Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ފިލްމު

ބަންގްލަދޭޝްގެ ރާޅާއެޅުންތެރިޔާ އައިޝާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު ދެއްކުން މަނާކުރުމަށް ގޮވާލަނީ

ޕެޓިޝަން ހުށަހަޅާފައިވަނީ އެފިލްމަށް ދީފައިވާ ސެންސަރ ސެޓްފިކެޓް ކެންސަލް ކުރުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2019 | ބުރާސްފަތި 14:26
ނޮޑޮރައި ފިލްމުގެ ޕޯސްޓަރ

ނޮޑޮރައި ފިލްމުގެ ޕޯސްޓަރ

ބަންގްލަދޭޝްގެ މަޝްހޫރު އަންހެން ރާޅާ އެޅުންތެރިޔާ އައިޝާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު "ނޮޑޮރައި" ދެއްކުން މަނާކުރުމަށް އެ ޤައުމުގެ ހައި ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އިސްލާމްދީނުގެ އާދަކާދަތަކާއި ނުގުޅޭ ނުވަތަ ދީނަށް ފުރައްސާރަ ކުރާ ކަންތައްތަކެއް އެ ފިލްމުގައި ހިމެނޭ ކަމަށް ބުނެ ފިލްމު މަނާކުރުމަށް ޕެޓިޝަނެއް ހައިކޯޓަށް ހުށަހަޅާފައިވަނީ އެގައުމުގެ ސުޕްރީމް ކޯޓުގެ ލޯޔަރ އެއްކަމަށްވާ ހުއްޒަތުލް އިސްލާމެވެ. ޕެޓިޝަން ހުށަހަޅާފައިވަނީ އެފިލްމަށް ދީފައިވާ ސެންސަރ ސެޓްފިކެޓް ކެންސަލް ކުރުމަށެވެ. އިސްލާމް ރޮއިޓަރސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ އެ ގައުމުގެ ސެންސަރ ބޯޑުން ފިލްމަށް ދީފައިވާ ސެޓްފިކެޓް ކެންސަލްކޮށް ފިލްމު ދެއްކުން ހުއްޓުވުމަށެވެ. އަދި ފިލްމު އުފެއްދި މީހުން މަޢާފަށް އެދުމަށްވެސް އެދޭކަމަށް އިސްލާމް ބުނެފައިވެއެވެ.

ފިލްމުގެ ޕްރޮޑިޔުސަރު މެހެބޫބް ރަހުމާން ރޮއިޓަރސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެފިލްމަށް ދީފައިވާ ސެންސަރ ސެޓްފިކެޓް ކެންސަލް ކޮށްފައި ނުވާ ސަބަބު އަންނަ މަހުގެ ނިޔަލަށް ހައިކޯޓަށް ހާމަކޮށްދޭންޖެހޭކަމަށެވެ.

ނޮވެމްބަރ 29 ވަނަ ދުވަހު ރިލީޒް ކޮށްފައިވާ މިފިލްމަކީ ބަންގްލަދޭޝްގެ ގެ އަންހެންކުއްޖެއް ކަމަށްވާ އައިޝާ ރާޅާއެޅުމަށް އުފެދިފައިވާ ޝައުގުވެރިކަމާއެކު އެކަން ކުރުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކާއި އެކަމަށް އޭނާއަށް ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭ ފިލްމެކެވެ. އަދި މިކަމުގެ ތެރޭގައި އޭނާއަށް ޅައުރުމުގައި ކައިވެނި ކުރަން މަޖުބޫރު ވެގެންދެ އެވެ.

މިފިލްމަކީ ބަންގްލަދޭޝްގެ އަންހެން ރާޅާ އެޅުންތެރިންނާއި ފަގީރުކަމާއި އަންހެނުންނާ މެދު އެގައުމުގައި ގެންގުޅޭ ތަފާތުކުރުންތައް ދައްކުވައިދޭ ގޮތަށް އެގައުމުގައި އުފައްދާފައިވާ މިފަދަ ފުރަތަމަ ފިލްމެވެ. ފިލްމު ދެއްކުން މަނާކުރުމަށް ގޮވާލާ ފިލްމަށް ފާޑުކިޔާ މީހުން ބުނަމުންދަނީ މިފިލްމުގައި އައިޝާ ބިކިނީ ލައިގެން އުޅޭ މަންޒަރު ދައްކުވައިދޭ ކަމަށެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިޔުސަރ ރަހްމާން ބުނަނީ ފިލްމުގައި އެފަދަ މަންޒަރެއް ނުހިމެނޭ ކަމަށާއި އެފަދަ ވާހަކަތައް ދައްކާ މީހުން ވާހަކަ ދައްކަނީ ފިލްމު ނުވެސް ބަލާކަމުގަ އެވެ.

އަންހެނުން ރާޅާ އެޅުމަކީ ބަންގްލަދޭޝްގައި އާންމު ކަމެއް ނޫނެވެ. ކުޑަކުދިންނާ ކައިވެނި ކުރުމަކީ ބަންގްލަދޭޝްގައި މަނާ ކަމެއް ނަމަވެސް ބަންގްލަދޭޝްގެ 18 އަހަރުން ދަށުގެ ކުދިންގެ ދެބައި ކުޅަ އެއްބައި ކުދިންނަނީ އުމުރުން 18 އަހަރު ވުމުގެ ކުރިން ކައިވެނި ކުރުމަށް މަޖުބޫރުވެ ކައިވެނިކުރާ ކުދިންކަމަށް އދ އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

19 ޑިސެމްބަރު 2025
އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

05 ޑިސެމްބަރު 2025
'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު