Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިއޯނޭޓަލް ނާސިން

ރާއްޖޭގައި ނިއޯނޭޓަލް ނާސިންގ ގައި ޚާއްސަވެފައިވާ ސްޕެޝަލައިޒްޑް ނަރުހެއް ނެތް: އައިޖީއެމްއެޗްގެ ސީއީއޯ

މި ކޮންފަރެންސްއިން ރާއްޖޭގައި އަލަށް އުފަންވާ ކުދީންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަ ކުރެވިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ސެޕްޓެމްބަރު 2025 | ހުކުރު 08:10
ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވާހަކަދައްކަވަނީ

ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގައި ނިއޯނޭޓަލް ނާސިންގ ގައި ޚާއްސަވެފައިވާ ސްޕެޝަލައިޒްޑް ނަރުހެއް ނެތް ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި ކޮންފަރެންސްއިން ރާއްޖޭގައި އަލަށް އުފަންވާ ކުދީންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަ ކުރެވިގެންދާނެ ކަމަށެވެ. މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ނިއޯނޭޓަލް ނާސިންގެ ޕްރެކްޓިސްގައި ދިރާސާ ކުރުމާއި، އައު އިޖާދުތައް ހޯދުމުގެ ސަގާފަތެއް ބިނާ ކުރުމަށް ވެސް ބާރުއެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ހަލީމް ވިދާޅުވީ ފަރުވާ ދިނުމުގައި ގިނަ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، ދުވަސް ނުފުރާ އުފަންވާކުދީންނާއި، ނާޒުކު ހާލަތުގައި އުފަންވާ ކުދީން ދިރިހުރުމުގެ ނިސްބަތް އިތުރުވަމުންދާ ކަމަށެވެ.

ނަމަވެސް ތަމްރީން ވެފައިވާ ނިއޯނޭޓަލް ނަރުހުންގެ އަދަދު ވެސް މަދު ކަމަށާއި، ނިއޯނޭޓަލް ނާސިންގ ގައި ޚާއްސަވެފައިވާ ސްޕެޝަލައިޒްޑް ނަރުހެއް ނެތުން ވެސް މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ފަރުވާ ދިނުމުގައި ގިނަ ކުރިއެރުންތަކެއް މިދަނީ ގެނެވެމުން. ނަތީޖާއަކީ ދުވަސް ނުފުރާ އުފަންވާކުދީންނާ ނާޒުކު ހާލަތުގައި އުފަންވާ ކުދީން ދިރިހުރުމުގެ ނިސްބަތް އިތުރުވަމުންދާކަން. ނަމަވެސް ތަމްރީން ވެފައިވާ ނިއޯނޭޓަލް ނަރުހުންގެ އަދަދު ވެސް މަދުކަމަށް ފާހަގަކުރެވޭ. އަދި ނިއޯނޭޓަލް ނާސިންގ ގައި ޚާއްސަވެފައިވާ ސްޕެޝަލައިޒްޑް ނަރުހެއް ނެތުން ވެސް މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް. އެހެންނަމަވެސް ގައުމުގެ އެކިއެކި ކަންކޮޅުތަކުގައި އެންއައިސީޔޫ ފެސިލިޓީތައް ގާއިމް ކުރަމުންދާއިރު، މިކަމަށް މަސައްކަތްތަކެއް ކުރުމަށް ކަމާގުޅޭ ދައުލަތުގެ ވުޒާރާތަކާއި އަދި އެކިއެކި މުއައްސަސާތަކާ އެކީ ހައްލެއް ހޯދުމަށް މާލޭ ސިޓީ އޮފް ހޮސްޕިޓަލްސްއިން މަސައްކަތް ކުރާކަމުގެ ޔަގީންކަން އަރުވަން.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް

ނަރުހުންގެ މަސައްކަތަށް އިޝާރާތް ކުރައްވައި ހަލީމް ވިދާޅުވީ މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މިހާރު ވެސް ދާއިރާ ކުރިއެރުވުމަށް އިންސާނީ ވަސީލަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިބްރާހިމް އަބްދުއްރައްޒާގު ހަލީމްދަރުމަވަންތަ ހޮސްޕިޓަލްނިއޯނޭޓަލް ނާސިންގބައިނަލްއަޤްވާމީ ކޮންފަރެންސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
09 ޑިސެމްބަރު 2025

ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
16 އޮކްޓޯބަރު 2025

މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ

16 އޮކްޓޯބަރު 2025
މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު