Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން ހައްޔަރުކުރުން

ފާރިސްގެ މައްޗަށް ދައުވާކޮށްފައިވަނީ ހެކި އުފައްދައިގެން: ރައީސް މައުމޫނު

9 ސެޕްޓެމްބަރު 2017 | ހޮނިހިރު 13:34

ސިޔާސީ މީހުންނަށް ދައުވާ އުފުލުމަކުން މަސައްކަތަށް އެއްވެސް ފަސްޖެހުމެއް ނުވަތަ ހުއްޓުމެއް ނާންނާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 13:34
މާފުށީ ޖަލުގައި އޮންނެވި ފާރިސް މައުމޫނަށް ޒިޔާތް ކުރެއްވުމަށް ރައީސް މައުމޫނު ފުރާވަޑައިގަންނަވަނީ

މާފުށީ ޖަލުގައި އޮންނެވި ފާރިސް މައުމޫނަށް ޒިޔާތް ކުރެއްވުމަށް ރައީސް މައުމޫނު ފުރާވަޑައިގަންނަވަނީ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިއްޕެވި ކަމަށް ބުނާ ދަޢުވާއުފުލާފައި ވަނީ އުފައްދާފައި ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބައްޕާފުޅު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުއްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ފާރިސް މައުމޫނުގެ މައްސަލާގައި ރައީސް މައުމޫނު ނެރުއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ފާރިސް މައުމޫން ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއްގައި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ޤާނޫނީ އިމުގެ ބޭރުން ކަމަށެވެ. އަދި ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފިކަމަށް ބުނާ ދަޢުވާއުފުލާފައި ވަނީ ވެސް އުފައްދާފައި ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެންކަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިއުންތަކުން ވެސް ސާބިތުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު ވިދާޅުވީ، އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ދަޢުވާ ސާބިތު ކުރުމަށް ހެކީގެގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާފައިވާ މޮބައިލް ފޯނެއްގެ ފޮރެންސިކް ރިޕޯޓަށް ބެލުމުން، އެ ފޯނުން ފެނުނު ކަމަށް އެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ބައެއް ފޮޓޯތަކަކީ އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތާރީޚުގެ ފަހުން އެ ފޯނުގައި ރައްކާކުރެވިފައިހުރި ފޮޓޯތަކެއްކަން އެނގޭކަމަށެވެ. އެހެންކަމުން މިއީ އުފައްދާފައިހުރި ހެކިތަކެއްކަން ކަށަވަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އަޙްމަދު ފާރިސް މައުމޫން ގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް އެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވާއިރު، އެ މައްސަލައިގެ ތަޙްޤީޤު ނިންމުމަށް ފަހު ޕްރޮސިކިއުޓަރ ޖެނެރަލް އުފުއްލަވާފައިވާ ދަޢުވާއަކީ ބަންދު ކުރެވިފައިވާ ތުޙުމަތާ ދިމާ އިދިކޮޅަށް ޤާނޫނުލް އުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދަޢުވާކަން ރައީސް މައުމޫނު ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ދައުލަތުން ދަޢުވާ ކޮށްފައިވާ މައްސަލަ އާއި ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ތަޙްޤީޤު ހިންގި މައްސަލައާ އެއްވެސް ގުޅުމެއް ނެތްއިރު އަދި ކުރިން ކުރި ތުހުމަތަށް ދަޢުވާ އުފުލުމަށް ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ވެސް ފަހަނައަޅައިގޮސްފައި ވުމުން، މިހާރު ފާރިސް މައުމޫން ހުންނެވި ޤާނޫނާ ޚިލާފަށް ބަންދު ކޮށްފައިކަން އޮޅުމެއް ނެތި ކަށަވަރުވާ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް މައުމޫނު ވިދާޅުވީ، ފާރިސް މައުމޫން ހައްޔަރުކޮށް، ޤާނޫނީ އިމުގެ ބޭރުން އެމަނިކުފާނާއި ދޭތެރޭގައި ޢަމަލު ކުރަމުން ގެންދަވާކަން ދައުލަތުން އުފުލި ދަޢުވާއާއިއެކު ހުށަހެޅި އުފައްދާފައިވާ ހެކި ތަކުން ސާބިތުވާ ކަމަށެވެ. އަދި ފާރިސް މައުމޫންގެ މައްޗަށް ޙަޤީޤަތާ ޚިލާފު އެކި ތުހުމަތުތައްކޮށް އެމަނިކުފާނު ހައްޔަރުކޮށް ބަންދުގައި 54 ދުވަސްވީ އިރުވެސް އަނިޔާ ދެމުން އެގެންދަނީ، ކޮށްފައިނުވާ ކުށެއްގެ ދޮގު ތުހުމަތު އަޅުވައި އަދި ސިޔާސީ ޕާޓީ ތަކުން ކުރަމުން ގެންދާ އިސްލާޙީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމުގައި ދެކޭ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން އިސްލާހީ މަސައްކަތް ފެށުމާއެކު ސިޔާސީ އެކި ބޭފުޅުންނަށް އެކިއެކި ތުހުމަތުކޮށް ފުލުސް އޮފީހަށް ގެންގޮސް ބަންދުކޮށް ދައުވާ އުފުލަމުންދާކަން ފާހަގަކޮށް ރައީސް މައުމޫނު ވިދާޅުވީ، ދައުވާ އުފުލުމަކުން މަސައްކަތަށް އެއްވެސް ފަސްޖެހުމެއް ނުވަތަ ހުއްޓުމެއް ނާންނާނެ ކަން، އިސްލާހަށް ލޯބިކުރާ އެންމެހާ ދިވެހި ލޮބިވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ. އަދި އަޙްމަދު ފާރިސް މައުމޫނާމެދު ޤާނޫނާ ޚިލާފަށް ކުރަމުންދާ ކަންކަން ހުއްޓާލައި، ޤާނޫނާ ޚިލާފަށް ކުރެވިފައިވާ ބަންދުން މިވަގުތުން މިވަގުތަށް މިނިވަން ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާ ތަކަށް ރައީސް މައުމޫނު ވަނީ ގޮވާލާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް