Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއޭލާ ގެ ރައީސް މަގާމުން ދުރުކުރަން އެމެރިކާ ސަރުކާރުން ސިއްރު އަސްކަރީ އޮޕަރޭޝަނެއް ފަށަނީ

އެމެރިކާ ސަރުކާރުން ވެނެޒުއޭލާގެ ރައީސް މަދޫރޯ މަގާމުން ދުރުކުރުމަށް ސިއްރު އަސްކަރީ އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އޮފިޝަލުންނަށް ހަވާލާދީ ރިޕޯޓުތައް ބުނެފިއެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުވައި މަދޫރޯގެ ސަރުކާރަށް ފިއްތުންތައް ބޮޑުކުރަމުން ދާއިރު، ވެނެޒުއެލާގެ ރައްޔިތުންނާއި އަސްކަރިއްޔާ އިން ކޮންމެ މިފަދަ މަސައްކަތަކަށް ދެކޮޅު ހަދާނެ ކަމަށް މަދޫރޯ ވިދާޅުވި.

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2025 | އާދީއްތަ 13:20
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވެނެޒުއެލާގެ ދަރިވަރުގެ ދުވަސް ފާހަގަކުރުގައި ބައިވެރިވެވަޑައިގަންނަވަނީ - ނޮވެމްބަރު 21، 2025

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވެނެޒުއެލާގެ ދަރިވަރުގެ ދުވަސް ފާހަގަކުރުގައި ބައިވެރިވެވަޑައިގަންނަވަނީ - ނޮވެމްބަރު 21، 2025

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރަން އެމެރިކާ ސަރުކާރުން ސިއްރު އަސްކަރީ އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުންދާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފި އެވެ.

ރޮއިޓާސް އަށް މަޢުލޫމާތު ދެމުން އެމެރިކާގެ ހަތަރު އޮފިޝަލަކު ބުނީ، ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރަށް ޓްރަމްޕްގެ ސަރުކާރުން ފިއްތުންތައް ބޮޑު ކުރަމުންދާ ދަނޑިވަޅެއް ގައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެނެޒުއެލާއާ ގުޅުންހުރި އަސްކަރީ އޮޕަރޭޝަންތަކެއްގެ އާ މަރުހަލާއެއް ފެށުމަށް އެމެރިކާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ދެ އޮފިޝަލަކު ބުނެފައިވަނީ، މަދޫރޯއާ ދެކޮޅަށް ފަށާ އާ ހަރަކާތުގެ ފުރަތަމަ ބައިގައި ހިންގާނީ ސިއްރު އޮޕަރޭޝަންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. މި ކަމާ ބެހޭ ގޮތުން ރޮއިޓާސް އަށް ވާހަކަ ދެއްކި ހަތަރު އޮފިޝަލުން ވެސް ވާހަކަ ދެއްކީ، އެމެރިކާ އިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ނާޒުކުކަމަށްޓަކައި، އެ މީހުންގެ ނަން ހާމަނުކުރުމަށް ޝަރުޠުކޮށެވެ.

ޕެންޓަގަނުން ވަނީ މިކަމާ ގުޅޭ ސުވާލުތައް ވައިޓް ހައުސްއާ ކުރުމަށް އަންގާފައެވެ. އަދި ސީއައިއޭ އިން ވަނީ މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައެވެ.

ހޮނިހިރު ދުވަހު ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފައިވަނީ ވެނެޒުއެލާއާ ގުޅޭގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އިސްތިސްނާ ނުކުރާ ކަމަށެވެ.

ނަން ހާމަނުކުރުމަށް ޝަރުޠުކޮށް އެ އޮފިޝަލު ބުނީ، "އެމެރިކާ އަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް އެމެރިކާގެ ބާރުގެ ދަށުގައިވާ ހުރިހާ ވަސީލަތެއް ބޭނުންކުރަން ރައީސް ޓްރަމްޕް ހުންނެވީ ތައްޔާރަށް،" ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން ދަނީ އެމެރިކާގެ ރައްޔިތުން މަރުވާން މެދުވެރިވާ ގަވާއިދާ ޚިލާފު މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި މަދޫރޯ އަދާކުރާ ކަމަށް ބުނާ ދައުރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެނެޒުއެލާއާ ގުޅުންހުރި ގޮތްތައް ދިރާސާ ކުރަމުންނެވެ. ނަމަވެސް މަދޫރޯ ވަނީ މަސްތުވާތަކެތީގެ ވިޔަފާރިއާ އޭނާއާ ގުޅުވައިގެން އެމެރިކާ އިން ދައްކާ ވާހަކަ ތައް ދޮގުކުރައްވާފައެވެ.

އެމެރިކާގެ ދެ އޮފިޝަލަކު ރޮއިޓާސް އަށް ބުނީ، ދިރާސާ ކުރަމުންދާ ގޮތްތަކުގެ ތެރޭގައި މަދޫރޯ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރުން ވެސް ހިމެނޭ ކަމަށެވެ.

2013 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި މަދޫރޯ ވިދާޅުވަމުން ގެންދަވަނީ، ޓްރަމްޕް މަސައްކަތް ކުރައްވަނީ އޭނާ ވެރިކަމުން ދުރުކުރުމަށް ކަމަށާއި، އެފަދަ ކޮންމެ މަސައްކަތަކަށް ވެނެޒުއެލާގެ ރައްޔިތުންނާއި އަސްކަރިއްޔާއިން ދެކޮޅު ހަދާނެ ކަމަށެވެ.

އާދީއްތަ ދުވަހު 63 ވަނަ އުފަންދުވަސް ފާހަގަކުރައްވާ ވެނެޒުއެލާގެ ރައީސް، ހޮނިހިރު ދުވަހުގެ ރޭ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޓީވީ ސިލްސިލާއެއްގެ ފުރަތަމަ ބައި ދެއްކުމަށް ކަރާކަސްގެ މައި ތިއޭޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކެރީބިއަން ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރުމުގެ މަސައްކަތް ކުރާތާ މަސްތަކެއް ވެފައިވާއިރު، ވެނެޒުއެލާ ގައި ސިއްރު ސީއައިއޭ އޮޕަރޭޝަންތައް ހިންގުމުގެ ހުއްދަ ޓްރަމްޕް ވަނީ ދެއްވާފައެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހުކުރު ދުވަހު ވަނީ ބޮޑެތި އެއަރލައިންތަކަށް އިންޒާރުދީ، ވެނެޒުއެލާގެ މަތިން ދަތުރުކުރުމަކީ "ނުރައްކާތެރިވެދާނެ ކަމެއް" ކަމަށާއި، އެކަމަށް ސަމާލުވުމަށް އަންގާފައެވެ.

އެފްއޭއޭގެ އިންޒާރާ ގުޅިގެން ބައިނަލްއަޤްވާމީ ތިން އެއަރލައިނަކުން ހޮނިހިރު ދުވަހު ވެނެޒުއެލާ އިން ފުރަން އޮތް ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ.

އެމެރިކާ-ވެނެޒުއެލާނިކޮލާސް މަދޫރޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ

ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު