Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެން

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

ޕެރިސް އެގްރިމެންޓްގައިވާ ކަންކަން ތަންފީޒު ކުރުމަށް ޤައުމުތަކުން ކުރަން ޖެހޭ ކަންކަން ކުރުމަށް އދ އިން ބާރު އެޅުމަށްވެސް ކައުންސިލުން ގޮވާލި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2025 | ހޯމަ 09:13
އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު

އދގެ ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލް ބައްދަލުވުމުގައި ކުރީގެ ޚާރިޖީ ވަޒީރު އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.

މި ބައްދަލުވުން އޮތީ ޤަތަރުގެ ވެރިރަށް ދޯހާ ގައެވެ.

Advertisement - newsAdvertisement

ޢާއްމު މަޖިލީހުގެ ކުރީގެ 13 ރައީސަކު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަށްފަހު ނެރުނު ދޯހާ ޑެކްލަރޭޝަންގައި، އާއްމު މަޖިލީހުގެ ރައީސުން ވަނީ 21 ވަނަ ޤަރުނުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރެވޭ ތަނަކަށް އދ ހެދުމަށް، ގެންނަން ޖެހޭ ބަދަލުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކޮށް، ދުނިޔޭގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އދ އުފެއްދި މައިގަނޑު މަޤްސަދަށް އަނެއްކާވެސް ރުޖޫޢަވެ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ބާރު ނެގެހެއްޓުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ. އަދި ތިމާވެށިގެ ސަމިޓްގައި އެކުލަވާލެވުނު ޕެރިސް އެގްރިމެންޓްގައިވާ ކަންކަން ތަންފީޒުކުރުމަށް ޤައުމުތަކުން ކުރަން ޖެހޭ ކަންކަން ކުރުމަށް އދ އިން ބާރު އެޅުމަށްވެސް ކައުންސިލުން ގޮވާލި އެވެ.

ދޯހާގައި ބެއްވި ކައުންސިލް އޮފް ޕްރެޒިޑެންޓްސް އޮފް ދަ ޔޫ.އެން ޖެނެރަލް އެސެމްބްލީގައި އެ ކައުންސިލްގެ ރައީސްކަމަށް ޤަތަރުގެ ނާސިރް އަބްދުލްޢަޒީޒް ނާސިރު މެމްބަރުންގެ އިއްތިފާޤުން ވަނީ އިންތިޚާބުކޮށްފަ އެވެ. ނާސިރު އަކީ އދގެ 66 ވަނަ ދައުރުގެ އާއްމު މަޖިލީހުގެ ރައީސެވެ. އަދި ނައިބު ރައީސާކަމަށް އިކުއެޑޯރގެ މާރިއާ ފެނާންޑާ އެސްޕިނޯސާ ވެސް ވަނީ އިންތިޚާބު ކޮށްފައެވެ. އެކަމަނާ އަކީ 73 ވަނަ ސެޝަންގެ ރައީސާ އެވެ.

ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ އެމަޖިލީހުގެ 76 ވަނަ ސެޝަންގައި، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރަށެވެ.

1997 ވަނަ އަހަރު އުފެއްދި ކައުންސިލް އޮފް ޔޫ.އެން ޖެނެރަލް އެސެމްބްލީ ޕްރެޒިޑެންޓްސް އަކީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށާއި، އާއްމު މަޖިލީހަށް ލަފާ އަރުވާ، އެ މަޖިލީހުގެ މަސައްކަތަކާއި މަލްޓިލޭޓަރަލިޒަމް ކުރިއަރުވާ ކައުންސިލެވެ. މި ކައުންސިލްގެ މެމްބަރުންނަކީ އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި، އެވަގުތު ހިނގަމުންދާ ކައުންސިލްގެ ރައީސެވެ.

ޔޫއެންއަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

05 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު

ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު