Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

ވެނެޒުއޭލާ ސަރަހައްދު ގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކޮށް، އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެއް ކެރެބިއަން ސަރަހައްދަށް ވަދެއްޖެ

އެމެރިކާގެ އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެއް ކެރިބިއަންއަށް ވަދެ ވެނެޒުއެލާގެ ކައިރީގައި ސިފައިންގެ ހަރަކާތް ވަރަށް ބޮޑަށް ފުޅާކޮށްފައިވާއިރު، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ފިޔަވަޅެއްގެ ގޮތުގައި ބުނެފައިވީ ނަމަވެސް އެމެރިކާ އިން ވެނެޒުއެލާގެ ވެރިޔާ މަދޫރޯ އާ ދެކޮޅަށް ހަމަލާ އެއް ދިނުމަށް ވިސްނަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނޭ.

ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2025 | ހޯމަ 01:50
ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ކެރިއާ ސްޓްރައިކް ގްރޫޕްގައި ހިމެނެނީ އެމެރިކާގެ އެންމެ ޒަމާނީ އެއާކްރާފްޓް ކެރިއާ އާއި ދެ ގައިޑްޑް-މިސައިލް ޑިސްޓްރޯޔަރ އާއި އެހެނިހެން ސަޕޯޓް ވެސަލްސް އަދި އެއާކްރާފްޓް

އެމެރިކާގެ ސިފައިން އާދީއްތަ ދުވަހު އިއުލާންކުރި ގޮތުގައި އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެއް ކެރިބިއަންއަށް ވަދެއްޖެ އެވެ. މިއާ އެކު، ވެނެޒުއެލާ ގެ ކައިރީގައި އެމެރިކާގެ ސިފައިންގެ ހަރަކާތް ވަރަށް ބޮޑަށް ވަނީ ފުޅާ ކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެރިބިއަން ގައި ސިފައިން އިތުރުކުރުމަށް އަމުރު ކުރައްވާފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި އާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ނަމަވެސް، ވޮޝިންޓަނުން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާ ދެކޮޅަށް ސިފައިންގެ ހަމަލާ އެއް ދިނުމަށް ވިސްނަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

ލެޓިން އެމެރިކާ އާއި ކެރިބިއަން ގައި އެމެރިކާގެ ސިފައިންގެ މަސައްކަތް ބަލަހައްޓާ އެމެރިކާގެ ސަދަން ކޮމާންޑް (ސައުތްކޮމް) އިން ބުނެފައި ވަނީ ޔޫއެސްއެސް ޖެރަލްޑް އާރު ފޯޑް ކެރިއާ ސްޓްރައިކް ގްރޫޕް އެފަރާތުގެ ޒިންމާ ހިނގާ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު ސައުތުކޮމް ގެ ބަޔާނެއް ގައި އިއުލާންކުރި ގޮތުގައި ސްޓްރައިކް ގްރޫޕް ކެރިބިއަން ކަނޑަށް ވަދެފައިވާއިރު، މި ފިޔަވަޅަކީ ޓްރަމްޕް "އެމެރިކާ ދިފާއު ކުރުމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ޖަމާއަތްތައް ނައްތާލުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް" ދެއްވި އިރުޝާދާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.

ސްޓްރައިކް ގްރޫޕް ގައި އެމެރިކާގެ އެންމެ ޒަމާނީ އެއާކްރާފްޓް ކެރިއާ އާއި، ދެ ގައިޑެޑް-މިސައިލް ޑިސްޓްރޯޔަރާއި، އެހެނިހެން ސަޕޯޓް ބޯޓުތަކާއި އެއާކްރާފްޓްތައް ހިމެނެއެވެ.

މިއީ "އޮޕަރޭޝަން ސަދަން ސްޕިއާ" ގެ ނަމުގައި ކެރިބިއަން ގައި ވަރަށް ގިނަ ހަނގުރާމަ މަތީ ބޯޓުތަކާ އެކު ހިންގާ އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސެޕްޓެމްބަރު މަހު މަސްތުވާތަކެތީގެ ވިޔަފާރި އާ ދެކޮޅަށް އެމެރިކާ ސިފައިންހަނގުރާމަ ފެށިފަހުން މިހާތަނަށް، އޭއެފްޕީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެމެރިކާގެ ސިފައިން ބައިނަލްއަގުވާމީ ކަނޑުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ މަދުވެގެން 80 މީހުން މަރާލާފައިވެއެވެ.

ކެރިބިއަން އާއި އިރުމަތީ ޕެސިފިކް ގައި ދިން 20 ހަމަލާ ގައި މަރުވި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިވެރިން ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އެކަން ސާބިތު ކުރުމަށް އެއްވެސް ތަފްސީލެއް އެ ގައުމުން ހާމަ ކޮށްފަ އެއް ނުވެއެވެ.

މާހިރުން ބުނާ ގޮތުގައި، އެ އެމީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ކަމުގައި ވިޔަސް ބެލެވޭނީ އެ މީހުން މަރާލާފައި ވަނީ ގާނޫނީ އިޖުރާއަތުތަކެއް ނެތި ކަމުގައެވެ.

އަނެއް ކޮޅުން ވެނެޒުއޭލާ އިން ދެކެނީ އެމެރިކާ ސިފައިންގެ ހަރަކާތް އިތުރުކުރުމަކީ ސީދާ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައެވެ.

އެމެރިކާ އިން ވެނެޒުއޭލާގެ ރައީސް މަދޫރޯ އަކީ އެ ގައުމުގެ ގާނޫނީ ރައީސްކަމުގައި ގަބޫލެއް ނުކުރެ އެވެ. އެމެރިކާ އިން ބުނަނީ ރައީސް މަދޫރޯ އަކީ މަސްތުވާތަކެތީގެ ކާޓެލެއްގެ ލީޑަރެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމަށް އެހީވެދޭ ފަރާތަކަށް 50 މިލިއަން ޑޮލަރުގެ އިނާމެއް އެމެރިކާ އިން ހުށަހަޅާފައި ވެއެވެ.

އެމެރިކާ-ވެނެޒުއެލާނިކޮލާސް މަދޫރޯކެރިބިއަންމަސްތުވާތަކެތި ޓްރެފިކްކުރުންއެމެރިކާގެ ސައުތާން ކޮމާންޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
05 ޑިސެމްބަރު 2025

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ
05 ޑިސެމްބަރު 2025

ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ރައީސް ޓްރަމްޕްގެ ފަރާތުން ވެނެޒުއޭލާ އަށް ކުރިމަތިވަމުން އަންނަ "ނުރައްކާތަކާ" ކުރިމަތިލުމަށް އެހީތެރިވެ ދިނުމަށް ރައީސް މަދޫރޯ އޯޕެކް ގެ މެމްބަރުންނަށް ގޮވާލައްވައިފި

ވެނެޒުއެލާ އަށް ހަމަލާ ދިނުމަށް ޓްރަމްޕް ތައްޔާރުވަނީތަ؟

01 ޑިސެމްބަރު 2025
ވެނެޒުއެލާ އަށް ހަމަލާ ދިނުމަށް ޓްރަމްޕް ތައްޔާރުވަނީތަ؟
29 ނޮވެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު