Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗް

ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު

ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި މަޝްވަރާކޮށް ގޮތް ނިންމައި ތަންފީޒުކުރާނެ ގޮތް ކަނޑައަޅާ ވަކިން ޚާއްސަ ތަނެއް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ނޮވެމްބަރު 2025 | ހޯމަ 12:17
މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވާހަކަ ދައްކަވަނީ

މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވާހަކަ ދައްކަވަނީ

ހަރުދަނާ ޑިމޮކްރަސީ އަކަށް މުހިއްމީ ހަމައެކަނި އިންތިޚާބުތައް ނޫންކަމަށާއި، ހަރުދަނާ މުއައްސަސާ ތަކެއްވެސް ބޭނުންވާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗް ގެ މަޖިލިސް މޮނީޓަރިންގ އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ޑިމޮކްރަސީއެއްގައި މުހިއްމުވާ މުއައްސަސާތަކުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހަކީ ވަކިން ޚާއްސަ ތަނެއްކަމަށެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި މަޝްވަރާކޮށް، ގޮތް ނިންމައި، އެކަން ތަންފީޒުކުރާނެ ގޮތް ކަނޑައަޅާތަންކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް، ހަމަޖެހުން ޤާއިމްކުރުމަށް، ހުޅުވާލެވިފައިވާ ދެފުށްފެންނަ ރައްޔިތުންގެ މަޖިލީހެއްގެ މުހިއްމުކަން އެމަނިކުފާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 5 ދައުރުގެ ތަޖުރިބާއިން ފެނިވަޑައިގެންނެކަމަށް ޝާހިދު ވިދާޅުވި އެވެ.

Advertisement - newsAdvertisement
މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދެފުށް ފެންނަ، ހަރުދަނާ އަދި ހުޅުވާލެވިފައިވާ ޤާނޫނު ހަދާ މަޖިލީހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް ރޭ ފެށި ފަދަ މަސައްކަތްތަކަކީ މުހިއްމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެމަސައްކަތްކުރައްވާ ޒުވާނުންނަށް ޝާހިދު ހިތްވަރު ދެއްވިއެވެ. އަދި މިއީ އިންތިޚާބުވެފައި ތިބި މަންދޫބުންނާއި އެމަންދޫބުން ތަމްސީލްކުރައްވާ ރައްޔިތުންނާ ދެމެދު އެޅިގެންދާ ފާލަމެއްގެ ގޮތުގައިވެސް ޝާހިދު އެމަސައްކަތް ސިފަކުރެއްވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ކުރެއްވި ބައެއް ތަޖުރިބާތައްވެސް ހިއްސާ ކުރައްވާފަ އެވެ. އަދި ވަކިން ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ރަސްމިއްޔާތުތަކެއް ބާއްވާ ތަނެއްގެ ބަދަލުގައި، ޕާލަމެންޓްރީ މަސައްކަތް ކުރާ، މެމްބަރުންނަށް ފަހި ތަނަކަށް ހެއްދެވުމަށް މަޖިލީހުގެ އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ޝާހިދު އަލިއަޅުއްވާލެއްވި އެވެ.

އަބްދުﷲ ޝާހިދުމޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްމަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
08 ޑިސެމްބަރު 2025

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

08 ޑިސެމްބަރު 2025
އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
05 ޑިސެމްބަރު 2025

ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

05 ޑިސެމްބަރު 2025
ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި
01 ޑިސެމްބަރު 2025

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު