Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއޭލާ

ރައީސް ޓްރަމްޕްގެ ފަރާތުން ވެނެޒުއޭލާ އަށް ކުރިމަތިވަމުން އަންނަ "ނުރައްކާތަކާ" ކުރިމަތިލުމަށް އެހީތެރިވެ ދިނުމަށް ރައީސް މަދޫރޯ އޯޕެކް ގެ މެމްބަރުންނަށް ގޮވާލައްވައިފި

ވެނެޒުއޭލާ ގެ ރައީސް މަދޫރޯ އޯޕެކް ގައުމުތަކަށް ގޮވާލައްވާފައި ވަނީ، އެމެރިކާ އިން އެ ގައުމުގެ ތެލުގެ ރިޒާވްތައް ހިފުމަށް ކުރާ މަސައްކަތްތަކާއި ޓްރަމްޕްގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް އެހީތެރިވެދިނުމަށެވެ. އެމެރިކާ އިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި ކެރިބިއަން ސަރަހައްދަށް ބޮޑު އަސްކަރީ ބާރެއް ވަނީ ޖަމާ ކޮށްފައި.

ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 16:18
ވެނެޒުއެލާގެ ކަރަކާސް ގައި ސަރުކާރުން ބޭއްވި ސިވިކް-މިލިޓަރީ ޕެރޭޑެއް ޑިފެންސް މިނިސްޓަރު ވްލަޑިމިއާ ޕެޑްރިނޯ ލޮޕޭޒް އާއި ރައީސް ނިކޮލަސް މަދޫރޯ ބައްލަވާލައްވަނީ.

ވެނެޒުއެލާގެ ކަރަކާސް ގައި ސަރުކާރުން ބޭއްވި ސިވިކް-މިލިޓަރީ ޕެރޭޑެއް ޑިފެންސް މިނިސްޓަރު ވްލަޑިމިއާ ޕެޑްރިނޯ ލޮޕޭޒް އާއި ރައީސް ނިކޮލަސް މަދޫރޯ ބައްލަވާލައްވަނީ.

އެމެރިކާ އަދި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ވެނެޒުއޭލާ އަށް ކުރިމަތިވަމުން އަންނަ "ނުރައްކާތަކާ" ކުރިމަތިލުމަށް އެހީތެރިވެ ދިނުމަށް އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އޯޕެކް (ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްޢިއްޔާ) ގެ މެމްބަރު ގައުމުތަކަށް ގޮވާލައްވައިފި އެވެ.

އާދިއްތަ ދުވަހު، އޯޕެކް ގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއް ގައި މަދޫރޯ ވިދާޅުވެފައިވަނީ، ދުނިޔޭގައި އެންމެ ބޮޑު ތެލުގެ ރިޒާވް ހުރި ގައުމު ކަމަށްވާ ވެނެޒުއޭލާގެ ތެޔޮ ރިޒާވްތައް "ހިފަން" އެމެރިކާ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ސަރުކާރުގެ ބްރޯޑްކާސްޓަރ އިން ނެރުނު ސިޓީގެ ކޮޕީ އެއް ގައި މަދޫރޯ ވިދާޅުވެފައި ވަނީ، "މި ހަމަލާ ހުއްޓުވުމަށް، އެ ގައުމުތަކުގެ އެންމެ ބޮޑު އެހީތެރިކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާގެ ސިޓީ ގައި އެމެރިކާ ގެ ނުރައްކާތެރިކަން ދަނީ ވަރުގަދަވަމުން ކަމަށާއި، އަދި ތެޔޮ އުފައްދާ އަދި ބޭނުންކުރާ ގައުމުތަކަށް ވެސް ބައިނަލްއަޤްވާމީ ތެލުގެ ބާޒާރުގެ ހަމަޖެހުމަށް ސީރިއަސް ނުރައްކަލެއް އެމެރިކާގެ މި އަމަލުގެ ސަބަބުން ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މަދޫރޯ ވަނީ، ވެނެޒުއޭލާގެ ސަރަހައްދަށާއި އާންމު ރައްޔިތުންނަށް އެމެރިކާ އިން ކުރިމަތިކުރަމުންދާ ނުރައްކާ ކުށްވެރި ކުރައްވާފަ އެވެ.

ވެނެޒުއޭލާ އަށް ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް (2023 ވަނަ އަހަރުގެ ނިޔަލަށް 303 ބިލިއަން ފީފާ އަށް ވުރެ ގިނަ ތެޔޮ ހުރިކަމަށް ލަފާކުރެވޭ) ލިބިފައި ވިޔަސް، 2023 ވަނަ އަހަރު އެ ގައުމުން އެކްސްޕޯޓް ކޮށްފައި ވަނީ ޖުމްލަ 4.05 ބިލިއަން ޑޮލަރުގެ ތެލެވެ. މިއީ ތެޔޮ އުފައްދާ އެހެން މުހިންމު ގައުމުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. މީގެ ބައެއް ސަބަބުތަކުގެ ތެރޭގައި ޓްރަމްޕް ގެ ފުރަތަމަ ދައުރުގައި އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.

އީރާނާއި، އިރާޤާއި، ކުވައިތާއި، ސަޢޫދީ ޢަރަބިއްޔާ އާ އެކު، ލެޓިން އެމެރިކާގެ މި ގައުމަކީ 1960 ގައި އޯޕެކް އުފެއްދުމުގައި ބައިވެރިވި ގައުމެކެވެ.

މަދޫރޯ ގެ ސިޓީ އޯޕެކް ގައުމުތަކަށް ފޮނުއްވީ، ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި، ވެނެޒުއޭލާ ގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ލިޔުއްވިތާ އެއް ދުވަސް ފަހުންނެވެ.

ޓްރަމްޕް ގެ ސަރުކާރުގެ އަސްކަރީ ބާރު ކެރިބިއަން ސަރަހައްދުގައި ފުޅާކުރަމުން ދަނީ އެ ގައުމުގެ ތެޔޮ އަދި ގޭސް ރިޒާވްތަކަށް އަތްގަދަ ކުރަން ކަމަށް، މަދޫރޯގެ ސަރުކާރުން މީގެ ކުރިން ވެސް އެތައް ފަހަރަކު ބުނެފައި ވެއެވެ.

ވައިޓް ހައުސް އިން ބުނާ ގޮތުގައި އެމީހުންގެ ސަމާލުކަން ހުއްޓިފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. މިހެން އެމެރިކާ އިން ބުނި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ވޮޝިންގޓަން އިން އަމިއްލަ އަށް އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ވެނެޒުއޭލާ އަކީ އެމެރިކާ އަށް މަސްތުވާތަކެތި އެތެރެކުރާ މައިގަނޑު ގައުމެއް ނޫނެވެ.

ކެރިބިއަން ސަރަހައްދަށް ޖަމާކޮށްފައިވާ އެެމެރިކާ ގެ އަސްކަރީ އުޅަނދުތަކުން މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރާ އުޅަނދުތަކަށް އެމެރިކާ އިން މިހާތަނަށް ދިން ހަމަލާތަކުގައި މަދުވެގެން 83 މީހުން މަރުވެފައިވެއެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި، އަދި މިއީ ގާނޫނާ ޚިލާފަށް މީހުން މެރުން ކަމަށް ބުނެ ކުށްވެރިކޮށްފައިވެއެވެ.

އެމެރިކާ އިން ވަނީ ކެރިބިއަން ސަރަހައްދަށް، ދުނިޔޭގެ އެންމެ ބޮޑު އެއަރކްރާފްޓް ކެރިއަރ، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އާއި އެހެން ހަނގުރާމަމަތީ ބޯޓުފަހަރު ފޮނުވުމުގެ އިތުރުން އެތައް ހާސް ސިފައިންނާއި އެފް-35 ފައިޓަރ ޖެޓް ހިމެނޭ ގޮތަށް ބޮޑު އަސްކަރީ ބާރެއް ފޮނުވާފައެވެ.

އެމެރިކާ-ވެނެޒުއޭލާނިކޮލާސް މަދޫރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ

ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
ވެނެޒުއެލާ އަށް ހަމަލާ ދިނުމަށް ޓްރަމްޕް ތައްޔާރުވަނީތަ؟

ވެނެޒުއެލާ އަށް ހަމަލާ ދިނުމަށް ޓްރަމްޕް ތައްޔާރުވަނީތަ؟

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު