުކްރެއިން އަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދީފައިވާ ޤައުމަކީ ވެސް އެމެރިކާ އެވެ. އެގޮތުން އެމެރިކާ އިން ވަނީ ޔުކްރެއިން އަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީވެފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ އެހީތެރިކަމާއި، އަސްކަރީ އެހީތެރިކަން އަދި އިޤްތިޞާދީ އެހީތެރިކަން ވެސް ހިމެނެ އެވެ. ނަމަވެސް، މިހާރު އެމެރިކާ އިން އަންނަނީ ސުލްޙަވެރި އެއްބަސްވުމެއް އެކުލަވާލައި، ހަނގުރާމަ ނިންމުމަށް ބާރު އަޅަމުންނެވެ.

މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ޒެލެންސްކީގެ މި ބަޔާނަކީ، ދެ ޤައުމުގެ ދެ މެދުގައި ސުލްޙަވެރިކަން ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ބަދަލެއް އަންނަ އުޅޭ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެ އެވެ. ނަމަވެސް، މި މަޝްވަރާތައް ކުރިއަށް ދާނެ ތާރީޚެއް އަދި މަޝްވަރާ ތަކުގައި ހިނގާނެ ކަންކަމުގެ އެއްވެސް ތަފްސީލެއް ޒެލެންސްކީ ހާމަ ކުރައްވާފައި ނުވެ އެވެ.

ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް އަންނަނީ ހަނގުރާމަ ހުއްޓާލައި، ދެ ޤައުމުގެ ދެ މެދުގައި ސުލްޙަވެރިކަން ޤާއިމު ކުރުމަށް ގޮވާލަމުންނެވެ. ޔޫރަޕުގެ ބާރު ތަކުން އަންނަނީ ޔުކްރެއިންގެ މަސްލަޙަތު ހިމާޔަތް ކުރަން ޖެހޭ ކަމަށް ގޮވާލައި، ރަޝިޔާ އިން ބޭނުންވާ ގޮތަށް ކަންކަން ނުވާނެ ކަމަށް ހާމަ ކުރަމުންނެވެ.

މަސްދަރު: ރޮއިޓާސް

ޔޫކްރެއިން-ރަޝިޔާވުލެޑިމިއަރ ޒެލެންސްކީސުލްހައިގެ މަޝްވަރާތައްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު